ވަކިން ވެސް ނަމާދު ނުކުރެވޭ ގޮތައް މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއް ބަންދުކޮށްފިއެވެ.

ދެންމެ އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވީ މިރޭ ފަތިސް ނަމާދުން ފެށިގެން މުއްދަތެއް ނެތް ގޮތައް މާލޭގެ މިސްކިތްތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން އިއުލާނެއްގައި ވިދާޅުވީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 19 މޭ އިން ފެށިގެން ވަނީ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލެވުނު ކަމަށެވެ.

ނަމަވެސް ޢާންމު ރައްޔިތުންގެ ޙައްޤުގައި އެކަން ކުރިކަމުގައިވިއަސް ބައެއް ފަރާތްތަކުން އެ އެންގުންތަކަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއްނެތި ޖަމާޢަތް ހަދަމުންދާތީއާއި ކޮވިޑްގެ ޙާލަތު މާލޭގައި ފެތުރުން ކޮންޓްރޯލު ނުކުރެވޭތީއާއި މިއަދުން ފެށިގެން ހުއްދައާއި ނުލައި ޢާންމުން ބޭރަށް ނިކުމެއުޅުންވެސް މަނާކުރެވިފައިވާތީ، ކޮވިޑުން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިރޭ ފަތިސް ނަމާދުން ފެށިގެން މާލޭގެ މިސްކިތްތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މިދަނޑިވަޅުގައި މިސްކިތަކަށް ވަޑައިނުގެންނެވުނު ކަމުގައިވިއަސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށާއި، މިބަލިމަޑުކަމުން އަވަހަށް ސަލާމްމަތް ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރާކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ކަމާގުޅޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް އުޅުމަށް ނަޞޭޙަތްތެރިވާކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވިއެވެ.

ވަކިން ނަމާދު ކުރަން ވެސް މިސްކިތްތަކަށް ނޭރޭ ގޮތައް ބަންދުކުރަން ނިންމުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ މާލޭގެ ބައެއް ގެތަކުގައި ޖާގަ ހުންނަ ގޮތުން ގޭތެރޭގައި ނަމާދު ކުރަން ދަތިތައް ހުންނާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޜާވެރިއައްޔަ

    ޢެންމެފުރާނައަކީވެސް ތިކަހަލަ ގަވާއިދަކަށްވުރެ އަގުހުރި އެއްޗަކަށްވާއިރު ތިކަން ތިކުރީ ވަގުތު ފާއިތުވި ފަހުން ކަމަށް ދެކެން!

    7
    9
  2. އާދަމުގެދަރި

    ކޮވިޑާ ގުޅިގެން ޚަރަދުކުޑަކުރުމަށް މުއްދަތެއް ނެތްގޮތުގައި މާލޭގެ މިސްކިތްތަކުން ކަރަންޓާއި ފެން ކަނޑާލި ވާހަކަ ދެއްތޯ.

    11
  3. ދުންމާރި

    މިސްކިތްތައް ކޮންމެހެންވެސް ބަންދުކުރާނެ މިސަރުކާރަކީ ލާދީނީ ސަރުކާރެއް ކޮންމެވެސް ބަނހަނާއެއްދައްކައިގެންވެސް މިސްލިމުން އަޅުކަންކުރާމިސްކިއްތައް ބަންދުކުރާނެ ތީ އޮޅިފަވާ ކަމެއްނޫން މީގެ ކުރިންވެސް ކޮވިޑު ނެތް ރާއްޖެތެރޭގެ ރަށްތަކުގެ މިސްކިތްތައްވެސް ބަންދުކޮށް އެތަށްދުވަހެއް ވަންދެން ހިފެހެއްޓި މިސްކިތްތަކުގެ ކާޕެޓުތައްވެސް ނަގާ އުކާލީ ދީނަށް އިހާނެތިކަންލިބޭ ކޮންމެކަމެއް މި ލާދީނީ ސަރުކާރުން އަވަސްކަމާއެކު ކުރާނެ މިސްކިތްތައް ފަޅުކޮށް އެތަންތަނުގަ ނަމާދުކުރުން މަނާކުރާމީހުންގެ ވާހަކަ ޤަުރުއާނުގަ އައިސްފައިވޭ

    22
    1
  4. މަބޭ

    މިގައުމު ހަލާކުވެ ނިމިއްޖެ

    18
  5. ށުމަން

    ދިވެހި މުސްލިމުން ހަމަ ތިބެނީ ތޯ الله އަށް އަޅުކަން ކުރަން ހަދާފަ ހުރި މިސްކިތް ތައް މުއްދަތެއް ނެތި ބަންދު ކުރާ އިރު. ޢަޅުގަޑަށް އޮޅިއްޖެ. الله އަށް ތޯ އަޅުކަން ތިކުރަނީ ނުނީ އެޗްޕީއޭ ަށް ތޯ؟؟ الله އަށް ބިރުވެތިވެ ލައްވާ. ރައްޔިތުން ހޭލާ. ޢަޑި ގަ އޮތީ އިންޑިއާ ގެ ހިންދޫ ސަރުކާރުގެ ހީލަތް ތެރި ރޭވުމެއްބާ؟

    19
    1
  6. ކޮތަރު

    މިސްކިތްތަކުން ބަންގިވެސް ނުގޮވާނެބާ؟

    15
    1
    • އަރީ

      ބަންގި ނުގޮވާ ހިސާ ބައްގޮސް ސިއްޔާ މަ ޕާސަނަލީ ނިކުމެ އިބޫ ގެ ލަފުގަ ހިފާނަން

  7. ޕޮގުބާ

    މިކަން ކުރަން ލަސްވެސް ވެއްޖެ!

    2
    19
  8. ދިވެހިން

    ކަމެއްވާއިރަށް މިސްކިއްތަކާއި ނުކުކުޅޭޝޭ !!!

    19
  9. އާއިސާ

    މިސްކިތްތައް ބަންދުކުރަން ފޯރިހުންނައިރު ދުނިޔޭގެ ގައުމުތަށް ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އޮންނައިރު ތާކުނުޖެހޭ ކުޅިވަރުތަކަށް މީހުންހޮނުވާން ފޯރިހުރޭދޯ މިނާގާބިލު ސަރުކާރަށް

    19
  10. އިންޑިއާ އައުޓް

    ﷲ ސުބްހާނަހޫއަތާއާލާގެ ގެކޮޅުތައް ބަންދުކޮށް އެކަލާނގެ ފަރުލުކުރެއްވި ނަމާދައް މިސްކިތައްނުގޮސް ގޭގަ ތިބެންޖެހޭފަދަ ހާލަތެއް މީގެ ކުރިން އިސްލާމީ ތާރީހު ދެކުނުތޯ؟

    17
  11. Anonymous

    މިސްކިތުން ތޯ ބަލިފަތުރަނިީ މިނިސްޓަރު ﷲ އައް ބިރުވެތިވެ ހުރިހަާ ކަމެއްގެ ވެރިކަންވަނިީ ﷲ އައް

    14
  12. ނާޅި

    ދުނިޔެމަތީގައި ކޮންމެ ކަމެއް ތަދުބީރު ކުރައްވަނީ ﷲ ތަޢާލާ، އެކަލާގެ އިރާދަފުޅާއި މިންވަރު ފުޅުން ކޮންމެ ކަމެއްވެސް ހިގާނީ، ނަމާދު ޖަމާއަތުގައި ޤާއިމް ކުރުމަކީ އިސްލާމް ދީނުގެ އެންމެ މުހިންމު ރުކުން މިރުކުން އަޅާފަ ތިބެގެން މަރުން ސަލާމަތް ވާނެ ކަމަށް ހީކޮށްގެން ނުވާނެ! ބަލި ޖައްސަވާ ފިއްލަވާ ފަރާތަކީވެސް ހަމަ ﷲ ތައާލާ، ބައްޔާއި ބޭހަކީ އިންސާނާ މަރުއްވާ ދިރުއްވާ އެއްޗެއްވެސް ނޫން، އިންސާނުން ނާއި އެންމެހައި މަޙުލޫޤުން މަރުއްވާ ދިރުއްވާ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާ !

