ހިޔާ ފްލެޓްތަކަށް މަހަކު 8500 ރުފިޔާ ދައްކަން ޖެހޭނެކަން ސަރުކާރުން އިއުލާންކޮށްފިއެވެ.
އެޗްޑީސީ އިން މިރޭ ކުރި އިއުލާނެއްގައި ވިދާޅުވީ ފުލެޓުތަކަށް ފައިސާ ދައްކާ ޚަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7,500ރ ދައްކާގޮތަށް ކަމަށާއި އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާގޮތަށްވެސް ވަނީ ހަމަޖެހިފައި ކަމަށެވެ.
ނަމަވެސް، ފުލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަކީ އެއްވެސް ފައިސާއެއް ދައްކަންނުޖެހޭ މުއްދަތެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައި ކަމަށް އެޗްޑީސީ އިން ވިދާޅުވިއެވެ.
މީގެއިތުރުން، މި ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައެއްނުވާކަމަށް އެޗްޑީސީގެ އިއުލާނުގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް، އެއްވެސް ފަރާތަކުން ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަން ބޭނުންވާނަމަ އެ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށާއި އަދި، ފައިސާ ދައްކަން ކަނޑައެޅިފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ދެވޭނެކަމުގައި ވެސް އެޗްޑީސީ އިން ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި ހިޔާ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 5،600 ރުފިޔާ ކަމަށް އޭރު ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ވިދާޅުވެއެވެ. އެކުލި ރައީސް އޮފީހުން ޔާމީންގެ ވެރިކަމުގައި އެޕްރޫވްކޮށް ހައުސިން މިނިސްޓްރީއަށް ފޮނުވި ލިޔުންތައް ވެސް އާއްމުވެފައި ވެއެވެ.
އޭރުގެ ސްޓޭޓް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ސޮއިކުރައްވައި އޮކްޓޯބަރު، 17، 2018 ގައި ހައުސިން މިނިސްޓްރީ އަށް ފޮނުއްވި ކަމަށް އާއްމުކޮށްފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ފްލެޓްތަކުގެ އަގު 20 އަހަރަށް ބަހާލައި ޑައުންޕޭމަންޓަކީ 25،000ރ. ކަމަށް ކަނޑައެޅުމަށެވެ. އަދި ކުލީގެ ގޮތުގައި 5،600ރ. ހަމަޖައްސައި މެއިޓެނެންސް ފީގެ ގޮތުގައި 1،000ރ. ކަނޑައެޅުން ރަނގަޅު ކަމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށް ވެސް އޭގައިވެ އެވެ.
މީގެ ކުރިން ވެސް ސަރުކާރުން ވަނީ ހިޔާ ފްލެޓްތައް 5600 ރުފިޔާއަށް ކުއްޔަށް ނުދެވޭނެ ކަމަށް ބުނެފައެވެ.
ބޯހިޔާވަހިކަން އަތްފައި ފޯރާ ހިސާބަށް އައިސް ވައުދުތައް ފުއްދި ފުރާ ފުރިހަމަވެ ކޯދުލައި އަރަން ފެށީ.
ކޮތަރުކޮޢްޓަށް ތިކިޔާއަގު މިކަހަލަ ދުވަސް ވަރެއްގާ ތިޔައީ މީހުން އޮބިއަޅަނީނޫންބާ!އެއްޗެއް ނުކިޔަން ހުއްޓަސް ތިވަރުވީމާ ބުނެވޭނެ!
އަނެއްކަންތައް 1000 ރުފިޔާ ނަގަނީ ސިޑިކަހަން ތިޔާތަޖުގެ ލިފްޓްކަހަން ކޮން މަތާމާތެއް މުށިނެއްޓުނަށް މިހާރު އަހަޜުމެން ޖެހެނީ އަމިއްލައަށް ކުރަން ސިޑިގޮޅިވެސް ކުނިނުކަހާ 3މަސް ވެއްޖެ
2023 ހަނދާން ނައްތާލަ މިސަރުކާރުން
މީ ބޮޑު އަގެއް އަންފިނިޝްޑް ތަނަކަށް ނަގަން. ޤްބޫލެއް ނުކުރެވޭ. އިތުރަށް ވިސްނާލުން މުހިންމު.
ހިޔަާ ފްލެޓަށްވުރެ ބޮޑު ފިނިޝިންގް ނިންމާފަަ ހުރި ފްލެޓްތައް 6500ރ 7000ރ ހަތަރު ފާރަށް 8500ރ ހެޔޮނުވާނެ. ކަރަންޓް ބިލް ފެންބިލް ލީިމަ 13000ރ. ޏުވަތަ 14000ރ ނެތް ސަލާމަތެއް.
އިރާދަ ކުރައްވައިގެން ޔާމީންއަށް ވެރިކަން ލިބިއްޖެޔާމުން މިއަގުތށް ކުޑަކޮއްދޭނެ
ވޯޓަށް ސަލާމް
ހާދަ ބޮޑޭ
ސާބަހޭ ރައްޔިތުންގެ ސަރުކާރަށް ތިފަދަ އޯގާތެރި ވެރިކަމެއް ދުވަހަކުވެސް ދިވެހިންނަށް ނުލިބޭނެ ބާރަށް އަތްޖަހާ 👏👏👏👏
ތަން ނުނިންމާ ހަވާލިކުރަނީ...ކުރީގެ ތަންތަނެއްވުރެ މާކުޑަ ..ރޫމް މަދު އެކަމު ކުލި މާބޮޑު
..ކޯއްޗަކަށް މިވީ..ގުއި ސަރުކާރު
މުސްސަދިންނަށް މިފުލެޓު ގައުޅެވޭނީ،،،އާދައިގެ ލޭބަރެއްގެ މުސާރަ 5000ރ މަހަ ކު ލިބެނީ،،،،މީހުން ގެ މުސާރަ އަ ކަށް ބަދަލެއް ނާދޭ،
ކުރިން ފިނިޝްކޮށްފަ ދީފަހުރި 3 ރޫމު ތަންތަން ދިނީ 7000 އަށް. ފިނިޝްނުކޮށްހުރި 2ކޮޓަރި ތަންތަން މަހަކު 8500އަށް އަގުބޮޑު ކުރުމުން އެގެނީ މި އެމްޑީޕީ ސަރުކާރުގެ ހިޔަޅުކަން. އާދައިގެ ދެރަނިމަެތި ރައްޔިތުމީހާއަށް ނުނިންމާހުރި 2ކޮޓަރީގެ "ކޮތަރު ކޮއްޓެއްގެ" ސެލް އެއް ތިދެނީ 2.5 މިލިއަންއަށް. މިއީ ޕްރައިވެޓް ސެކްޓާ މީހުން ލަގްޝަރީ އެޕާރޓްމެންޓްތައް މިހާރު ވިއްކާ އަގު. މިއަށް ސޯޝަލް ހައުސިންގއޭ ކިޔޭނެތަ؟
ތިއީ ރައްޔަތުންނައް ހެޔޮއަގުގާ ބޯހިޔާވަހިކަން ހޯދާދެން އާސަރުކާރު ޔާމީނުގެ ސަޜުކާރުގާ ތިންކޮޓްރި ހަހާސްރުފިޔާ ހަތްސަތޭެކް ފަންސާސް އަކަފޫޓް އަން ހާސް ފަސްސަތޭކަރުފިޔާ ފަސްސަތޭކައެންތަންކޮޅުގެ އަގު ނުނިންމާ؟ މިހިރީ ހެޔޮވެރިކަން ފެންނަނީ ރައްޔަތުންފަބާވަނީ ސަރުކާރުގެ ބައެއްވެރިން މުއްސަދިވަނީ؟
މިސަރުކާރަކަށްނުވާނެއެވެ. ސަބަބަކީ އެކަން ދިގުދަންމައިގެން ލޯނުގެ އިންޓަރެސްޓް ބޮޑުވުމުން މިހާރު އެކަން ސަރުކާރަށްނުވީއެވެ.
މުސްކުޅިންބުނޭމީދަލަކަށްދުވަހެއް އައްޔާ ހިކަންޖަކައްވެސް ދުވަހެއްއަންނާނޭ އަހަރެމެންނައް ލިބޭދުވަސް ﷲ އިރާދަކުރެއްވިއްޔާ މާދުރެއްނޫން. ﷲ އިރާދަކުރެއްވިއްޔާ މި ބަލާއެއްފަދަ ވެރިކަންވެސް މާގިނަދުވަހެއްނުވެނިމިދާނެ. މިހާރުއެކަމުގެ ކޮޅުމަތިއަތްފޯރާހިސާބުން އެބަފެނނޭ.
ބްރޯ ތީތި ކަޑައޭ. ތިޔަކަށް ނުކިޔާނެ ސޯޝަލް ހައުސިންގ އެކޭ. ތިޔަށް ކިޔާނީ ސޯޝަލް ފެލުމޭ.
މީ ކޮންވައްތަރު ހުންނަނީތަ ބޭބޭ؟ ޔާމިނު ސަރުކާރު ބުނަނީ ފުލެޓު ދެނީ 5500. 3000 ބޮޑުކުރަނީ މި ސަރުކާރު. ސަކަރާތް ހުންނަނީ މި ސަރުކާރު. އާރެން ކަނީ ފެންވަރަނީ ކަރަންޓު ބިލް. ޙުންނަނީ. ފެންބިލް ހުންނަނީ ބައިވަރު ލާރި.
Rees Solihu nuvatha Aslam ah kalhu saithateh ehnmmevaguthaku hippavvan 8500/- dhakkakah ehchakah nuvedhane, ekamu mithanuga dhiriulhenthibi gina rayyithunah mivaru dhekkumaky kuran jehey ehenihen kharadhuthakai eku (karantu bill, fen bill, media net, internet, vemko, keumuge kharadhu adhi transport) kurevidhaane kamehnoon. Heyonuvaane rayyithunnah mifadha nikamethikameh dheykah, Avahah heyo visni agu thirikoh dhevva😭.
ސޯލިހުބެ އައް ފުލެޓެއް އަޅާ ނުލެވި އެހެން މީހަކު އަޅާފަހުރި ތަނަކައް އަގު ނަގަންތިވަރު ކުޑަ ލަދައްތަ ގަމީހާ ފަޓުލޫނު ލައިގެން ރޮއިރޮއެ ތިއިންނަނީ ނިކަން ރޮއެފަ މިަގުތައް ކުޑަކޮއްބަލަ..
ތިޔަތަނަކީ، ކޮތަރު ކޮށީގެ ހާލަތުގައި ހުރި ތަނެކޭ ބުނީ، ރައީސް ސޯލިހު! ދެން ތިވަރުގެ ތަނެއް އަދި ދޮރެއް މުއްޓެއް، ފަންކާއެއް ލައިޓެއް ނެތް ތަނަކުން ތިހާ ބޮޑު އަގެއް ނަގަނީ ކީއްވެތަ؟ އާދައިގެ ރައްޔިތުމީހާ އަށް ކިހާބޮޑު ގެއްލުމެއް ތިޔަ ދެނީ..... ތިހެން ނަހައްދަވާ! ރައްޔިތުން އަށް އޯގާވެލައްވާ!
ކުލި މާބޮޑު ކުޑަކޮށްލަ، އެއްވެސް ބަޔަކުގެ ޖީބަށް ފައިސާ ދާގޮތަށް ބޮޑު ކުލި ނެގިގެން ނުވާނެ !
25 އަހަރުގެ ތެރޭގައި ފައިދާޔަށް ބަޔަކު ޖީބަށް ލާން ކަޓުލާފަ މިހުރީ އަގުހަދާފަ، ބޮޑު އަގު !
