ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ކޮވިޑަށް ފައްސިވިކަން އެމަނިކުފާނުގެ ގާތް ބޭފުޅަކު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ނައިބު ރައީސް ފައިސަލް ކޮވިޑަށް ފައްސިވިކަން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވެސް ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މަބްރޫކް ވިދާޅުވީ ނައިބު ރައީސް ފައިސަލް މިއަދު ވަނީ ކޮވިޑަށް ފައްސިވެފައި ކަމަށާއި ‏އެމަނިކުފާނު މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށެވެ. އަދި އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅު ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ފަހުކޮޅު ނައިބު ރައީސްގެ ހާލުކޮޅު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދީފައި ވެއެވެ. އެފަހަރު ވެސް އެމަނިކުފާނުގެ ކޮވިޑް ޓެސްޓެއް ހެދިއެވެ. ނަމަވެސް ކޮވިޑް ޖެހިފައި ނުވާކަމަށް އޭރު ރައީސް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ވީ ޑޯންޓް ކެއަރ.. ކަލޭމެންތީ ވައުދު ނުފުއްދާ ބައެއް.. މިހާރު ތި އުޅެނީ ޑްރާމާ ކުޅެން

    10
    3
  2. ހާޝިމް

    ރައްޔިތުންގެ ބަދު ދުޢާ ޖެހެނީ.. އަދިވެސް ނުބައިނުލަފާކަން ދައްކާ ރައްޔިތުންނަށް.. މި ސަރުކާރުން ލުއިދޭނަމޭ ބުނި ވެކްސިން ޖެހީމަ. އެވެސް ޖަހުވާފަ ހެދީ ދޮގު.. އިންޓަނެޓު ކަންތަކުގަވެސް ހެދީ މަކަރު..

    10
    2
  3. ގެރި

    ކޮވިޑޭކިޔައިގެން ރައްޔިތުންނަށް ޖެއްސުން ކުރެވެނިކޮށް އޯކޭވާނެ.. ކޮވިޑު ވެކްސިންގެވެސް މޮޅެތި އެއްޗެހި މި މީހުން ޖަހައިގެން ކަންނޭގެ ތިބޭނީ

    8
    1
  4. މުހައްމަދު

    ނައިބް ރައީސަށް އަވަސް شفاء އަކަށް އެދެމެވެ.

    12
    2
  5. ހާލުފޮޅި

    އިންޓަނެޓު އަގުހެޔޮ ނުވާތީ އަޅުގަނޑުމެން މާ ދެރަވޭ

    5
    1
  6. ތެދު

    ޢެޑުމިޓުވާ ހާލަތުގައި ފަރުވާ ދޭނީ ހޮހހ ހަޅައިގާ ކަމަށް ފެނޭ.

    9
    1
  7. ބަކަރި

    އަޅުގަނޑު ހީކުރީ ކައުންސިލް އިންތިހާބު ބޭއްވީމަ ކޮވިޑު ނުޖެހޭ ކަމަށް

    4
    1
  8. ބަކުރުބެ

    ކޮން އިރަކުންތޯ ނެޓު އަގުހެޔޮ ކުރަނީ. ދޮގުހަދާ އަނިޔާވެރި ސަރުކާރު އިސްތިއުފާ

    5
    1
  9. އަލިފު

    ނާއިބު ރައީސް ފައިސަލް އަށް އަވަސް ޝިފާއަކަށް އެދެން.

    9
    3
  10. މަނީ

    މި ސަރުކާރު އޮތީ ރޭޕާ ވައްކަމަށް ފައްސިވެފަ.. ކޯޗަކަށް ފައްސި ނުވަނީ

  11. ސަލާމް

    ރާއްޖޭގެ ލޮބުވެތި ނާއިބު ރައީސް އަލްފާޟިލް ފައިޞަލް ނަސީމަށް އަވަސް ޝިފާއެއް ދެއްވާށި އެވެ! އާމީން!

    8
    2
  12. ޖަމީ

    ތިއަށް ވުރެ މާބޮޑު ކަމެއް އިންޓަނެޓު އަގުހެޔޮ ނުކުރުން... މި ސަރުކާރުން އަބަދު ހަދަނީ ދޮގު

  13. ނަންދާ

    އަވްސް ޝިފާއަކަށް އެދެން!! ބޮޑުންނަށް ތައްޔާރުކޮށްފަހުރީ އާރަށް،، ލަގްޒަރީ ފެންވަރުގަ،، އާދައިގެކުދިންނަށް ކޮވިޑް ފަސިލިޓީ!! ވައްސަލާމް

    6
    2
  14. Anonymous

    ހޮހޮޅުގަ އެޑްމިޓްވެ ވަޑައިގަންނަވަ

  15. ޖަޒީރާމަނިކު

    ވެކްސިން ފުރިހަމަ ނުކުރައްވަނީތޯ؟ 3ވަނަޑޯޒް ޖައްސަވާ.

  16. ޒަބާދުކުޑޭ

    ވެކްސިންގެ 3ވަނަޑޯޒް ޖެހީމާ ކޮވިޑް ނުޖެހޭނެ. 2ވަނަޑޯޒްޖެހީމާ ކޮވިޑްޖެހުނަސް ހާލުބޮޑު ނުވާނެ. 1ވަނަޑޯޒް ޖެހީމާ ވެކަސިންނުޖަހާމީހުން ކޮވިޑުން ރައްކާތެރިވޭ. މީ ޑޮކްޓަރުންލައްވާ ރައްޔިތުންނަށްދއންގާދިން ކަންތަކަކީ. ރައްޔިތުން ކޮވިޝިލްޑް ވެކްސިން ގަބޫލު ނުކުރާތީ ގަބޫލުކުރުވަން.