ދެހާސްތޭވީސްވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭން މާލެ ސިޓީގެ މޭޔަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ފެށްޓެވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް މުއިއްޒު ދޮގު ކުރައްވައިފިއެވެ.

"ޑރ. މުއިއްޒު 2023 ގެ ރިޔާސީ ކެމްޕޭން ފަށައިފި" މި ސުރުޚީގައި ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވީޓާގައި ޚިއްސާ ކުރައްވަމުން މުއިއްޒު ލިޔުއްވާފައިވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އަޅުގަނޑާ ބެހޭ ގޮތުން މި ކަހަލަ ކިތަންމެ ދޮގު ވާހަކައެއް ދެއްކި ނަމަވެސް، މާލޭގެ ލޮބުވެތި ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަދާ ކުރުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަކަށް ނުޖެހޭނެ ކަމުގެ ޔަގީންކަން މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް ދެން،" މުއިއްޒު ލިޔުއްވާފައިވެއެވެ.

ހަތް އަހަރުގެ މުއްދަތެއް ވަން ދެން ދެ ސަރުކާރެއްގައި ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވި މުއިއްޒަކީ މާލެ ސިޓީގެ ފުރަތަމަ އިންތިޚާބީ މޭޔަރެވެ. މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރު އިންތިޚާބުކުރީ މާލޭ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ.

މީސް މީޑިއާގައި ބައެއް އެކައުންޓްތަކުން ދަނީ "މުއިއްޒު 2023" ލިޔެފައިވާ އޭނާގެ ފޮޓޯއެއް ހިމެނޭ ޕޯސްޓަރުތަކެއް ވެސް ދައުރު ކުރަމުންނެވެ.

 

މުއިއްޒު ރިޔާސީ ކެމްޕޭން ފެށި ކަމަށް ބުނެ ފަތުރަމުންދާ ވާހަކައާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އެއީ އިދިކޮޅު ކޯލިޝަން ބައިބައި ކުރުމަށް ބަޔަކު ފަތުރާ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

"ދަންނަވާލަން އޮތީ ތިޔަ ކުރަނީ ބޭކާރު މަސައްކަތެކޭ، ތިޔަ މަގްސަދު ހާސިލެއް ނުވާނެ، [އިދިކޮޅު ކޯލިޝަންގެ] ރިޔާސީ ކެންޑިޑޭޓަކީ ރައީސް [އަބްދުﷲ] ޔާމީން، މިތިބީ ވަރަށް ބަދަހިކަމާއެކު ރައީސް ޔާމީނާއެކު،" އަދުރޭ ލިޔުއްވާފައިވެއެވެ.

ފުރަތަމަ ފަހަރަށް މާލެ ސިޓީގެ އަޣުލަބިއްޔަތު ޕީޕީއެމަށް ހޯދުމުގައި މުއިއްޒު އިސް ދައުރެއް އަދާ ކުރެއްވިއިރު، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ފަސް އަހަރުގެ ޖަލު ހުކުމެއްގައެވެ. އެމަނިކުފާނު މި ވަގުތު ހުންނެވީ ގޭބަންދުގައެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައި އޮތް ނަމަވެސް، އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ހިމެނޭ ޖޮއިންޓް ކައުންސިލުން ނިންމާފައި ވަނީ 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމުގައެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރެވޭ ތުހުމަތެއްގައެވެ. މި ޚިޔާނާތުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ މައްސަލަ ވެސް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އާމިނަތު

  ޕީޕީއެމް ޕީއެންސީ ގެ ސަފުތަކުގެ ބަދަހިކަންފެނި އެ ޕާޓީ ފަނިކުރުމަށް އެމްޑީޕީ ރާވައިގެން ހިންގާ ޖަރީމާ އިންޝާއަﷲ ކާމިޔާބު ނުވާނެ~ ރައީސް ޔާމީން 2023 އިންޝާއަﷲ

  23
  2
 2. މުރާދު

  ކެންޕޭންފެށުންއެއީ މައްސަލައެއްނޫން އެއީ ކޮންމެބޭފުޅަކަށްވެސް ލިބިފައިވާ ހައްޤެއްމައްސަލަައަކީފާރުބުޑުންދަންޏާމުން ކެޔޮގަނޑުކަނޑާލާނޭހީވާފަރާތަކުން ހަގީގަތާޚިލާފް ހީއަކަށްވާހަކަދެއްކުން މިކަމުގެ ބޭނުމެއްކަމަށްބެލެވެނީ މުޢިއްޒުގެއަގުވައްޓާލުމަށް ފަތުރާވާހަކައެއްކަމަށް ނަމަވެސް ގޮތްނިންމާނީ ރަށްޔިތުން ވީމާ، ގޮތްގޮތަށް ވާހަކަނުފަތުރާ މުޢިއްޒާ ވާދަކުރަންވީއޭރުން ރަށްޔިތުންނަށްކަމުދާ، ގާބިލްފަރާތެއްހޮވާނެ މިފަހުން މުޢިއްޒްހޯއްދެވިކާމިޔާބަށް ހަސަދަވެރިވަނީތޯ އެއީވެސްރަށްޔިތުންގެ ނިންމެވުމެއް ހަގީގަތާ ޚިލާފްވާހަކަތަށްފެތުރިއަސް މުޢިއްޒުސާބިތުވެހުންނަވާ ގޮތްނިންމަވަނީ ރަށްޔިތުން ރަށްޔިތުންނަކީ ދޯހަޅިބައެއްނޫންކަން ސާބިތުކޮށްދެއްވައިފި މުއިއްޒުމިފަހުންވެސްހޯއްދެވި ކާމިޔާބީން ދެންވެސްވުމަށްއެދެނީ މުޢިއްޒަށް ﷲގެ ވާގިފުޅާއެކު ކަމިޔަބު