    12
  13. އަތްޔޫބް

    ކަލޯގެއާ އަދި ތިކޮއްލެވުނީ ރަނގަޅުކަމެއް މިހުރިހާކޮވިޑުތައްއުފެދެނީ މިސްކިތްތެރޭންކަންޔަގީންވެއްޖެ މިއީ ދުނޔޭގެތިބި ޔަހޫދީންގެރޭވުން ތިޔައުޅެނީ ފެންބިލާއި ކަރަންޓް ބިލް ބޮޑުވާތި

    13
  14. ސސ

    އިސްލާމީ މުޖުތަމަޢުގައި އިސްލާމް ދީނުގެ ރުކުން ތަށް ޤާއިމް ކުރުން ދޫކޮށްލައިގެން ތިބެ ވަބާޔާއި ބަލިމަޑުކަމުން ސަލާމަތް ވެދާނެ ކަމަށް ހީކުރުމަކީ ކުންހީއެއް، ހެޔުމަގަށް ބަދަލްވާންވީ ތައުބާވާންވީ ! ރަގަޅު ގޮތަކީ ހަމަ ޖަމާޢަތުގައި ނަމާދު ޤާއިމް ކުރުން އެސިފަ ހުންނަންޖެހޭ މުޖުތަމައުގައި !

    11
  15. ފުރުގާން

    ދެރަ ކަމެއް
    މިސކިތަހަކު ނޫނޭ ކޮވިޑު އުޅެނީ އިރާދަ ކުރެއްވިއްޔާ
    ޙެޔޮނުވާނެ އެއީ ބިންމަތީގައި ހުރި އެންމެ މާތް ތަންތަން، ތިހެންނަހަދާ ވެކްސިން ޖަހަން ގޮސް ތިބޭތަން ކޮންޓްރޯލް ކުރޭ އަދި 6 ފޫޓު ދުރު ބަހައްޓަން އަންގާ
    3 ފޫޓުން ވެސް ޖަރާސީމް ފޯރާނެ ކަމަށް ރިސާޗުން ދައްކާ
    ދެން ކަލޭމެން ހިތުހުރި ގޮތަކަށް ކަން ކޮއްފަ ވަރު ބޮޑުވީމަ މިސްކިތް ބަންދު ކުރަނީ 😡

    މި އަރަތެއްތަ އަޅެ

  16. އެނަލިސްޓް

    މިސްކިތް ތަކުން ވ ބޮޑަށް ބަލި ފެތުރޭނެ! ކާކު ކަން ނޭގޭ ކިތައް މީހުން ތޯ މިސްކިތްތަކަށް ޖަމާ ވަނީ! އަދި ގުރުއާްން ކިޔަވަން ތިބެނީ މާސްކު ނާޅާ! ރޯދަ މަސް ފަހުން ބޮޑަށް ބަލި ފެތުރެނީ! ސަބަބަކީ ރޯދަ މަހު ގިނަ މީހުން މިސްކިތްތަކަށް އެއްވޭ! ހޮޓާ ތަކަށް ދާނީ ގާތް ރައްޓެހިން! ބަލި ނެތްކަން އިގޭ މީހުން އެކުގަ މިދަނީ! އެކަމަކު މިސްކިތްތަކުގަ މި ތިބެނީ ކާކު ކޮންތާކު ކިހިނެއް އައި މީހެއް ކަން ނޭގޭ ނުދަންނަ މީހުން! ވައިރަސް ދިރޭ އެއްޗަކަށް ބަދަލް ވަނީ ފުރާނަ ހުރި އެއޗަކަށް ވާސިލު ވުމުން ކަން ވިސްނާލާ! ދެން އެ ފުރާނަ ހުރި އެއްޗެއް ގެ ޒަރީ އާ އިން ވައިރަސް ފެތުރެނީ ހައްލަކީ އެއްވެ ނޫޅުން! ގޭގަ ނަމާދު ކުރަމާ

    1
    3
  17. މުސްލިމް

    ﷲ ހަނދުމަކޮށް އެކަނލާގެއަށް އަޅުކަންކުރާތަންތަންވެސް ބަންދުކުރަންޖެހިއްޖެނަމަ އެކަން
    ކުރެވިދާނެ ނަމަވެސް ހިތާމައަކީ މިކަމާގުޅިގެން ރަށްކާތެރިކަމުގެގޮތުން ކުރިންކުރަންޖެހޭކަންތައް
    ނުކޮށް ދީނާގުޅޭކަންތައް އިސްވާތި މިކަމުން އެހެންކަމެއްދޭހަވޭ

  18. ހަސަން

    ތިޔާކީ ވަރައް ހިތާމަވެރި ޚަބަރެއް، އެހެން ޤައުމުތަކުގައި ތާޅަފިލިތަކުން ބަންގިގޮވާ ޤުރުއާން ކިޔެވީ ކޮވިޑުން ސަލާމަތްވޭތޯ!!!!!