ދުވާލު ގަޑީގައި ގެއިން ބޭރަށް ނިކުތުމަށް ހައުސްހޯލްޑް ޕާމިޓަށް އެދިފައިވާ މީހުންގެ ތެރެއިން 26،300 މީހަކަށް ޕާމިޓް ދޫކޮށްފައިވާ މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޗީފް ސްޕްރިޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވީ މިރޭ 20:00 އާއި ހަމައަށް 26،300 މީހަކަށް ޕާމިޓް ދޫކޮށްފައިވާ ކަމަށެވެ. ހުއްދަ އަށް އެދި ހުށަހެޅި މީހުންގެ ތެރެއިން 6،000 ވުރެ ގިނަ ހުށައެޅުމަށް އަދި ހުއްދަ ދެވިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗީފް ސްޕްރިޓެންޑެންޓް ޝަރީފް ވިދާޅުވީ ބައެއް ހުށައެޅުންތަކަށް ހުއްދަ ނުދެވި ލަސްވަނީ ފެން މީޓަރު ނަންބަރު ފޮނުވުމާއި ކޮންމެ ގޭބީސީއަކަށް ދެ ފާސް ދޫކުރާއިރު އެކެއްގެ ނަމުގައި ދެ ފާހަށް އެދުން ފަދަ ކަންކަން ކޮށްފައި ހުރުމުން ކަމަށެވެ. އެފަދަ ކަންކަން ދިމާވުމުން އެފަރާތްތަކަށް ގުޅައިގެން މައުލޫމާތު ބަދަލު ކުރަން އަންގަން ޖެހޭތީ އިތުރު ވަގުތު ނަގާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާސް ދޫކުރާނީ ދެ ވަގުތަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8 އިން މެންދުރު 12 އަށް އަދި މެންދުރު 12 އިން ހަވީރު 4 އަށެވެ. މި ފާސްނުލާ ބޭރުގައި އުޅުން މަނާވާނެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދުން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަންނަނީ ތަންފީޒު ކުރަމުންނެވެ. މިއަދުން ފެށިގެން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް 16 ގަޑިއިރު ކާފިއު ހިންގާނެ އެވެ. ކާފިއު ނޫން ވަގުތުވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޭ އެ ހުއްދަ ނަގައިގެންނެވެ.

ފުލުހުން ވިދާޅުވީ ހައުސް ހޯލްޑް ހުއްދަ ދޫކުރާނީ ވަކި މީހަކަށް ކަމަށާއި އެ ނޫން މީހަކަށް އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށެވެ. ފާސް ދޫކުރާ މީހާ ނޫން އެހެން މީހަކު ފާސް ހިފައިގެން ބޭރުގައި އުޅޭނަމަ އެއީ އެއް ގޭބީސީއަކަށް ނިސްބަތްވާ މީހެއް ނަމަވެސް އޭނާ ހުއްޓުވާނެ ކަަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސޭޓް

  ކޮއްމެ ރައްޔިތަކަށް ފާހެއްދޭން ފެނޭ.

 2. އާދަމުގެދަރި

  މި ނޫނިއްޔާ ބޭކާރު މަސައްކަތްކުރާ ގައުމެއް ނޯންނާނެ. ތިޔަ ފާހަކީ ދެއިރު ދެދަޅައަށް ދޭންޖެހޭ އެއްޗެއް ނޫން. ހަދާފައި ކޮންމެ ގެއެއްގައި މީހުން ދިރިއުޅެ ކޮންމެ ގޭބިސީއަކަށް ދޭން ފެންނަވަރަކަށް އެ ފާހެއް ހިފައިގެން މަގުމަތީގައި އުޅެވޭނެ ގަޑިޖަހާފައި ދިނީމާ ނިމުނީ. ރައްޔިތުންނަށް ދުއްޕާކުރުމަށް ދުވާލަކު އެއްފަހަރު މިޕޯޓަލްއަކަށް ވަންނަން މިޖައްސަނީ.

 3. ޚިޔާލު 3

  ހުއްޓުވާ ޗެކުކޮށް ގަވައިދާ ޚިލާފުވާފަރާތްތަކަށް ނަސޭޙަތްތެރިވެސް ވާންވާނެއެވެ. އެކަމަކު ނަސޭޙަތްތެރިވުމަކާއި ނުލައި ކިޔަމަށްތެރިކަމާއެކު އުޅޭމީހުންވެސް ފުރަތަމަ ފަހަރުވެސް ޕޮލިހުން ޖޫރިމަނާ 5000.00 ރ އިން ކޮށްލުމަކީ ރައްޔިތަކަށްދެވޭ ވަރަށް ބޮޑުއަނިޔާއެކެވެ. ބަލިމަޑުކަމުގެ ގައިޑުލައިނާ އެއްގޮތަށް އެންމެވެސް ޢަމަލުތަށް ބަހައްޓަންޖެހޭނެއެވެ. މިފަދަ ނިކަމެތި ދުވަސްވަރެއްގައި ޖޫރިމަނާއަކީ ހަމައެކަނި ހައްލެއްނޫންކަން ތަންފީޒީ އިދާރާތަކުންވެސް ގަބޫލުކުރަންޖެހެއެވެ.

 4. ކޮތަރު

  މާނައަކީ ހުއްދައާއި އެކު އެއްފަހަރާ 13150 މީހުން މި މާލޭގެ މަގުމަތީގައި އެއްވަގުތެއްގައި އުޅޭނޭތާ. އަދި މީގެ އިތުރުން ސަރުކާރުގެ ބޭނުން ތަކުގައި މަގުމަތީގައި އުޅޭ މީހުންނާއި އަދިވެސް އިތުރު...... މިވަރުން މި އަކަކިލޯމީޓަރ ތެރޭގައި ތިޔަބުނާ ގައިދުރެއް ވެވޭނެބާ.

 5. ލލ

  މި ގަރުނުގެ އެން ބޮޑު ޖޯކު ފުލުހުން ފަސްދުކުރުން

 6. ހެޔޮހިތުން

  ފަސް އޮތަސް ވޭރުގައި އުޅޭ މީހުންގެ ކޮވިޑް ތެސްޓް ހެދުމަކީ ވަރަށް މުހިއްމު ކަމެއް.