އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި ގާއިމް ކުރަން ޖެހޭ މަގްބޫލް ސަބަބެއް އޮތް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން އިންޑިއާގެ ސަރުކާރުގެ ކެބިނެޓުން ވަނީ ފާސްކޮށްފަައެވެ. އެ ކަމުގައި ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ޑރ. އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެ ދައުލަތެއްގެ ތެރޭގައި ކޮންސިއުލާ ގުޅުން ގާއިމް ކުރަން ޖެހޭނީ ދެ ފަރާތުގެ ވެސް ރުހުން އޮވެގެން ކަމަށެވެ.
"ފޮރުވިފައިވާ އިންޑިއާގެ އެޖެންޑާ ވަރަށް ސާފު ކަމަށް އާންމު ރައްޔިތުން ދެކެނީ، އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރަން ޖެހޭ މަގްބޫލް ސަބަބެއް އޮތް ކަމަކަށް ނުފެނޭ،" އައްޑުއަށް އުފަން ޑރ. އަހުމަދު އަބްދުﷲ ދީދީ ލިޔުއްވާފައިވެއެވެ.
ފޮރުވިފައިވާ އިންޑިއާގެ އެޖެންޑާ ވަރަށް ސާފުކަމަށް ޢާންމު ރައްޔިތުން ދެކެނީ ؛ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި ޤާއިމުކުރަންޖެހޭ މަޤްބޫލު ސަބަބެއް އޮތްކަމަކަށް ނުފެނޭ https://t.co/E8Qp0Y5XPT
— Dr. Ahmed Abdulla Didi (@AABDULLADIDI) May 26, 2021
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމާ ދެކޮޅަށް "ސޭވް އައްޑޫ، އިންޑިއާ އައުޓް" ގެ ޝިޔާރާއެކު މީސް މީޑިއާ ކެމްޕޭނެއް ވެސް ވަނީ ފަށައިފައެވެ.
"ސޭވް އައްޑޫ" މި ހޭޝްޓެގްގައި މީސް މީޑިއާގައި ޕޯސްޓް ކުރަމުން ދަނީ، މީގެ ކުރިން ވެސް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ވެފައިވާ ބައެއް އެއްބަސްވުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް "އިންޑިއާ އައުޓް" ގެ ކެމްޕޭނެއް ކުރަން ފެށި ޒުވާނުންނެވެ.
"އިންޑިއާ އައުޓް" ގެ ކެމްޕޭނުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ބައިވެރިވިއިރު، "ސޭވް އައްޑޫ" ގެ ހޭޝްޓެގާއެކު އެ ކޯލިޝަންގެ އިސް ބޭފުޅުންތަކެއް ވެސް ގެންދަވަނީ ޓްވިޓާގައި ޚިޔާލު ފާޅު ކުރައްވަމުންނެވެ.
މި ކަމާ ގުޅިގެން ދިވެހި ސަރުކާރުގެ އިސް ބޭފުޅުން އަދި މާ ބޮޑު އެއްޗެއް ވިދާޅެއް ނުވެއެވެ. އައްޑޫ ސިޓީ ކައުންސިލުން ވެސް އަދި ވަކި އެއްޗެއް މި ކަމާ ގުޅޭ ގޮތުން ވިދާޅެއް ނުވެއެވެ.
އެކަމަކު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މި ކަމުގެ ސަބަބުން އައްޑޫގެ ވިޔަފާރިތައް ވަރުގަދަ ވާނެ ކަމަށް ވިދާޅުވެ އެ ކަމުގެ ދިފާއުގައި ޓްވީޓެއް ކުރައްވައިފައެވެ. އައްޑޫގެ ދާއިރާއެއް ތަމްސީލް ކުރައްވާ އެހެން މަޖިލިސް މެންބަރަކު މި މައުޟޫއުގައި އަދި ވާހަކައެއް ނުދައްކަވައެވެ.
ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ގާތް ގުޅުމެއް ބާއްވަވަނީ އިންޑިއާއާ އެކުގައެވެ.
މީރު ބުއިންތައް ގިނަ ބަޔަކަށް ލިބޭނެ އެވެ.
ދަންނަ ކަލޭގެފާނު ނުބެހޭ ކަމެއްނޯވެޔޭދޯ ދެން މީނަ މިކަލޭގެ ފަންޑިޔާރަކަށް ހުރިއިރު ކިހާތަންތަނަށް އްތްބާނާނެ އަސްލު ސިފަ މިހިރަގެން ފެންނަނީ އަލްއަޒުހަރުން ޕީއެޗްޑީ ހަދާގެން ހުރި ގުރްއާން ހިތުދަސް ދަންނަބޭކަލެކޯވެސްކިޔާއުޅުނު މަށަށް މިމީހުންނަށް ހައްގުނަމަކީ މުނާފިގު ކަލޭގެ
ޖޭ ވިޔަސް ބޮޑު ވަރު! އައްޑު އަށް ލިބޭނީ މަންފާ ކަން އިގޭތީ ނުންބާ
އިންޑިޔާ އާއި ގުޅުން ބަދަހި ކުރުން މައްސަލައެއް ނޫން.. ކޮންސިއުލޭޓޭ ދުރަނަ އޭ ކިޔާފައި މިރާއްޖެއަށް އެއްވެސް ކާފަރު ގަވްމަކަށް އަތްގަދަ ކުރުމަށް ފުރުސަތު ދެވިގެން ނުވާނެ
އައްޑޫ އެއްކޮއް އިންޑިއާއައް ދޭނެ އަދި
#އިންޑިއާ އައުޓް
އައްޑޫގައިހުރި އިންޑިޔާގެ މިލިޓަރީ ބޭސްްގެ ކަންކަން ފަސޭހަވާނެނޫންތޯ؟ ދެނ 3 އަހަރެއްހާ ދުވަސްފަހުން އައްޑު އެއީ ސުވަދީޕް އަށް ހަދާ، ލަކްޝަދީޕު އަށް ހެދިހެން ހަދާފަ ވެޖިޓޭރިއަނުންނަށް ގާނޫނުން ބަދަލުކޮށް. ރައްޔިތުންގެ ގެދޮރު ފޭރި އިންޑިޔާ މީހުން އެތާ އާބާދުކުރީމަ އައްޑޫ ރައްޔިތުން އެދޭ ތަރައްގީ ހުންނާނީ ލިބިފަ. ވައްސަލާމް
ކަލޭ ހުކުންތައް ކުރި އިރުވެސް ތިޔަ ގޮތަށް އިންސާފުން ކުރި ނަމަ.
މީނަ ސަރުކާރުން ކުރާ ހުރިހާ ކަމަކަށް ޓްވިޓަރ ގައި ފާޑު ކިޔައި. އެހެންވީމަ މިހާރު އެނގޭ އޭރު މީނަ ކުރީ ސިޔާސީ ހުކުމްކަން.
ފަނޑިޔާރުގެ ހުކުމް މިއައީ މުޅިންއިދިކޮޅަށް. ތިޔަހުކުމް ރިވިއުކުރަން ޖެހޭ.
ޖާސޫސްކޮށް ދިވެހިރާއްޖެއަށް އަތްގަދަކުރަން. އިންޑިއާ ބޭރުކުރޭ