ވަޅިން ހަމަލާދޭނެ ކަމުގެ އިންޒާރު ބަޔަކަށް ދިނުމަށްފަހު، މާލެ ގެއަކަށް ވަޅިއެއް ހިފައިގެން ވަން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 10:41 ހާއިރު ކަމަށް ފުލުހުން ވިދާުވިއެވެ

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅޭގޮތުން އިތުރަށް މައުލުމާތު ސާފް ކުރުމުން، އޭނާ ގެންގުޅުނު ކަމަށް ބުނާ ވަޅިއަކީ އެ ސަރަހައްދުގެ ފިހާރައަކުން ވަގަށް ނަގާފައިވާ ވަޅިއެއް ކަމަށް ބެލެވޭ ކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުން ވިދާޅުވީ، އޭނާ ގެންގުޅުނު ވަޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އޭނާ ވަން ގޭގެ ފަސް ވަނަ ފިންގިފިލާއިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔެ އަންދާގާނޫނު

    ޙަމައެކަނި ގޮވާއެތްޗެއްގޮށްވާލީމަތޯ ޓެރަރިޒަމްގެ އަމަލަކަށްވަނީ ތިހެން ވަޅިހިފައިގެން ގެޔައްވަނިމަ މީހުންކިހާބިރެތް ގަންނާނެތޯ އަދި ނަފްސާނީ ވާނެތޯ ތީ ހިތާމަހުރި ބިރުވެރި ކަންކަން

    16
  2. އާކިފް

    އަޅޭ ދެން މީއް މުސްލިމް ގައްމެ ތައް

    10
  3. ބޭހޮއްކޮ

    ތީ ހައްޔަރުކުރެވޭފަދަ އުންސުރު ހުރި ކަމެއްތަ؟!

  4. މުހައްމަދު

    މައްސަލަ ބަލަމުން ދަނީ. ތީގަ ވަޅި ކުއްވެރިނުވީއްޔާ ރަނގަޅު.