ކޮވިޑް-19 ޖެހިގެން މިއަދު ދެވަނަ މީހަކު ނިޔާވެއްެޖެ އެވެ.

މިއަދު އެންމެ ފުރަތަމަ ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ އައްޑޫ ސިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ކޮވިޑް ބަލީގައި ނިޔާވި ދެވަނަ މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިިލިޓީގައި ފަރުވާދެމުން ދިޔަ 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މީހާ ނިޔާވެފައި ވަނީ މިއަދު މެންދުރު 2:35 ހާއިރު ކަމަށް އެޗްޕިއޭ އިން ވިދާޅުވިއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 146 އަށް އަރާފައެވެ. އޭގެ ތެރެއިން 98 މީހުން ނިޔާވެފައި ވަނީ މި އަހަރެވެ. މީގެ ތެރޭގައި ހިމެނެނީ 130 ދިވެހިންނާ 16 ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާާވާ މީހުންގެ އަދަދުތައް ވަނީ އިތުުރުވެފައެެވެ. އެގޮތުން ފަހަަކަށް އައިސް ކޮންމެ ދުވަހަކު އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ދަނީ މަތިވަމުންނެވެ.

އަދި ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު