ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް ދުވަސްވީ މީހާއަށް އަނިޔާ ކުރި މީހާ ހައްޔަރު ކޮށްފިއެވެ.

މިހާރު މީސް މީޑިއާގައި ވަނީ އެތަނުގައި އޮތް ބަލި މީހާކަށް ބިދޭސީއަކު އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ ބިދޭސީ މީހާ، އެ މީހާގެ ގައިގައި ޖަހާ އަނިޔާ ކުރާ މަންޒަރެވެ.

އެ ފެސިލިޓީން "ވަގުތު"އަށް މައުލޫމާތުދިން މީހަކު ބުނީ، އެ ބިދޭސީ މީހާ ރެއިން ފަށައިގެން އެ ދުވަސްވީ މީހާއަށް އަނިޔާ ކުރަމުންދާ ކަމަށެވެ. އަދި އެކަން އެތަނުގެ ނަރުހުންގެ ސަމާލުކަމަށް ގެނައި ނަމަވެސް އަޅާލާފައިނުވާ ކަމަށް ބުންޏެެވެ.

މި މައްސަލަ ފެންމަތިވުމާއެކު އެ ފެސިލިޓީ ބަލަހައްޓަމުންދާ އައިޖީއެމްއެޗްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިގޮތަށް މީހެއްގެ ގައިގައި ޖެހުމަކީ ޖިނާއީ ކުށެއް ކަމުން، އެެކަން ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ މިއަދު ހަވީރު 16:30 ގައި ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ...

    އައިޖީއެމްއެޗްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިގޮތަށް މީހެއްގެ ގައިގައި ޖެހުމަކީ ޖިނާއީ ކުށެއް ކަމުން، އެެކަން ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

    4
    1
  2. މަމެންގެ

    ތިޔަވީ ހުރިހާކަމެއް
    އަޅެފަހެ ތިތަނާ ހަވާލުވެހުރި މާރީގެ ޒިންމާއެއް
    ހެލްތް މިނިސްޓަރުގެ ޒިންމާއެއް ނޯވޭތަ؟
    ހަމަ އެކަނި ފެއިލްވެ ކުއްވެރިވަނީ އެތަނައް މަޖުބޫރުން 12 ގަޑިއިރު ޑިއުޓީއައް ފޮނުވާ ނަރުހުންނާ ޑޮކްޓަރުންނާދޯ؟
    ސާލިހް ވެސް ރޭގަވެސް ބުންޔެއްނު ތިމަންނަގެ ފެއިލްވުމެއް ނޫނޭ އެތަނައް ބޭނުންވާވަރައް ޑޮކްޓަރުންނާ ނަރުހުން ނެތުމަކީ...
    ދެން މިރޭގަ ބުނާނެކަންނޭގެ މިފަހަރު އޯލެވެލް ހެދި ކުދިންނޭ އެތަނައްދާނީ ވޮލެންޓިޔަ ކޮއްގެން..
    ސާލިހްގެ ހުރި ފެންވަރު ކޮންމެ ދިމާޔަކުންވެސް މިފެންނަނީ ބލ

    18
    1
  3. ޑައެލޯގް

    މިއީ ސަރުކާރުގެ ފެއިލެކެވެ. އާއިލާއިން ފޮނުވިމީހާ އަނިޔާކުރީ ސަރުކާރުގރ ބެލުމުގެ ދަށުގައިވާ މަރުކަޒެއްގައެވެ. އަދި އެކަން ސަމާލުކަމަށް ގެނައުމަށް ނަރުހުންނަށް އެންގިއެވެ. ނަމަވެސް އެކަމާއަޅާނުލެވުމީ ސަރުކާރުގެ ޒިންމާއެކެވެ. އާއިލާއަކަށް އަނިޔާކުރާކަމެއްނޭގޭނެއެވެ.

    20
    1
  4. ނާނި

    ބަނގްލަދޭޝީންނާ ޙަވާލުކޮށްފަ އޮންނަ މަސައްކަތް އެމީހުން ކުރާނެތާ!

    13
    2
  5. މާރިޔާ

    ބިދޭސީއަކު ތިބަލިމީހާ ބަލަާތާ 15 އަހަރު.ހޮސްޕިޓަލުގަ އެތައް ދުވަހެއް.އާއިލާގެ މީހުން މާލޭގަ އެބަތިބި.ބަލާލަން ވެސް ނުވަދޭ.ބަލަހައްޓާ މީހާ މިރޯދަމަހުވެސް ރޯދަވީއްލީ ގިނަރޭގަ 8 ޖެހިފަހުން އަޅުގަނޑު ދޭ އެތިކޮޅަކުން.🥺

  6. ހައްޔަރު

    އެމީހާ ހައްޔަރުކުރުމުގެ ކުރިން ތިކަން އިންތިޒާމުކުރަން ތިބި މީހުން ހައްޔަރުކުރަންވީ. ކޮވިޑް އޮވެގެން އަހަރެއް ވެގެންދިޔައިރު ތިވަރުގެ ފެސިލިޓީއެއްގައި ތިބެން މީހުން ތަމްރީނު ނުކުރެވުނު. ދެއިރު ދެދަޅައަށް ޓީވީއަށް އަރާފައި ގޮވަނީ ފަރުވާދޭން ތިބި މީހުން މަދޭ. މަދޭ މަދޭ ގޮވައިގެން މީހުން އިތުރުވާކަމެއް ނުދެނަހުރިން. 1980 ގެ އަހަރުތަކުގައި މިރާއްޖޭގައި އުޅުނު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލިތައް ނައްތާލީ ކޮމިއުނިޓީ ހެލްތު ވޯކަރުންނޭ ކިޔާ ބަޔަކު ތަމްރީނުކޮށް ފޮނުވައިގެން. ބަޔަކަށް ޚާއްޞަ ތަމްރީނުތަކެއް ދިންނަމަ ތިތަނުގައި ބަލިމީހުންގެ ތަރުޖަމާނުންނާއި އަޅާލާނެ ބަޔަކު ގައިމު ތިބީސްތާ. އެވަރުގެ ކަމެއް ކޮށްލަންވެސް މިއުޅޭ ބޮޑެތި އަތްގުޅިނުކާ ސަނަދުތައް ތަންތަނުން ހޯދައިގެން ތިބި ކޮހުންނަކަށް ނޭނގުނު.

  7. ށެމް

    ދެން އަނިޔާ ކުރީމަ ޢެކަން އެންގީމަ އަޅާނުލި ނަރުސް ކޮބާ ެެެެެެެެެެ

  8. ޚިޔާލު 3

    އެ ފެސިލިޓީން "ވަގުތު"އަށް މައުލޫމާތުދިން މީހަކު ބުނީ، އެ ބިދޭސީ މީހާ ރެއިން ފަށައިގެން އެ ދުވަސްވީ މީހާއަށް އަނިޔާ ކުރަމުންދާ ކަމަށެވެ. އަދި އެކަން އެތަނުގެ ނަރުހުންގެ ސަމާލުކަމަށް ގެނައި ނަމަވެސް އަޅާލާފައިނުވާ ކަމަށް ބުންޏެެވެ.
    މިކަމަށް ވަގުތު ފިޔަވަޅު ނޭޅިއޮތްނަމަ މިއީ ހިތާމަހުރި ކަމެކެވެ. މި ކަން ވަށައިގެން ބެލުމަކީ ސަރުކާރުގެ ވަރަށްބޮޑު ޒިންމާއެކެވެ. ބަލިމީހުންނަށް ޝިފާއެއް ލިބޭތޯ ގެންދާތަނަކީ ނަރަކަ އަށް ވާކަމަންވަންޏާ އެފަދަ ތަނަކަށް ރުހުމުގައި އެކަކުވެސް ދާނެތޯއެވެ.ސަރުކާރު ފެއިލް ވުމުގެ އިތުރަށް ސަރުކާރަށް އިތުބާރުވެސް މީހުން ކުރާނެތޯއެވެ. ވަގުތުން ވަގުތަށްބަލައި ފިޔަވަޅު އަޅަން ރައީސް އަމުރު ނެރުންވުން އެދެން އޯގަތެރި ރައީސެއްގެ ޒަޢާމަތުގައި މިފަދަ ކަމަކަށް ފުރުސަތެއްނޯންނާނެ.

  9. ކޮތަރު

    ޢާއިލާ މީހުން ކުށްވެރި ކުރަންވާނީ އެމީހުންތިބީ ކޮންފަދަ ޙާލެއްގައިކަން އެނގުމުން. އަނިޔާލިބުނު މީހާގެ ދަރިންގެ ތެރެއިން މާލޭގައި އެމީހާ ގޮވައިގެން އުޅެނީ ޅަދަރި މަޔަކަށްވެސް ފަހަރުގައި ވެދާނެ. ދެންތިބި ދަރިންނަކީ އެހެންރަށެއްގައި ތިބި ބަޔަކަށްވެފައި އެރަށަކީ މޮނިޓަރިންގ ގައި އޮތް ރަށަކަށްވެސް ވެދާނެ. އެކަމަކު ދައުލަތުގެ ފަރާތުން މިފަދަ ބަލި މީހުން އެޑްމިޓް ކޮށްގެން ފަރުވާދޭ ތަނެއްގައި އޮތް ބަލިމީހަކަށް ތަކުރާރުކޮށް 16 ގަޑިއެއްހާއިރު އަނިޔާ ކުރިއިރު އަޅާނުލާ އެކަން ނުހުއްޓުވާ އޮތުމަކީ މިކަމުގެ ޒިއްމާ ކަމާބެހޭ އިދާރާތަކުން ފުރިހަމައަށް އުފުލަންޖެހޭނެ ކަމެއްް.

  10. ދެކޭ

    ބަޔާންނެރުމަކުން މިފަދަކަންތަށްހައްލެއްނުވާނެ ފުލުހުންގެ ބެލުމުގެދަށަށްގެނައުމަކުން މިފަދަކަންތައް
    ހައްލެއްނުވަނެ ބައްލަވަންވީވަރަށްބައްލަވާ މިފަދަޢަމަލުތައް ތަކުރާރުނުވަނެގޮތަށް ފިޔަވަޅުއެޅުއްވުން
    ވަރަށްމުހިއްމު އަނިޔާލިބުނުފަރާތަށް އިންސާފުހޯދައިދެއްވާ މިކަމުގައި އިޙްމާލްވާފަރާތެއްވާނެ އެފަރާ
    ހޯއްދަވާ އެފަރާތާމެދު އަވަހަށް އިންސާފުންފިޔަވަޅުއަޅުއްވާ އެހެންނޫނީ މިފަދަހިތާމަވެރިހާދިސާތައް
    ތަކުރާރުވެދާނެ