ރާއްޖެ އިން އިތުރު 1299 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 890 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 334 މީހުން، ރިސޯޓްތަކުން 48 މީހުން، ސަފާރީތަކުން ދިހަ މީހުން އަދި ހަދަމުންދާ ރިސޯޓްތަކުން 17 މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 5186 މީހުންނެވެ. އެހެންކަމުން ކޮށްފައިވާ ޓެސްޓްތަކުގެ އަދަދަށް ބަލާއިރު މިއަދު ފައްސިވި ނިސްބަތް ހުރީ %25.05 ގައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ ގޮތުގައި 24867 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 285 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ތިން މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު