ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކަަށް އަނިޔާ ކުރާ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

މިހާރު މީސް މީޑިއާގައި ވަނީ އެތަނުގައި އޮތް ބަލި މީހާކަށް ބިދޭސީއަކު އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައެވެ.

އެ ވީީޑިއޯ އާއްމުވުމާއެކު، ރައީީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތްް ބަލި މީހަކު ބެލުމަށްޓަކައި އާއިލާގެ ފަރާތުން ހަމަޖެއްސި، މީހަކު އެ މީހާއަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި މިހާރު އެ މީހާ އެތަނުން ނެރެފައިވާ ކަމަށާއި، އެކަން މިހާރު އާއިލާއަށްވެސް އަންގާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވިގޮތުގައި، މިހާރު އެ މީހާގެ ކަންކަން ބަލަމުން ދަނީ އެތަނުގައި ތިބި މެޑިކަލް އޮފިސަރުންނެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ ބަލި މީހާ ކަމަކާއި ހިތްހަމަ ނުޖެހުމުން، އޭނާ ބަލަން އާއިލާއިން ފޮނުވާފައި ހުރި ބިދޭސީ މީހަކު އެމީހާ ކަންފަތްމަތީ ޖަހާ މަންޒަރެވެ. އަދި އޭގެ ފަހުން އެނދު ކައިރިން ދުރަށް ވަކި ހިސާބަތަކަށް ގޮސް އަނެއްކާ ވެސް ބަލި މީހާ އާއި ދިމާލަށް އިނގިލި ދިއްކޮށް އިންޒާރު ދީފައިވާ މަންޒަރު ވީޑީއޯއިން ފެނިގެން ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ ބިދޭސީ މީހާ ވަނީ ބަލި މީހާގެ އަނގަމަތި ވެސް ފަޅާލާފައެވެ.

މި މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި އާއްމުވެފައިވާއިރު، "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ ރޭއާއި މިއަދު ވެސް އެ ބިދޭސީ މީހާ އުމުރުން ދުވަސްވީ އެ ބަލި މީހާއަށް އަނިޔާ ކޮށްފައިވާ ކަމަށެވެ.

އެމައްސަލަ އެތަނުގައި ތިބި ނަރުހުންގެ ސަމާލު ކަމަށް އެތަނުގައި ތިބި މީހުން ގެނެސްފައިވާއިރު، ނަރުހުން އެކަމަށް އަޅާލާފައި ނުވާ ކަމަށް އެވޯޑުގައި ތިބި ބައެއް ފަރާތްތަކުން ވަނީ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  އަނިޔާވެރި ސަރުކާރު އިސްތިއުފާ

  61
  38
  • ސަނާ

   ޢެބުނަނީ އޭނާގެ އާއިލާއިން ފޮނުވި މީހާ އަނިޔާ. ކުރި ވާހަ ކަ ދެންސަރު ކާރަ ކޮން ކަމެއްބާ

   84
   93
   • ނަން

    ސަނާއަށް އިނގޭތަ 3 ބިލިއަން ޚަރަދުކޮށް ފަރުވާ ކުޑަކަމާހެދި ސަރުކާރުން އިންޑިޔާ ވޭރިއެންޓް ރާއްޖެ ގެނެސް 100 އެއްހާ މީހުން މަރާލިކަމެއް

    65
    8
   • ހުސެން

    އެތާގަ އެވަގުތު ތިބި ނަރުހުންނާ މީސްމީހުން ތިބީ ގޭން ފޮނުވި އެމީހާ އަށް ތަން އެއްކޮށް ހިބައިން ދީގެންބާ

    25
    1
   • އަހަންމަދު

    އާއެއީސަރުކާރުގެކަމެއް! އެއީސަރުކާރުގެތަނެއްދޯ! އެތާއެތެރޭގައެފަދަކަމެއްބިދޭސީއަކައްވެސްދޭސީއަކަސްނުކުރެވޭނެގޮތަށްއިންތިޒާމުތައްހަމަޖެހިފަހުންނަންޖެހޭނެ! އެޔަކީޤާނުނެއްއޮންނަންޖެހޭކަމެއްނޫން! ކަލޭހާދަގަމާރޭދޯ! ބަލަގަސަރުކާރޭމިކިޔަނީކަމެއްވެގެންނޭ!

    23
    3
   • Anonymous

    ސަރުކާރުގެ ބެލުމުގެ ދަށުގަ އޮތީމަ. ވެރިންތިބޭ މިލިއަނުން މަހު މުސާރަ މިހާރުނަގާ. ކޮވިޑް އެލަވަންސް ކިޔާފަ. ފެސިލިޓީއަށް ގެންގޮސް މީހާ މަރުވިއަސް ކުނިވިއަސް ފުޅައެޅިއަސް ތިތާވެރިން ދެނަހުރިކަމަށް ނުހަދާނެއޭދޯ ތިބުނަނީ.

    18
    1
  • ބޭބެ

   ޕޭޝަންޓަށް އަނިޔާ ކުރީ އިންޑިޔާގެ ރައްޔިތެއްކަމަށް މަޢުލޫމާތު ލިބޭ!! މިއީ ކެރަފާ ނަސީމް ނުވެގެން އުޅޭކަމަކީ!! އެހެންވީމަ އިންޑިޔާއިން 100 ނަރުހުންނާ 40 ޑޮކްޓަރުން ގެންނަން އެމަސައްކަތްކުރަނީ!! ޝާހިދު އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓް ހުޅުވަން އާނބަސް ބުނެގެން އެއުޅެނީ!! މިނާގާބިލް އަނިޔާވެރި ސަރުކާރު ބޮޑުތަނުން މިއޮތީ ފޭލްވެފަ!! ރައްޔިތުން ނާގާބިލް މީހުން ތަންތަނަށް ހޮވީމަ ވާނެ ހުރިހާކަމެއް މިރާއްޖޭގެ ބަލާލިކޮންމެ ދިމާލަކުން މިފެންނަނީ!! ރައްޔިތުން އަދިވެސް ހޭއަރަން ވެއްޖެއެެއްނު!!

   21
   3
  • ސިކުނޑި

   ހީވަނީ ކެހެރި އެކަންޏެއް ނޫންހެން ނުފަޅަނީ. ސިކުނޑި ވެސް ނެތް ޖަނަވާރު ހެން

   11
   3
  • ޕާން

   މީހާގެ ސިކުނޑީގައި “ސިޔާސީ ކުޅި” ނޫން އެހެން ކަމެއް ނެތީމާ ދެން ވާނީ ތިހެން! ނުބައިވަސް ދުވާ ފޮޑިއެއް މީހަކު ޖެހިޔަސް ސަރުކާރު ކާންދިން އެއްޗެހި!

   5
   13
  • ޒުހުރާ

   މިގައުމުބލަކްޝަދީޕަށް އިނޑިޔާއިން ހަދާހިސާބުގަ މިއޮތީ. މީހުންގެ ގެދޮރު ފޭރި ގޭގަ ތިއްބަ ހައްޔަރުކޮށް ސިްޓަމުން ހެއްލުވާއެލަނީ. މިއީ 1200 ގައި އަނިޔާވެރި އިންގިރޭސި ރަސްކަލެއް ކަްކުރި ގޮތް. ލޯގެ ހިބިއަސް ކޯޕަސް އަކީ މިއަނިޔާއާ ގުޅިގެން އެތާ ފަނޑިޔާރުން ނެރުނު އަމުރަށް ކިޔާނަން. މާނައަކީ ޕްރެޒެންޓް ދަބޮޑީ ޑެޑް އޯ އަލއިވް. މިއާއެކު އެއްވެސްވައްތަރެއްގެ މަސް އޭގެ ތެރޭގައި މޫދުމަސް ހިމެނޭގޮތުން ކެއުން މަނާ. މިއީ އަނިޔާވެރިކމުގެ އިންތިހާ!!!! ޔޫއެން. އީޔޫ. އެމްނެސްޓީ އިންޓަރނޭޝަނަލް ކޮބާ؟؟ ދެނަހުރިކަމަށް އެބަހދާތަ. ނުހަދާނެ. މުސްލިމުން ނޮޅާ ކެއަށް މި އިލުމިނާޓި ކޮންޓްރޯލް ގްރޫޕްތަކުން އެނގޭކަމަށްވެސް ނުހަދާނެ.
   މިސަރުކާރު 5 އަހަރަށް އޮވެއްޖެނަމަ އިންޑިޔާގެ އަވަށަކަށް މިތަންހަދާ މޯދީގެ ބުދު ހަންގަނޑެއް މިތާގެ އެޑްމިނިސްޓްރޭޓަރ އަކަށް ހުންނާނީ. ދިވެހިންނަށްވެސް މިއަނިޔާވެރިކަން ޖައްސާނެ ކަމާމެދު ޝައްކެއްނެތް.

