މާލޭގެ ވަކި ސަރަހައްދެއްގައި ދިރިއުޅޭ އެންމެންގެ ފޯން ކޯލްތައް އަޑުއަހަން ކްރިމިނަލް ކޯޓުނުން އަމުރެއް ނެރެފައިވާ ކަމަށް ބުނާ ވާހަކަތައް އެ ކޯޓުން ދޮގުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އެފަދަ އަމުރެއް ނެެރެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ރިޕޯޓްތަަކުގައި ބުނެފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން މާލޭގެ ވަކި ސަރަހައްދެއްގައި ދިރިއުޅޭ އެންމެގެ ފޯނު ކޯލުތައް އަޑުއެހުމުގެ ހުއްދަ ކްުރިމިނަލް ކޯޓުން ފުލުހުންނަށް ދިންކަން އެނގޭ ކަމަށެވެ.

އެކަން ދޮގުކޮށް ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެފަދަ އަމުރެއް ދޫކޮށްފައިވާ ވާހަކައަކީ ދޮގެއް ކަމަށެވެ.

"ވަކި ސަރަހައްދެއްގައި ދިރިއުޅޭ އެންމެންގެ ކޯލްތައް އަޑުއެހުމެއް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިނުވާ ކަމާއި، އަދި އެފަދަ އަމުރަކަށް ތަހުގީގީ އިދާރާއަކުން ކްރިމިނަލް ކޯޓުގައި އެދިފައި ނުވާ ކަމަށް ދަަންނަވަމެވެ". އެ ބަޔާނުގައި ވެއެވެ.

އަދި މިއީ އެ ބަވާތުގެ އަމުރު ނެރުމުގައި ކްރިމިނަލް ކޯޓުން އަމަލު ކުރަމުންދާ އުސޫލު ނޫން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި ކްރިމިނަކް ކޯޓުން އަމުރު ނެރުމުގައި އަމަލު ކުރަމުން ދަނީ ޖިނާއީ ކުށްތަކުގެ ގާނޫނުތަކާއި،އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޝަރީއަތް ބެހޭ ޖިނާއީ އިޖްރާތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ބަޔާނުގައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދޮންބެ

    ކޯޓުން އަމުރު ދިނަސް ނުދިނަސް ސިފައިންނާއި ފުލުހުން ދަނީ އެމީހުން ބޭނުންވާ ކޮންމެ މީހެއްގެ ފޯންކޯލްތައް އަޑުއަހަމުންކަމަށްވަނީ! ފޯނުންކުރާ ހުރިހާ މުޢާމަލާތްތައްވެސް ބަލަމުން! ކޯޓް ކޭސްއަކަށްދާންވީމަ އަމުރެއް ހޯދަނީ!! އެހެންނޫނީ މިކަމަކީ ޢާންމުކޮށް ކުރަމުންއަންނަކަމެއްކަމަށް މިކަމުގެ މަޢުލޫމާތު ހުންނަ ފަރާތްތަކުން ވާހަކަ ދައްކާ އަޑުއިވިފަވޭ!! އެކި ދުވަސްވަރު އެކި މިންވަރަށް!!

    32
    3
    • Anonymous

      ޑިކްޓޭޓަރ ސަރުކާރުގެ ނުބައި ނުލަފާކަމުން ސަލާމަތްވެތޯ އެންމެންގެސް ދުޢާކުރަންވީ

  2. ކީކޭ ދެން ބުނާނީ

    ކޯޓުން ސިސްޓަމެެއްގެ ޕާސްވޯޑްދޭނަމަ އަޑުއަހާ ބަޔަކަށް އަޑު ނާހައި ތިބެވިދާނެ.
    ހުރިހާ ސިސްޓަމެއް ގާއިމްކޮށް ، ފީދައްކައި، އެއިގެ ސިކިއުރިޓީ ބަލަހައްޓައި އެއިގެ ބެކަޕް ހަދައި އަދި ޕާސްވޯޑްވެސް މެނޭޖް ކުރާމީހުން ހުއްދަޔަކަށް އެދުން އެއީ .....!!!! އައިޑޯންނޯ !!

  3. ަސދަސދަ

    ފަނޑިޔާރުންނަށް ކަމަކަށް ތުހުމަތުކުރެވޭނަމަ މިހުއްދަ ނުލިބިގެން އަޑުނާހައި ތިބޭނީ ... :ޕ. ހައް ހައް ހައް

    2
    1
  4. ޙަސަނު

    މާލޭގެ ވަކި ސަރަހައްދެއްގައި ދިރިއުޅޭ އެންމެންގެ ފޯނެއް ނޫން ، ލާދީނީ މީ ހުން ފިޔަވައި އެހެން މީހުން

  5. އަޑުބަޑު

    ބައެއް ފަހަރަށް ފޯނުން ވާހަކަ ދައްކާއިރު މަޑުމަޑު އަޑެއް އިވުމާއި އަޑު އެކޯވުމާއި ކުއްލިއަކަށް ކެނޑުން ފަދަ ކަންކަން ދިމާވޭ. މިހެން މިވަނީ ކީއްވެބާވައޭ ހިތަށްއަރާ!

  6. އެސް އޯ

    ޕޮލިސް ރިޔާޒް ސަރ ގެ ފޯން ކޯލް ވެސް އަޑު އަހހ ހާ. ރައުދާ މައްސަލައިގައި އުޅޭ.

  7. ކާޅު

    އާއްމުދެމީހަކުދައްކާވާހަކަވެސްއަޑުއަހާ

  8. ޓިނު ދޮންބެ

    ތީ ބޭނުން އަމުރެއނޫން..ތިޔައަމުރުނެތަސް އެބައިމޫހުން ތިކަން ކުރޭ.ގިފިލބަލާ