މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ރާއްޖޭގެ ބައެއް ރަށްތަކަށް މޫސުން ގޯސްވެ، އުދަ އަރަމުން އަންނައިރު، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައެވެ.

އެ ސަމާލުގައި މެޓުން ބުނެފައިވަނީ މިއަދު 14:00 އިން 18:00 އަށް ކ އަތޮޅުން ދ. އަތޮޅަށާއި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށެވެ. ކ. އިން ދ. އަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށެވެ.

އަދި ހއ. އިން ޅ. އަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

އެމްއެމްޑީއެފުން ވިދާޅުވީ، ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ޅ. ނައިފަރުގެ ގެއެއްގެ ފުރާޅު ވަޔާއި އެއްލާލައިގެން އެމްއެންޑީއެފްގެ ނޮދާން އޭރިއާގެގެ ސިފައިންނާއި ފުލުހުންގެ އިތުރުން ރަށުގެ ރައްޔިތުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ވިއްސާރާގައި ގިނަ ރަށްތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އެގޮތުން ދ. މާއެނބޫދޫ ކައުންސިލުން "ވަގުތު" އަށް ވިދާޅުވީ، އެރަށް އުދަ އަރައި ބައެއް ގެތަކަށް އުދަ އަރާފައިވާ ކަމަށެވެ.

ކައުންސިލުން ވިދާޅުވީ، އުދަ އަރާފައިވަނީ ހުޅަނގު ފަރާތު ޖިއޯބޭޖް ޖަހާފައިވާ ސަރަހައްދުން ކަމަށާއި ލޮނުގަނޑު އަރާފައިވާ ހިސާބުގެ 2 ފޫޓު އުސްމިނުގައި ލޮނުގަނޑު އުފެދިފައިވާ ކަމަށެވެ.

ރަށަށް އުދަ އަރައި މިހާތަނަށް 20 ވަރަކަށް ގެއަށް ލޮނު ވަދެފައިވާ ކަމަށާއި އުދަ އެރުން ހުއްޓުވުމަށް ކައުންސިލާއި ރައްޔިތުން ގުޅިގެން އުދަ އަރާ ސަރަހައްދުގައި ވެލި ބަސްތާ ޖެހުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

މާއެނބޫދޫގެ އިތުރުން ސ. މީދޫގެ ބައެއް ސަރަހައްދުތަކަށް ވެސް އުދަ އަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ކަމުން އެމްއެންޑީއެފުން މިހާރު އަންނަނީ ވެލިބަސްތާ ޖެހުމުގެ ކަންކަން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ރަބަރޭ

  އުދަ އެރީމަ އުދަ އަރާ ވާހަކަ ތިޔަ ދައްކަނީ ކިތައް ރަށުގައި އެއޮތީ ރަށް ވަށައިގެން ތޮށިގަނޑު ނުލާ ރާއްޖެ އުފެދިފައިވާ ވާގޮތުން މޫސުމަށް އަންނަ ބަދަލަކުން ކަނޑުގެ އޮއިވަރަށް އަންނަ ބަދަލަކުން ތިރި ތިރި ކޮން ހުރި ރަށްތައް ގިރާލުން އެކަށީގެންވޭ ސަރުކާރުން ކުރިޔާލާ ވިސްނާ ރާއްޖެތެރޭގެ ރަށްރަށުގައި ވަށައިގެން ތޮށިގަނޑު މަރާމާތު ކޮށްދެއްވާ ކުރިޔާލާ ނުވިސްނާ ފިނަމަ ރާއްޖޭގެ ރަށްތައް ނެތި ހިނގައިދާނެ

  6
  1
 2. Anonymous

  އުދަ އެރީމަ އުދަ އަރާ ވާހަކަ ތިޔަ ދައްކަނީ ރާއްޖެތެރޭގެ ރައްތަށް އުފެދިފައިވަނީ ވަރަށް ތިރި ތިރިކޮށް މޫސުމަށް އޮއިވަރަށް އަންނަ ބަދަލަކުން ރާއްޖޭގެ ރަށްތައް ގިރާލުން އެކަށީގެންވޭ ސަރުކާރުން ކުރިޔާލާ ވިސްނާ ރާއްޖެތެރޭގެ ރަށްރަށުގައި ވަށައިގެން ތޮށިގަނޑު މަރާމާތު ކޮށްދެއްވާ

  4
  1
 3. ލެނި

  މިޑައިވިންކޮއްބަލަނީ

  3
  1