އަންހެނަކު ރަހީނުކޮށްގެން ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތު ކުރެވިފައިވާ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

އަންހެނަކު ކިޑްނެޕް ކޮށްގެން ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރީ ހދ. ނޭކުރެންދޫ، ވިނަރެސް، އާދަމް ވިޝާން 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު 23، އެވެ.

ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮތް ދެ މީހުންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އެދެމީހުންގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

އެދެމީހުންގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާއި ރު، މިމަހުގެ 19 ވަނަ ދުވަހު އެދެމީހުންގެ ބައްދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދުން ދޫކޮށްލާފައެވެ. އެދެމީހުން ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށްފަހު، ޕީޖީ އޮފީހުން އެދިގެންނެވެ.

މި ހާދިސާ ހިނގާފައި ވަނީ އޭޕްރީލް 16 ވަނަ ދުވަހުގެ ރޭ، މާފަންނު ހަނދުވަރީހިނގުމުގައެވެ. އަންހެން މީހާ ގަދަކަމުން ދަމާފައި ގޯޅިއަށް ވައްދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.