ކޮތަރު ކޮށީ އެޕާރޓްމަންޓްގެ އަގު ނުނިންމާ 2,550,000ރުފިޔާ..ލަގްޒަރީ ތަނަކާ ކޮބާ ތަފާތެއް.
މީވާ ރައްޔިތުން ދިޔަފެލާސަރުކާރެއް. މަގުމައްޗަށް ނުކުމެ އެހެންވެރިކަމެއް ގެންނަންވެއްޖެ، އެއްކަމެއްވެސް ކުރާކަށް ނޭނގުނުތާ! ތިބުނާ ކޮތަރުކޮށީގައި އުޅޭނީ ނިކަމެތިން.
މި ސަރުކަރު ގެންނަން މަދު ލާރިކޮޅަކަސް ވޯޓް އެޅި މީހުންނަށް ސަލާމް، ތި ފްލެޓް ތަކުގަ ގިނައީވެސް އެކުލައިގެ މީހުން
މިހާރު މިވީގޮތުން އަޅުގަނޑަށް ފެނޭ ހިޔާ ފްލެޓް މަޝްރޫޢާ ގުޅޭ ހުރިހާ މަޢުލުމާތެއް ސަރުކަރުން އާންމު ކުރަން، އަދި އެ ނަޢުލޫމަތު ޢާންމު ނުކުރިޔަސް މި އަގަކީ، ސޯޝަލް ހައުސިންގ އަށް އެކަށީގެންނުވާ ބޮޑު އަގެއް. ސަރުކަރު ދެވަނަ ވިސްނުމަކަށް ދާބްޖެހޭ އެބަ
ހެޔޮނުވާނެ ނިކަމެތި ރައްޔިތުން ތަކަކަށް ތިހެން ހަދަން، ފްލެޓެއް ތިޖެހެނީ 2،250،000 ދެމިލިއަން ދުއިސައްތަ ފަންސާސް ހާހަށް އަދި އެތަނުގައި އުޅޭހާތާދުވަހު މަހަކު 1000 ރުފިޔާ، ތިހެން ނަހަދާ، އޯގާތެރިވޭ، ކުރީ ސަރުކާރުން ނިންމާފައި އޮތްގޮތަށް ހައްދަވައިދެއްވާ. އާދޭސް މިކުރީ،
އަސްލުވެސް އެއްޗެއް ނުކިޔަން ހުންނަ މީހަކަސްވެސް ދެން މިހާރު އެއްޗެއް ނުބުނެ ހުރެވޭވަރެއް ނޫން.އާއްމު ނިކަމެތިންގެ ދިރިއުޅުމާވިއްޔާ އެކުޅެވެނީ. ވަކިބަޔަކު ވޯޓުދޭނެކަމަށް އަނެއްބަޔަކަށް ނިކަމެތިހާލު ޖައްްސާ އިހާނެތި ކުރެވިގެނވެސް ނުވާނެ. އޭގެ ނަތީޖާ ފެންނާނެ. މަސައްކަތް ނުނިންމާ ރައްޔިތުމީހާ އަށް ކުއްްޔަށް ދެވިގެން ނުވާނެ.އެއީ ބޮޑުވަރު. 8500 ރުފިޔާ ނުދެއްކޭނެ ނިކަމެތިން ތި ފލެޓްތައް ލިބިފަ ތިބޭނެ.!ކޮންމެ ބަޔަކު ހޮވެނޭ ރައްޔިތުންގެ އަޣ ުލަބިއްޔަތު ވޯޓު ލިބިގެން! ވެރިކަން ލިބުނީމަ 5 އަހަރު ނިމެންދެންް ތިމާމެން އަރާމުގަ ނާޗަރަންގީ ކުޅެން ތިބެލާފަ މިގޮވަނީ އަނެއް 5 އަހަރަށް ހޮވާދޭށޭ ރައްޔިތުންގެ ހައްތައް ހިފަހައްޓައިގެން ތިބެފަ.އަޅެ ތަންކޮޅެއްް ބޮޑުވަރެއް ނޫންތަމީ؟ ޙަނދާނވެސް ފިލާގޮއްސަވާކަހަލަ.ބަލަ ހާލުގަ ތެޅޭ ރައްޔިތުންނެއް ހަނދާނެއް ނުނެތެއޭ...
