22:04

އިތުރު 1299 މީހުން ކޮވިޑަށް ފައްސިވެއްޖެ.

21:41

ކޮވިޑް ޖެހިގެން ގއ.ވިލިނގިލީގައި ފަރުވާ ދެމުން ގެންދިޔަ މީހަކު ނިޔާވެއްޖެ.

20:18

އައްޑޫ ސިޓީން އިތުރު 16 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ/

18:34

އދ. ދިގުރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:34

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ކުރި ހަރަދުތައް 3.4 ބިިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވިދާޅުވެއްޖެ.

16:17

މާލޭގެ ގެއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޯހިޔާވަހިކަން ގެއްލުނު 32 މީހުންގެ ތެރެއިން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) ވިދާޅުވެއްޖެ.

16:02

ގެލޮކްސޯސްމިތްކްލައިން (ގީއެސްކޭ)އާއި ވިރް ކުންފުނިން އުފެއްދި މޮނޮކްލޮނަލް އެންޓިބޮޑީ ހައި ރިސްކް މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ހުއްދަ ދީފި.

15:08

މިއަހަރުގެ މިހާތަނަށް ރާއްޖެއިން 5000 އަށްވުރެ ގިނަ 10 އަހަރުން ދަށުގެ ކުދިން ކޮވިޑަށް ފައްސިވި

13:27

އިންޑިއާއިން އެންމެ ފުރަތަމަ ދެނެގަނެވުނު ކޮވިޑް ވޭރިއެންޓް 53 ގައުމަކުން ފެނިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފި.

11:33

ރާއްޖެ އިން ކޮވިޑް ބަލީގައި އިތުރު މީހަކު މިއަދު ނިޔާވެއްޖެ.

05:54

ކޮވިޑް ޖެހިގެން މީހަކު ނިޔާވެއްޖެ.



ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު މަދުނުވި ނަމަވެސް ފާއިތުވި ދެެދުވަހު މާލެ އިން ފައްސިވާ މީހުންގެ އަދަދު އެއްހާހުން ދަށުގައި ހިފެހެއްޓިފައި ހުރުމަކީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެކެވެ. ނަމަވެސް އަދަދުތައް ދަށް ވާން ފެށީ ކަމަށް ނިންމަން އަދި މާއަވަހެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 890 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 334 މީހުން، ރިސޯޓްތަކުން 48 މީހުން، ސަފާރީތަކުން ދިހަ މީހުން އަދި ހަދަމުންދާ ރިސޯޓްތަކުން 17 މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 5186 މީހުންނެވެ. އެހެންކަމުން ކޮށްފައިވާ ޓެސްޓްތަކުގެ އަދަދަށް ބަލާއިރު މިއަދު ފައްސިވި ނިސްބަތް ހުރީ %25.05 ގައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ ގޮތުގައި 24867 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 285 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދުން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަންނަނީ ތަންފީޒު ކުރަމުންނެވެ. މިއަދުން ފެށިގެން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް 16 ގަޑިއިރު ކާފިއު ހިންގާނެ އެވެ. ކާފިއު ނޫން ވަގުތުވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޭ ހުއްދަ ނަގައިގެންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު