ސަރުކާރުން ކަނޑައެޅި އިންޓަނެޓްގެ ހެޔޮ އަގު އިއުލާންކޮށްފިއެވެ.

އަގަށް ގެނައި ހެޔޮ ބަދަލަކީ އަންނަ ޖުލައި މަހުން ފެށިގެން ބްރޮޑްބޭންޑްގެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސް ކަމަށް ކަނޑައެޅުމެވެ. މިހާރު ޖުމްލަ ގޮތެއްގައި ތްރޮޓްލް ސްޕީޑަކީ 1-2 އެމްބީޕީއެސް ކަމަށް ވިޔަސް މިހާރު ވަނީ މި ސްޕީޑް ވަކި މިންވަރަކަށް ވުރެ ދަށްކުރުން މަނާކޮށްފައެވެ. އެގޮތުން 300ރ. އަށް ވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސް އަށް ވުރެ ދަށެއް ނުކުރެވޭނެއެވެ.

ފިކްސްޑް ބްރޯޑްބޭންޑްގެ އަގަށް ގެނައި ހެޔޮ ބަދަލުތައް:

  • 30 ޖީބީގެ ޑޭޓާ 250ރ. އަށް، 5 އެމްބީޕީއެސް ސްޕީޑްގައި (ތްރޮޓޮލް ސްޕީޑް: 2 އެމްބީޕީއެސް)
  • 100 ޖީބީގެ ޑޭޓާ 500ރ. އަށް، 15 އެމްބީޕީއެސް ސްޕީޑްގައި (ތްރޮޓޮލް ސްޕީޑް: 5 އެމްބީޕީއެސް)
  • 200 ޖީބީގެ ޑޭޓާ 700ރ. އަށް، 25 އެމްބީޕީއެސް ސްޕީޑްގައި (ތްރޮޓޮލް ސްޕީޑް: 5 އެމްބީޕީއެސް)

ސަރުކާރުން މިއަދު އިއުލާންކޮށްފައިވާ ގޮތުގައި ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު 28-30 އިންސައްތަ ހެޔޮ ވާނެއެވެ. އެކި ފޭސްތަކަށް ބަހާލައިގެން އަގުތައް ދަށްކޮށް ހިދުމަތަށް ބަދަލު ގެންނެސް ނިމޭއިރު 60-70 އިންސައްތަ އަގުހެޔޮ ވާނެއެވެ.

ފިކްސްޑް ބްރޯޑްބޭންޑުގެ އިތުރުން މޯބައިލް އިންޓަނެޓު ޕްލޭންތަކަށް ވެސް މިއަދު ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ދިރާގާއި އުރީދޫން ދެމުންދާ މޯބައިލް އިންޓަނެޓުގެ ޕްލޭންތަކަށް ލިބޭ ޑޭޓާ އެލަވަންސް ވަނީ އިތުރުކޮށްދީފައެވެ.

އެކަމަކު، މި ބަދަލުތައް ތަންފީޒުވެގެން ދާނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެންނެވެ.

އުރީދޫ މޮބައިލް އިންޓަނެޓު

  • ޕްރީޕެއިޑް - 30– 100 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
  • ޕޯސްޓްޕެއިޑް – 20 -30 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
  • މޯބައިލް ބްރޯޑްބޭންޑް – 5 – 20 ޕަސަންޓުގެ އިތުރު ޑޭޓާ

ދިރާގު މޮބައިލް އިންޓަނެޓު

  • ޕްރީޕެއިޑް – 20 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
  • ޕޯސްޓްޕެއިޑް – 19 – 28 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
  • މޯބައިލް ބްރޯޑްބޭންޑް – 20 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް

ސަރުކާރުން ހާމަކުރި ގޮތުގައި އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރެވެން ފެށުމުން ރާއްޖޭގައި ދޭ އިންޓަނެޓުގެ ހިދުމަތުގެ ފެންވަރާއި އަގުތައް ސަރުކާރުގެ ކަމާބެހޭ އިދާރާ އިން ގަވައިދުން ރެގިއުލޭޓް ކުރާނެއެވެ. އަދި މި ގެނައި ބަދަލުތަކުގެ އިތުރުން ހިދުމަތް ހޯދާ ފަރާތްތަކަށް މިއަށް ވުރެ އެކަށޭނެ އަގުތަކެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކުރެވިދާނެ ކަންކަން ހޯދުމަށް ސާވިސް ޕްރޮވައިޑަރުންނާއެކު އެއްބަސްވެފައިވާ ކަމަށް ވެސް ޓެކްނޮލަޖީ މިނިސްޓްރީން ހާމަކުރެއެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، އެ ވައުދު ނުފުއްދި ގިނަ ދުވަސްވުމާ ގުޅިގެން ގިނަ ބަޔަކު ދިޔައީ ވަރަށް ބޮޑަށް އެކަމަށް ފާޑު ކިޔަމުންނެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެމުން އަންނަ މައި ދެ ކުންފުންނަކީ ދިރާގާއި އޫރިދޫއެވެ.

ސަރުކާރުން ވަނީ އިތުރު ސަބްމެރިން ކޭބަލްތަކެއް އެޅުމަށް ނިންމައިފައެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ވިދާޅުވީ އެންޓީޓީގެ މިސްޓް ފައިބަ ކޭބަލްގައި ބައިވެރިވުމުގެ ފުރުސަތު މިވަގުތު އޮތް އިރު، މި ފައިބާ މި ސަރަހަައްދުގެ މައި އިންޓަނެޓު އެކްސްޗޭންޖުތަކާ ގުޅާލަދޭނެ ކަމަށެވެ. އަދި އެއްވެސް މެދުވެރިއެއް ނެތި ސީދާ ކެޕޭސިޓީ ގަންނަން ލިބޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މި އިންވެސްޓްމަންޓްގެ ސަބަބުން ރާއްޖޭގެ އިންޓަނެޓު ޑިމާންޑަށް އެތައް އަހަރެއް ވަންދެން ފަސޭހަ އިން ހިދުމަތް ދެވޭނެ ކަމަށް މިނިސްޓްރީން ގަބޫލުކުރެއެވެ.

މީގެއިތުރުން ކޭބަލް ލޭންޑް ކުރުމަށް ކޭބަލް އަށް ހިދުމަތް ދެވޭ ފަދަ އިންޓަނެޓު އެކްސްޗޭންޖެއް ގާއިމު ކުރަން ޖެހޭ ކަމަށާއި މި އެކްސްޖޭންޑްގެ ފައިދާ ކޭބަލް ނެތި ވެސް އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް ލިބޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިކަން ގާއިމް ކުރަން ހަ މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިކަމުގެ ސަބަބުން އިންޓަނެޓުގެ އަގު ދާއިމީ ގޮތެއްގައި ހެޔޮ ވާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. މަ

    ޝުކުރިއްޔާ މަލީހް😍👏🤩😘🎉🎈

    97
    30
  2. ހޫދު

    މިހާރު ދިރާގުން 2 ޖީބީ 199.00 ރުފިޔާއަށް ލިބޭ. 4 ޖީބީ ހަނެވޭނެ 400 ރިޔާޔަށް. ކޮންމެ ޕެކޭޖެއް ގެންގުޅުނަސް ފްރޯ 1 ޖީބީ ލިބޭނެ. ރާއްޖޭގެ އާބާދީގެ 99 ޕަސެންޓް 50 ޖީބީ އަށް ނުދާނެ. އެއީ ހަމަ އެކަނި ބިޒިނަސް ތަކުން ނަގާ ޕެކޭޖަސް. ރައްޔިތުންނަށް މިބަދަލުގެ ސަބަބުން ލިބޭނީ 0 ޕަސެންޓް ފައިދާ.
    މިސަރުކާރުން ކުރާ ކޮންމެ ކަމެއް މިކުރަނީ ދައްޖާލުގެ އުސޫލުން. ހަމަ މަކަރާ ހީލަތާ އޮޅުވާލުން. މިއޮތީ އަމާބުނީތީ ފަރަށްގޮސް ނިމިފަ.

    172
    52
    • ފިތުނަ

      "ރާއްޖޭގެ އާބާދީގެ 99 ޕަސެންޓް 50 ޖީބީ އަށް ނުދާނެ." ބޭފުޅާ މޮޔަފުޅު ވީތޯ. މިތާ އާބާދީ %99 އުޅެނީ މަހުގެ ފުރަތަމަ ދިހަޔަކު 30 ޖީބީގެ ޕެކޭޖް ހުސްވެގެން. ފިތުނަ އުފައްދަންވެސް ގަބޫލުކުރެވޭ ވާހަކައެއް ދައްކާ

      82
      30
      • Anonymous

        ފައްކާ ދޮގެއް ތިހެދީ. މިގައުމުގެ އާބާދީގެ މަހުގެ އާމްދަނީ އަކީ ބޮލަކަށް ގާތްގަނޑަކާ. 700 ރުފިޔާ. ކެއުމާ ބުއިމާ ފޭރާމާ މިނޫންވެސް ޒަރޫރީ ބޭނުން ތަކަށް ފަހު މަސްނިމޭ އިރު ދަރާފަ. ޓެލެކޮމްގެ ތަފާސް ހިސާބުތަކުން ފެންނަން އޮތް ހަގީގަތް މަ މިބުނީ. ފިތުނައަކީ ސަރުކާރުގެ މަކަރުވެރިކަން ހާމަ ކުރުމެއްނޫން. މުސްލިމް އުއްމަތް ބައިބައިކުރުން!!

        41
        9
      • Anonymous

        ދުވާލަކު 6 ގަޑި އިރު ކްލާ ނަގާދޭ ޓީޗަރުން ފޯނާ ހޮޓްސްޕްޓަށްވެސް މަހަކު ބޭނުންކުރަނީ 10 ވަރަކަށް ