ސަރުކާރުން ހެޔޮ ކުރާ އިންޓަނެޓްގެ އަގުތައް އިއުލާން ކުރުމުގެ ރަސްމިއްޔާތު އެތައް ފަހަރަކު ތާވަލްކޮށް، ފަސް ކުރުމަށް ފަހު އެންމެ ފަހުން މާދަމާ ހެނދުނު 10:00 ގައި ރަސްމިއްޔާތު ބާއްވާނެކަން އިއުލާން ކޮށްފިއެވެ.
ސަރުކާރުން ވިދާޅުވީ "ނެޓް ހެޔޮކުރުން" ނަމުގައި ބާއްވާ ރަސްމިއްޔާތު މާދަމާ ހެނދުނު ހުރިހާ ޓީވީ ޗެނަލަކުން ދައްކާނެ ކަމަށެވެ.
އިންޓަނެޓްގެ އަގަށް ގެންނަ ހެޔޮ ބަދަލު އިއުލާން ކުރަން ފުރަތަމަ ތާވަލް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް އޭގެ ފަހުން ވަނީ އަންގާރަ ދުވަހު އަގުތައް އިއުލާން ކުރާނެ ކަމަށް ބުނެފައެވެ. އޭގެ ފަހުން ދެން ބުނީ އިންޓަނެޓްގެ ހެޔޮ އަގުތައް އިއުލާން ކުރާނީ ބުރާސްފަތި ދުވަހު ކަމަށެވެ.
ރައީސް އޮފީހުން އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ އާ އަގުތަކަކީ މިހާރުގެ އަގުތަކަށްވުރެ %20 ހެޔޮ އަގުތަކެއް ކަމަށެވެ. އެންމެ ބޮޑު ބަދަލެއް އަންނާނީ ފިކްސް ބްރޯޑް ބޭންޑްގެ ހިދުމަތަށް ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ، މި ސަރުކާރު ވެރިކަމަށް އައުމުގެ އެންމެ ބޮޑު ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ. ސަރުކާރަށް ތިން އަހަރު ވާއިރު ވެސް އިންޓަނެޓްގެ އަގަށް ބަދަލު އައިސްފައި ނުވާތީ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
މީއަޅެ އެއްޗެއް ބޮވިފަ ތިބޭ ބައެއްތަ
އެހެންތޯ....؟؟ ބޮޑު ދުވަހެއްތާދޯ؟ އެހެންވީމާ މާސްކުނެގުމާއި މޫނުކެހުމާއި ލޯ ހިރުވުންފަދަ ސަޤާފީ ކުރިވަރުތަށް އިބުރާހިމްބެގެ ފަރާތުން ފެންނާނެތާ...
ތީ އިބިލީހުގެ ކައިވެނި. ނޫނީ އަމާކީތީ ފަރައް ދިއުން
5 ކިލޯ ޖީބީ ހިންނަވަރުން ލިބެންއެބަހުރި ޒިޔާރަތް ކޮށްލަށްވާ ކޮންމެދުވަހަކު ހެނދުނު ޖީބީ އަގުހެޔޮވާނެ.
ނޯ ތަންފީޒު. އޮންލީ އިއުލާނު
ހަހަހަ. ތި ދަޅައަ ކަށް ނުހެއްލޭނެ!
ތިޔަހެއްދެވެނީގޯހެއްނޫންތޯ ؟؟ މިހެންމިބުނީ މިހާދުވަސްވަންދެން
ތި ކަންނު ކުރެވިއޮތީ މިނިސްޓްރީން ގާނޫނުނަހަދާއޮވެގެންނޭބުނެ އަދި އޭރުގެމިނިސްޓަރުވެސް ވަ ކި ކޮށް
ގޭމުތަ ކެއްޖެއްސިތަންފެނިފާ އޭގެފަހުން
އެ ކަމާބެހޭގޮތުން ގާނޫނެއްނަހަދާ މަޖިލީހުން ގާނޫނެއްފާސްނު ކޮށް ހަމަ ކުއްލިއަ ކަށް
ތިފަދަބޮޑު ކަމެއް ކުރަންއުޅޭތީ !!
ދެންހިތުގައުފެދޭސުވާލަ ކީ ތިހާފަސޭހައިން ތި ކަން ކުރެވެންއޮތްވާ ނު ކުރީ ކީއްވެގެންބާއޭ؟