   5
   1
 2. ަުހުސެން

  ދެން އެ އަނިޔާ ކުރިމީހާ ސާފު ހުދު ފޮތި ކޮލަކަށް ހަދާނެ ސަރުކާރުން

  35
  7
 3. އާކާޝް

  ވަރަށް ހިތާމެވެރި ޚަބަރު ބަލި މީހުންނަށް އެހީތެރިވުމަށް ތިބޭ ފަރާތްތަކުން ބަލިމީހުންނަށް އަނިޔާކުރާއިރު އެއްފަހަރުވެސް ވިސްނާލިންތޯ ބަލި އެނދުގައި ތިމަން އޮންނަން ޖެހިދާނެ ކަމާއި މެދު އަދި ތިމަންނައަށް މީހަކު ނިކަމެތި ކޮށް ހިފާނެ ކަމަށް ވިސްނާ އިޙުސާންތެރިވެލައްވާ، އޯގާތެރި ކަމާއި ލޯބި ދެއްވާ.

 4. އރ

  ތިމީހާ ދިވެހި ރައިޔިތުންނާ ހަވާލުކޮށްދީ. ކޮއްމެހެން ފުލުހުން ގެންގޮސް ކާދީ ނިދަންދީ ހަދާނެ ކަމެއް ނެތް.

  42
  3
 5. ޕާޕަ ޕާޕާ

  ވީމާ އެތަނުގައި މީހުން މަރުވަނީ އަޅާލުން ނުކިބިގެން އަދި ބިދޭސީ ނަރުހުންގެ ފަރާތުންވެސް މި ކަހަލަ ކަން ކަން ދިމާވެގެން

  35
  4
 6. ޢތފ

  ޢާއިލާ ޖޫރިމަނާ ކުރޭ

  29
  4
  • ޙާމަ

   ތިކަހަލަ ފަރުވާކުޑަ ދަރިން ޒިންމާދާރުކުރުވަން އާއިލާ ޖޫރިމަނާކޮށް ފިޔަވަޅު އަޅަން ޖެންޑަރ މިނިސްޓްރީއަށް ގޮވާލަން..

   12
   4
 7. ކާފަ

  ދެން އެމީހާއަށް އަނިޔާކުރާތަން ފެންނައިރުވެސް ނުހުއްޓުވާ ވީޑިއޯކުރަންދޯ ކަލޭވެސް ތިއޮންނަނީ.. ރަހުމެއްގެ ކަންފުޅެއްވެސް ތިދެމީހުންގެ ނެތް..

  9
  7
 8. ގައްބެ

  ނަރުހުން އެ ކަންއެނގިތިބެ ނުހުއްޓުވުމަ ކީވެސް ޖަރީމާއެއް! ތިވަރުތަނެއްގައި ކޮން ކަމެއްތޯ ދެން ރަނގަޅުވާނީ. ގައިމު ނަރުހުންގެ ކުލުނެއް ހުރިނަމަ އެ ކަން އެނގުމުން ފިޔަވަޅު އެޅީހެއްނު! ތިތަނުގައި އާދަޔާ ޚިލާފަށް މީހުން މަރުވަނީ ތި ކަހަލަ ނރުހުންތިބޭތީ ކަން މިއެނގުނީ! މި ކަން ތަހުގީގު ކޮށް ފިޔަވަޅުއަޅަންޖެހޭ! ކޮވިޑް ފެސިލިޓީއަށް ދުވަސްވީމިހުން ނުފޮނުވަން އާއިލާތަ ކަށް ގޮވާލަން.

  13
 9. އަހަންމަދު

  ޚަބަރެއްޚަބަރަކަށްވާނެހެން ލިޔެބަލަ!
  ތިޔަބިދޭސީއަކީކޮންޤައުމެއްގެމީހެއްކަމާއިތިޔަމުސްކުކުޅިޔާގެއާއިލާއަކީކޮބައިކަންއެގެންޖެހެއެވެ! އެއިރުންތާޢެފަދަނުބައިމީހުންގެކިބައިންސަލާމަތްވެތިބެންއެގޭނީ!

  6
  1
 10. Anonymous

  ތީވީޑިއޯ ގެސައްހަކަން ކަށަވަރުވެއްތަ ؟

  4
  2
 11. އަހަންމަދު

  ތިތާގެއިސްވެރިޔާ އިސްތިއުފާ! ރޭގަޑުންފެށިގެންދުވާލުވެގެންދިޔައިރުވެސްއަނިޔާކުރިޔަށް! އިސްތިއުފާ!
  ތިފަދަތަނެއްހިންގުމާޙަވާލުވެހުންނަމީހަކުތިފަދައަނިޔާބަލިމީހުންނަށްނުލިބޭނެކަންކަރަވަރުވާގޮތަށްކަންކަންހަމަޖައްސަންޖެހޭނެ! ވިދާޅެއްނުވެވޭނެފަރުދީޒިންމާއަދާނުކުރަނީއެކޭ! ހަމަވަގުތުންއިސްތިއުފާ! ކޮބައިތޯހެލްތްމިނިސްޓަރު! ފަހަރެއްގައިވެދާނެކުރިއަރާފައިހުރިގައުމުތަކުގައިހިގާވަރަށްމިފަދަކަންކަންނުހިގާތީއަދިއަޅާނުލާމަޑުކޮށްލަނީކަމަށް! ހަމައިސްތިއުފާ!

  7
  1
 12. ހާލު

  ތީއަޅުގަޑުމެންލަދުވެތިވާންޖެހޭކަމެއްއެމީހުންމުސްކުޅިވީމަބަލަންބިދޭސީއަކާހަވާލުކުރީމައަރުމެންގެވާޖިބުއަދާކުރެވުނީކީނޫންމިކަމުންއިބުރަތެތްހާސިލުކުރަންވީ

  4
  2
 13. ޑައެލޯގް

  ބަލަ އާއިލާއިން ފޮނުވާމީހާ އަނިޔާކުރީ ސަރުކާރުން ހަވާލުވެހުރިތަނެއްގައެވެ. އެކަންއާއިލާއަކަށްނޭގޭނެއެވެ. އަދި އަނިޔާކުރާކަން ނަރުހުންނަށްއޮތީ އަންގާފައެވެ.ވީމާ ސަރުކާރުގެ ބެލުންދެރައީއެވެ.

  9
  1
 14. ހާލު

  ބިދޭސީންނާމަންމައާޕައްޕަމެންއަދިދަރިންބަލަންހަވާލުކޮއްގެންއުޅޭހުރިހާމީހުވިސްނަންޖެހޭމިކަހަލަކިތައްހާދިސާހިގާނެޠޯ

 15. ޙާމަ

  ތިއީ ކޮންކަހަލަ އާއިލާއެއް..ތި ބަޔަކު އެގެން އެބަޖެހޭ..ދުވަސްވީ މައިން ބަފައިން ބަލިވީމަ ބޭރުމީހަކާމިހަވާލު ކުރަނީ..ހާދަރަހުމެއް މައިން ބަފައިންގެ މައްޗައްނެތީމައޭދޯ..

  12
  3
 16. އިބިލީސް

  ތިތާ އަޅެ ނަރުސްގަނޑަކަށް ވެސް މިޔޮށްހާދުވަހު ތިކަން ހަމަނޭގެނީބާއޭ ހިތަށް އަރާ. ބަލިހާލުބޮޑު މީހަކަށް ދެން ކޮންފަރުވާއެއް ދެވޭނީ