މާލޭ ދެކުނު ފަރާތުން އަލަށް ކަނޑާފައިވާ ނެރަށް އެސްޓީއޯގެ ކޮޅުވެއްޓިއެއް އަރައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި ކޮޅުވެއްޓި އަރާފައިވަނީ ސުނާމީ ބިނާއާވީ ފަޅިއަށް ހަދާފައި އޮންނަ ނެރަށެވެ. އަދި އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 22:15ގައި ކަމަށެވެ. އަދި އުޅަނދު ފުންކުރުމުގެ މަސައްކަތް 23:15 ގައި ނިންމާލެވިފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ޙާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވެފައިވަނީ ކޮޅުވެއްޓީގައި އެވަގުތު ހަތް ދިވެހިން ތިބިކަމަށާއި އެހެންނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށެވެ.

މީގެއިތުރުންވެސް، އެފަރާތުން ވިދާޅުވެފައިވަނީ ނެރަށް އެރި ކޮޅުވެއްޓީގައި 125 ޓަނުގެ މުދާ ހުރިކަމަށާއި އޭގެތެރޭގައި ސިމެންތިއާއި ހިލަވެލިވެސް ހިމެނޭކަމަށެވެ. އަދި، މިއީ ތިލަފުށިން މާލެއަށް ދަތުރުކުރި އުޅަނދެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު