މާލޭގެ ގެއެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވީ މއ.މޯނިންވިއުގެ ތިން ވަނަ ފަންގިފިލާގައި ކަމަށެވެ. އެ ފްލޯގައި ރޯވި އަލިފާނުގެ އަސަރުގެ ގެއަށް ބޮޑެތި ގެއްލުންތައްވެ، ދެ ފްލޯ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މއ.މޯނިންވިއު ގައި ހިނގިއަލިފާނުގެ ހާދިސާ؛- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

އަލިފާން ރޯވި ކަމުގެ ރިޕޯޓް ކޮށްފައި ވަނީ ފަތިހު 05:00 ހާއިރުއެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އަލިފާން ރޯވި އިރު އަލިފާން ރޯވި ފްލޯގައި ވެސް ތިން މީހުން ތިއްބެވެ. އެމީހުން އިމާރާތުން ނިކުންނަން އުޅުމުގެ ތެރޭގައި ތިން މީހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މއ.މޯނިންވިއު ގައި ހިނގިއަލިފާނުގެ ހާދިސާ؛- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

ސިފައިން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ހެނދުނު 06:00 ހާއިރުއެވެ.

އަލިފާން ރޯވި ގެ ހުރި ސަރަހައްދަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި މާލޭ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވަޑައިގެން ހާލަތު އޮޅުން ފިލުއްވެވިއެވެ.

މިނިސްޓަރު ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރު ގެއްލުނު މީހުންނަށް މިހާރު ވެސް ވަގުތީ ހިޔާގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

އަދި ހާލަތު ބެއްލެވުމަށް ފަހު އިތުރު އެހީތެރިކަން ވެސް ފޯރުކޮށްދެއްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަލީދު.

    ދުވަހަކުވެސް މިކަމުން ދަލާމަތެއްނެތް ވީމާ ދެންއޮތްގޮތަކީ އެއާޕޯޓު ހުރިހާ މުވައްޒަފުންނައް ހުޅުލޭގަ އެކަމަޑޭށަން ގާއިމުކުރުން ޕައިލެޓުން ކުރޫން ފުލުހުންނާ ސިފައިންނައްވެސް ހުރިހާ މީހުންދިރިއުޅޭ ރައްތަކައް ގެސްޓުން ގެންދިޔުން މަނާކުރުން މާލެޔައް އަންނަ ރިސޯޓު މުވައްޒަފުންވެސް ކަރަންޓީނުވާން ތަނެއް ހަމަޖެއްސުން ދާއިމައް މިއާއެކު މިޖެހެނީ އުޅެން ވީމާ އެއާޕޯޓުކޮޅު މުވައްޒަފުން ދެންޖެހޭނީ ރިސޯޓު މުވައްޒަފުން އުޅޭހެން ބަންދުދުވަސް އެއްކޮއްލާފަ ކަރަންޓީނު ނިންމާފަ މާލެ އަންނަން ނުވަތަ ހުޅުމާލެ ނުވަތަ ވިލިނގިލި ނުވަތަ ރަށައްދާން ބޭރުން އަންދިވެހިންވެސް ދާންޖެހޭނީ ކަރަންޓީނައް ވަޒީރުންނާ ރައިސްވެސް އޭރުން މާލެޔާ ދެންހުރި ހުރިހާ ރަށެއް މިކަމުން ސަލާމަތް ކުރެވޭނީ ހާއްސަ ހުއްދަ އެކަކައްވެސް ދީގެންނުވާނެ ފުލުހެއް ސިފައިންގެ މީހެއްނޯންނާނެ

    5
    9
  2. ނުންނު

    ނިދާފަތަ؟

    11
  3. ކޮތަރު

    ވަލީދޫ. ސައިނުބޮއިދޯ އަދި ތިޔައުޅެނީ. ގޮހޮރަށް އެއްޗެއް ވައްޓާލައިގެން އާދެބަލަ ކޮމެންޓް ލިޔަން. މިއުޅެނީ ގެއެއް އަނދާ ހުލިވެގެންނޭ.

    15
  4. ޙަސަނު

    ވަލީދު - ތިޔަ އުޅެނީ އެހެން ހަބަރެއްގެ ސުރުހީ އާއި ތަފްސީލް ކިޔައިގެން ، މިހަބަރުގައި ތިޔަ ލިޔަނީ އެކަމުގެ ވާހަކަ ، ބުރަދާ ކޮވިޑައް ޓެސްޓް ކޮއްލަން މަށައް ފެންނަނީ ވީހާވެސް އަވަހަކައް ،
    ތިޔަހެން ހެދީމަ ހަަމައިގަ ތިބޭމީހުންވެސް ރޮނގުން ކައްސާލަނީ 😆😆😆😆😆😆😆