ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެކަހެރިކުރާ މީހުންނަށް އެކަހެރިވުމަށް އަންގާ ލިޔުމުގެ އިތުރުން، އެކަހިރުވުމުގެ މުއްދަތު ހަމަވުމުން މިހާރު ދޫކުރަމުންދާ ރިލީޒް ޑޮކިއުމަންޓް ދޫ ނުކުރާގޮތަށް ހަމަޖައްސައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެންމެ ނެރުނު އެންގުމެއްގައި ވަނީ ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެކަހެރިވުމަށް
ދޫކުރާ ލިޔުމުގައި އެކަހެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު ހިމެނޭނެ ކަަމަށާއި، އަދި ލިޔުމުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އެމީހަކު އެކަހެރިވެފައިވާ މުއްދަތު ނިމުމަކަށް އަންނާނެ ކަމަށެވެ.

އަދި ކޮވީޑަށް ފައްސިވާ މީހުންގެ ބަލި ހާލަތާގުޅިގެން އެކަހެރިވެ ހުންނަ މުއްދަތު ތަފާތުވާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މިގޮތުން 14 ދުވަހުގެ މުއްދަތު ނިމޭއިރުވެސް ހުން އައުން، ނޭވާލާން އުދަނގޫވުން، ކެއްސުން ގޯސްވުން ފަދަ ކަންކަން ހުންނަނަމަ އެކަހެރިވާ މުއްދަތު 21 ދުވަހަށް ދެމިގެން ދާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އަދި އަދި ފަރުވާ ދިނުމަށް މެޑިކަލް ފެސިލިޓީއެއްގައި ހުރި މީހެއްނަމަ އެކަހެރިކުރެވޭ މުއްދަތު 14 ދުވަހަށްވުރެ އިތުރުވާނެކަމަށާއި މި ފަދަ
މީހުންގެ އެކަހެރިކުރެވޭ ޖުމުލަ މުއްދަތު ބަޔާންވާނީ ޑޮކްޓަރުން އިރުޝާދު ދޭގޮތުގެ މަތިން ކަމަށް އެޗްޕީއޭއިން ވިދާޅުވެފައި ވެއެވެ.

އެޗްޕީއޭއިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް މިހާރު ދަނީ ކޮންމެ ދުވަހަކުވެސް 1000 އިން މައްޗަށް އަރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ލަޔާލް

  ދެން ކިހިނެތް ވަޒީފަގަ އުޅޭމީހުން އޮފީހަށް ލިނުން ލާނީ .. އެޗް.ޕީ.އޭ ބޮޑު ތަނުން ފެއިލް..

  13
  1
 2. ޜައީސް

  ތިކަމުގައި ސަރުކާރު ފެއިލްވީމަ ހުރިހާކަމެއް އޮޔާދާނެ

 3. މުހައްމަދު

  ބޮނޑު ނަގުލަށް ވީތާަ
  ޢަދި ފެންނާނެ ލައްކަ ކަންތަށްތަށް. ތިބޭ ބަލަން

 4. ރިސޯޓް ބޯއީން

  ވަޒީ ފާގަ އުޅޭ މީހުން ބިކަ ވެ ވަޒީފާ ގެއްލޭނެ . ހިދުމަތް ނުދެ ވިގެން ފޭލް ވީ. އަދި ވެސް ބުނާނެ ފޭލްނު ވެޔޭ. ސަރުކާރު ތިއޮތީ ބޮޑު ތަނުން ފޭލް ވެފަ

 5. އާދަމުގެދަރި

  ތަންތަނުގައި ބޮޑެތި ސެޓުފިކެޓް ހިފައިގެން ތަނެއްދޮރެއް ދޮރާއްޓެއް ވަކިކުރަން ނޭނގޭވަރުގެ މަރުދޮޅިން ތިބެގެން ކަންކުރާނެ ގޮތް ނޭނގިގެން ގޮސް އަތަށް ގޮވީމާ، އަދި ރައްޔިތުން އޭއްޗެކޭ މީއްޗެކޭ ކިޔަން ފެށީމާ ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން ގޮސް އަނެއްކާ ގޮތަކަށް މޮޔަ ގޮވަނީ. މި ޒަމާނަކީ މީހަކަށް ލިޔުމެއް ދޭން އުނދަގޫވާނެ ޒަމާނެއްތަ. އޮޓެމެޓިކުން ޕްރޮގްރާމްކުރީމާ ދާންވާ ގަޑިއަށް ލިޔުމާއި މެސެޖް ފޮނުވޭ ޒަމާނެއްގައި މިވަރުގެ ވާހަކަ ދައްކަން މިތަންތާނގައި ތިބޭ މީހުން ލަދު ނުގަންނާތީ ހައިރާންވެ އަންތަރީސްވެގެންގޮސް ރަތަށް އަރާފައި ރައްޔިތުން މިތިބެނީ.