ތަނަށް ނުވަދެވި ދިގުދެމިގެން ދިޔުމުން ވެސް މި ވަނީ ރައްޔިތުންނަށް ގެއްލުން ކަން ނޭނގެއެވެ. އަދި ވަދެވޭ ދުވަސް ވެސް ނޭނގެއެވެ.. މިފަދަ ދަނޑިވަޅެއް ކުރިމަތި ވެފައިވާ ދުވަސްވަރު... މެއިންޓެނެސް ފީ+ ކަރަންޓް ބިލް، ފެން ބިލް، އިންޓަނެޓު ލީމަ ކޮން ލުޔެއް ރައްޔިތުންނަށް ލިބޭނީ ؟
ރަޔިތުން ފެލާ ސަރުކާރު! މިއީމިހާރު ލަގުޒަރީ ތަނަކަށް ވެއްޖެ ...
ތިތަނައް ބަޔަކު ނުދާވަރަށް އަގުހަދަނީ.. ކީއްވެ މާލޭ ގެދޮރު ތައް ދޫކޮށްފަ ހިގައި ދާނެތީވެ. މަކަރުކަން ހުރިވަރު... ހިންގަން ނޭއްގޭ ސަރުކާރު... ކުރީސަރުކާރު އަގު ރަގަޅު އެކަމަކު ކޮންމެ މަހަކު ނަގާ 1000ރ މާބޮޑު މުސާރާގެ ޜޭޓް އުޅުނީ 4000- 7000 އެވްރެޖް ޙަދަނީވެސް ރައްޔިތުން ލާރިން ދޭންވަނީ އަގުބޮދުކޮށް. ޅިބޭލާރި ސިޔާސީ މީހުންގެ ބޮޑު މުސާރައަށް.. އެވަރުންވެސް އަތްޖަހަމުން ދުވަނީ ވިސްނާފަ މިކަން ދޫކޮށްލާ ފައިދާބޮޑީ އޭރުން.
ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން އަސްލަމްއާއި މިނިސްޓްރީއިްން މިހާތަނަށް ދެކެވިފައިހުރީ ޢާންމުންގެ ގިނަބަޔަކު ހިތްހަމަޖެހޭ ވާހަކަތަކެއްނޫން. މިހެންމިކަން އޮއްވައި މި ދަތި ދުވަސްވަރު ފްލެޓްތަކުގެ އަގަކީ -/8500ރ. ކަމަށް ބުނުމުން ދޭހަވެގެންދަނީ ނާޤާބިލް ސަރުކާރަކުން ރައްޔިތުންނަށް ދުއްތުރާކުރުން ނޫން ކޮންކަމެއްތޯ؟ ރައްޔިތުންގެ އަތްފައި ބަނދެވިފައި ވަނިކޮށް ސަރުކާރުން މިފަދަ އިހާނެތިކަމެއް އެ ރައްޔިތުންނަށް ދިނުމުން ހާމަވެގެންދަނީ އެމް ޑީ ޕީގެ ސަރުކާރަކީ ފެއިލްވެފައިވާ ސަރުކާރެއްކަން.
ހިޔާފްލެޓަށްއެދިފައިވާ ވަރަށް ގިނަ ފަރާތްތަކަކީ ދިރިއުޅުމުގެ ޙާލަތު ހަމަ ޒީރޯ ގައި ތިބި ބައެއް. އެހެންކަމުން އެ ނިކަމެތިން އިތުރަށް ނިކަމެތިކޮށްލުމަކީ ބަލައިގަނެވޭނެކަމެއް ނޫން. އިބްރާހިމް މުޙައްމަދު ޞޯލިޙު މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން އަޅުގަނޑު ގޮވައިލަން.