މާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި ނިޔާވި ޒުވާނާ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ނިޔާވާ މީހުން ވެސް މިހާރު އާއްމު އުސޫލުން ކޮވިޑަށް ޓެސްޓް ކުރެއެވެ. އެގޮތުން އެކްސިޑެންޓްގައި ނިޔާވި ޒުވާނާ ކޮވިޑަށް ޓެސްޓް ކުރިއިރު އޭނާ ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އެޒުވާނާ ނިޔާވީ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާވެފައި ވަނީ ސައިކަލްގެ ފަހަތުގައި އިން 22 އަހަރުގެ ޒުވާނެކެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ސައިކަލް ދުއްވި މީހާ އެސަރަހައްދުގައި މަޑުނުކޮށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ފާތުމާ

    މީ އަޅެ އަޖާބެ ކަހަލަ ކަމެއް ، ކޮންމެ ގޮތަކަށް މަރުވިޔަސް ޓެސްޓް ކިޓުން މި ދައްކަނީ ޕޮޒިޓިވް ކަމަށް ވިއްޔާ ދޯ ޓެސްޓް ކިޓުތަކަށް ތިކުރާ ހިތްވަރަށް ހަމަ ސާބަސް އަދި މަހުޖަނުންގެ ޖީބުތައް ފުރާލަން ތިކުރާ މަސައްކަތަށް ސުކުރިއްޔާ! އަދި ދުވަސް އޮތީ ތިޔަ މަކަރާ ހީލަތް ހެދި މީހުންނަށް ކަރުނަ އަޅާ ރޯނެ ދުވަހެއް އަދި އެބަ އޮތް ވިސްނާލުން މުޙިއްމު

    74
    20
    • އަހުމަދު

      ބަލަގަ މީ ކޮވިޑްމަރެއްގޮތުގައެއްނޫނޭ އިންނާނީ، ކަލޭ ހަމަޖެހިބަލަ، ކިހިނެއްވެގެންތަ ތިއުޅެނީ މާ އިނގޭ މީހަކަށް ވެގެން، ގޭގައި މަޑުން އޮވެބަލަ، ހެނދުނު އިރުއަރާއިރަށް ޖެހޭހާއެއްޗަކަށް ކޮމެންޓް ނުކޮށް..

      43
      29
      • ޙަސަނު

        ޢަޙްމަދު މަށައް ބުނެވެން ދެންއޮތީ އެކިޔާ ފާތިމާ އައް ވީއެންމެ އަވަހަކައް ކޮވިޑް ޖެހުން ، އޭރުން އިހްސާސް ކުރެވި އަދި ކޮވިޑަކީ އުޅޭ އެއްޗެއްކަން ގަބޫލުކުރެވޭނެ.

        މަށައް އިނގިގެން ފާތުމާ އެއުޅޭ ވައްތަރައް އުޅޭމީހުން މައިތިރިވަނީ ކޮވިޑް ޖެހި އޭގެ ވޭން ތަހަންމަލް ކުރެވުނީމަ..... ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު

        3
        1
  2. ކުނބު

    ތިޔަ ކޮވިޑް ނާންނައިރުވެސް މަރުވާ ކޮންމެ މީހެއްގައިގަ ހުންނާނެ ކޮންމެވެސް އާންމުބައްޔެއް މިސާލަކަށް ރޯގާއެއް ހުމެއް

    28
    2
  3. Anonymous

    ދިވެހިބަހުން ލިޔާއިރު ރަގަޅު ގޮތަކީ ސުރުހީ “އެކްސިޑެންޓްގައި މަރުވި ޒުވާނާ ކޮވިޑަށް ފައްސި” މިހެން ލިޔުން. ސަބަބަކީ އޭނާ ކޮވިޑަށް ފައްސިވިކަން އެގުނޫ މަރުވިފަހުން ނަމަވެސް މަރުވުމުގެ ކުރިން ކޮވިޑަށްވާނީ ފައސި ވެފައި.. ނޫސްވެރިން ބަހގެ ހަމަތަކަށް އަހުލުވެރިވުން މުހިންމު