  18
 3. އަލްޖިބްރާ

  ދުނިޔެމަތީގައި ބާރު، އިއްޒަތް ، ނުފޫޒު ، ލައްޒަތު ، މިފަދަ ކަންތަކަށް ފެންބޮވައިގެންފައިވާ ބައެއް މީހުހްނަކީ ތިކަހަލަ ކަންތަކަށް ކުރިމަތިލާފާނެ ބައެއް !

  8
  3
 4. އަހައް މަދު

  ޔާމިނު ބާކީކޮށްފައި މުއީޒާއި އަދުރޭ އުޅެނީ ކޯލީޝަން ހަދާއިގެން ކެމްޕައިން ކުރަމުން!

  1
  8
 5. ރަނގަޅު ކެންޑިޑެޓެއް

  ޑރ. މުޢިއްޒު އަކީ 2023 އަށް ރަނގަޅު ކެންޑިޑެޓެއް. ޕޕމ އިންވެސް ސަޕޯރޓް ކުރަންވީ. ޑރ. މުޢިއްޒަށް ވ. ގިނަ ވޯޓް ލިބޭނެ ކަމަށް އުންމީދު ކުރެވޭ

 6. ޒަމީރު

  ޑރ. މިހާހިސާބަށް ސިޔާސީ މަސައްކަތުގައި ދެމިހުންނެވީ ރައީސް ޔާމިން ފަހަށްޕުޅުގައި ވިދާޅުވިގޮތަށް؛ މާލެއަށް ގެނެވުނު ކުއްލި ތަރައްޤީގެ ބާނީއަކީ ރ ޔާމިން؛ އަދި ވިދާޅުވާ ޕްލޭންތަކާއި އެއްގޮތަށް މަސައްކަތް ރާވާ ހިންގީ ޑރ.މުއިއްޒު އަދި ސިޔާސީ ޓީމާއި މުރާލި ސިވިލް މުވައްޒަފުން . ޑރ.މުއިއްޒު ރ ޔާމިން ވިދާޅުވާގޮތަކަށް މުއިއްޒު ސިޔާސީ ކެރިއަރ ކުރިއަށްގެންދާނީ.

 7. ޢާދަނުބެ

  ޙދ އަތޮޅުގެ މެންބަރު ރާއީ އެހެން ދެވަނަ ދެކަމެތް ނުކުރޭ އެމްޑީޕީއައް ކެންޕެއިން ކުރުން އެގޮތުން ރަށުން ބެރުގަ ތިބި ގިނަ އަދަދެއްގެ ޒުވަނުންނަށް ގަވައިދާ ހިލާފަށް ފެނަކައިންނާ އެހެން ތަންތަނުން ވަޒީފަތަށްދީ އެމިހުންލައްވާ ކުޅިވަރުތަށް ކުޅުވާ ޕީޕީއެމް ކިރިޔާވެސް ފިކުރެތް ހުރި މީހަކުވިއްޔާ ވަޒީފާއިން ވަކިކޮށް ރާއީ އާއިލާ އެންމެންނަށް ވަޒީފާތައްދީ ޖަރީމާ ފަށެއް އެބަ ހިނގާލާ މުޅި ކުނުންދޫ އޮތީ ރީނދޫކޮށްލަފަ ޕީޕީއެމް ވރި ކަމެތްކަ ވަރަށްރަނގަޅަށް ކުމުންދޫއައް ލައްފިލުވާ ޖަހާލންއެބަޖެހޭ ރީނދޫކުލަ އެހެންނުނީ ދެން ނުފިލާވަރު ކޮށްފި ކުމުންދޫގެ ހުރިހާ މުއައްސަސާއެތް ރީނދޫކޮށްފި ރާއީ. ޢެބޭފުޅާ ރެޔާދުވަލު ކެންޕެއިންގަ އެއުޅުއްވަނީ

 8. ﷲއަށްބިރުވެތިވޭއަނިޔާވެރި ފިތުނަވެރިންނާދުރަށްދޭ

  ޑރމުއީޒްއަކީ ރައީސް ޔާމިންއަށް އަދިގައުމާ ރައްޔަތުންނައްވަރަށް އިހ ހުލާސްތެރި އަމާނާތްތެރި ބޭފުޅަކަށް ވީމައްޕީޕީއެމްގެ ލީޑާސިޕް ހަލުއިސްޕީޑް ތަޖުރިބާކާރު ގާބިލް ބޭފުޅަކަށްވީމަ ފިތުނައުފައްދަން ތިތެޅެނީ އެމްޑީޕީ ފިތުނަވެރިން ކަންކަން ކުރެވޭނީ ކަންކަންކުރުމުގެ ގާބިލް ހުނަރުވެރިންނައް ސާބަސް ޑރމުއީޒް