ސަރުކާރުން މިއަދު އިއުލާން ކުރި "ނެޓް އަގުހެޔޮ" ސިޔާސަތުގެ ދަށުން މޯބައިލް ބްރޯޑްބޭންޑްގެ އަގު ހެޔޮ ވާނީ އޮކްޓޯބަރ މަހުގައި ކަން ހާމަކޮށްފިއެވެ.

އިންޓަނެޓުގެ އާ އަގުތައް އިއުލާން ކުރުމަށް އޮންލައިންކޮށް ރަސްމިއްޔާތެއް ބޭއްވި އިރު، އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ހަމަޖެހިފައި ވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭސްގައި ފިކްސްޑް ބްރޯޑްބޭންޑްގެ އަގު ހެޔޮ ކުރުމަށް ފަހު މޯބައިލް ބްރޯޑްބޭންޑްގެ އަގު ހެޔޮ ކުރުމަށް ހަމަޖެހިފައި ވަނީ ދެވަނަ ފޭސްގައެވެ. ދެވަނަ ފޭސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުއެވެ.

އަގުހެޔޮ ކުރުމުން މޯބައިލް ބްރޯޑްބޭންޑް ޕެކެޖްތަކުން މިހާރު ލިބޭ ޑޭޓާ އެލަވަންސް %20 - %100 އިތުރު ވެގެންދާނެ ކަމަށް މިއަދު ވަނީ އިއުލާން ކޮށްފައެވެ.

އުރީދޫ މޮބައިލް އިންޓަނެޓު

 • ޕްރީޕެއިޑް - 30– 100 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
 • ޕޯސްޓްޕެއިޑް – 20 -30 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
 • މޯބައިލް ބްރޯޑްބޭންޑް – 5 – 20 ޕަސަންޓުގެ އިތުރު ޑޭޓާ

ދިރާގު މޮބައިލް އިންޓަނެޓު

 • ޕްރީޕެއިޑް – 20 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
 • ޕޯސްޓްޕެއިޑް – 19 – 28 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
 • މޯބައިލް ބްރޯޑްބޭންޑް – 20 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް

ބްރޯޑްބޭންޑް އިންޓަނެޓާއި މޮބައިލް އިންޓަނެޓަށް މި ގެނައި ބަދަލުގެ ސަބަބުން އިންޓަނެޓުގެ ހިދުމަތްތައް ބޭނުން ކުރާ ގިނަ މީހުންނަށް 60-70 އިންސައްތަ ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެއެވެ. އަދި އިންޓަނެޓު ޕެކޭޖްތަކުގެ ތްރޮޓްލް ސްޕީޑް ދެ ގުނަ އަދި ފަސް ގުނަ މަތިވެއެވެ. މިހާރު ތްރޮޓްލް ދެ އެމްބީޕީއެސްގައި ހުރި ޕެކޭޖްތައް ފަސް އެމްބީޕީއެސް އަށް ބަދަލު ކުރެވޭނެއެވެ.

މިއާއެކު، ރާއްޖޭގެ މިނިމަމް ބްރޯޑްބޭންޑް ސްޕީޑަކީ ދެ އެމްބީޕީއެސް ކަމަށް ވަނީ ކަނޑައެޅިފައެވެ. އަދި 300ރ. އަށް ވުރެ މަތީގެ ޕެކޭޖްތަކަށް ތްރޮޓަލް ސްޕީޑް ފަސް އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރުމަށް ވަނީ ކަނޑައެޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކިއުން ތެރިއެއް

  ތިކަން ހަމަ ހީކުރި ގޮތަށް ތިވީ

  18
  2
 2. ކައުންސެލަރު 🙌

  ނެޓް ހެޔޮވީ އަމާ ބުނީތީ ފަރަށްދާ އުސޫލުން

  32
  2
  • ޗާންސެލަރު

   ދެން ހިލޭތަ ދޭން ވީ؟

   2
   3
 3. ......

  ޔާމީނު ބެޔަސް ނުބެޔަސް 10000 ދިނެހެން...ދޯ....
  މިހާރު ލިބޭ ޑާޓާވެސް މަސްނިމޭއިރު ހުސްނުވޭ...ދެން ކީއްކުރާ އިތުރު ޑާޓާ އެއްތަ....ޕެކޭޖްތަކުގެ އަގު ހެޔޮ ކޮށްބަލަ...އޭރަށްދީ ރައްޔިތު މީހާގެ އަތަށް ލުއި ވާނީ...ޑޭޓާ އިތުރު ކުރީމަ ހަމަ އެކަނި ލިޔުމުން އެ ފެންނަން އިންނާނީ...

  3
  2
 4. ޕަަކީ

  އަދިވެސް ކަލޭމެން މޑޕ މީހުން ދައްކާވާހަކަ ޤަބޫލު ކުރޭ.

 5. މުހައްމަދު

  ފޭސްތަކަކައް ބަހާލައިގެން އަގު ހެޔޮކޮށް ނިމޭނީ މީގެ 3 އަހަރު ފަހުން. އޭރުން އޮންނާނީ އަލުން އަގުތައް ރިިވިއު ކުރަން ޖެހިފަ. 3 އަހަރު ފަހުން ނޫނީ އެހެން ބަޔަކަށް ހުއްދަ ދެވޭކަށް ނެތް. މާސްޓަރ ޕްލޭން.. ވަރަށް މޮޅު. ޕަކާސް

 6. ާއަހުމަދު

  ދައްކަން ޖެހޭ ވަރު ކުޑަވެއްޖެއްޔާ ރަގަޅު
  އަގުހެޔޮ ކޮއްފަ އެބައިއެހެންގޮތަކުން ނުނަގައިފިއްޔާ ރަގަޅު

 7. 😂

  އިބޫ ކަލޭ އިސްތިއުފާ ދީފަ …އިންޑިޔާއަށް ދޭ 😏😏