    15
    4
  4. މުޙައްމަދު

    މީ ހަމަ އަޖައިބެއް ކަހަލަ ގައުމެއް

    11
    3
  5. އޭނާ

    މުއްލާ ހޫން ތިބޭފުޅާ ތި އިންނަނީ ހެދުނު ހޭލާގޮތައް ނިދަން ވަންދެން ޒިކުރު މަތީ، ތިމާ މީހާ ކުރާ ފާފަތައް މާތް ﷲ އަށް ސިއްރުވެގެން ވަނީތަ، ތިމާގެ އާއިލާ މީހެއްގެ މަރާއެކު މީހަކު ތިހެން ބުނެފިނަމަ ކިހިނެއްވާނީ، ނޫނީ ތިމާގެ މަރާއެކު މީހުން ތިހެން ބުނަންފަށާފިނަމަ ކިހިނެއްވާނީ، ތިމާއަށް ހެޔޮކަމެއް ކުރެވޭނަމަ އެއީ މާތް ﷲ ގެ ރަޙުމަތް، އަދި އެހެން މީހުނާމެދު އެހެންވީމާ ހިސާބު ޖަހާވަރެއް ނުވޭނު، މަގުމަތީ އުޅޭ ޕާރޓޭންނޭ ބުނާއިރު އެކުދިންނަށް ހެޔޮ ވިސްނުމެއް ލިބޭތޯ ތިމާއަށް ކީއްކުރެވުނީ، ސުވާލު ނާންނާނެ ކަމައްތަ ހީކުރާނީ އެކުދިންނާއި މެދު ތިބޭފުޅާއަށް؟

    15
    7
  6. ދޮންކާނަ

    ކޮވިޑްޕޮސިޓިވް ނަތީޖާ ގަ މަރުވާ މީހުން ނަށް ސަރުކާރަށް ބޮޑު އަދަދެއްގެ ފައިސާ ލިބެނީތަ އަނެއްކާ މިކަމަށް މިހާރު ޝައްކު އުފެދޭ އެބަ؟؟

    15
    1
    • އޭ ފޯ އަހައްމާ

      ޢެއީ ކޮވިޑް މަރެއްނޫނޭ ފުތާ

  7. ޙަސަނު

    ބުރަދާ މަރުވާ ކޮންމެމީހަކައް ލާރިިބެނީކީނޫން ، ވާގޮތަކީ ، ކޮވިޑު އަދަދު ގިނަވިވަރަކައް ބޭރުގައުމުތަކުން ބިލިއަނުން އެހީ ލެބެމުން މިހާރުވެސް އެބަދޭ ، އެފައިސާއައް ވާނުވާ ނޭންގެނީ.

    3
    2
  8. ނަސި

    ޢިންޑިޔާމީހުން ގެނެސްގެން މިގައުމްރަގަޅު ކުރަންވީ

  9. މާކުންބެ

    ކީކޭ ބުނާނީ ، ހަމަ މީހަކު ނިޔާވީމަ ކޮވިޑް، ނޫނޭ މިއޮތީވާގައުމެއް އެމް ޑީ ޕީ ވެރިކަން ކުރަން ، ޕިސް ޕިސް ،މިހާރު ހަމަ ޔަގީން ވެއްޖެ ކުޅޭ ގޭމެއް ކަން މީ ، އެންމެން ނިކުން ނަންވީ ގޭގަ ތިބޭނެ ކަމެއް ނެތް ، ކުރިން އުޅުން ހެން އުޅެން ވީ

    1
    1
  10. ޢަލީ

    ޜަނގަޅު

    1
    1
  11. ޕާޕަ ޕާޕާ

    ބަލާލީމަވެސް އިނގޭ ޒުވާނެއްކަން

  12. ޒިމްޒިމް

    ތީ ރަޙުމެއް ކުލުނެއްނެތް އިންސާނެއް.. ހަޤީޤަތް ނޭނގިތިބެ އެތަކެއް ބަދުނާމްއެއް އަޅުވަމުން ތިދަނީ.. މާދަމާ ކަލޭގެ އާއިލާގެ މީހަކު ނިޔާވުމުންވެސް އުފަލުން ތިގޮތަށް މެސެޖްލިޔާނެބާ.. ﷲ ސވއ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވާށި.. އާމީން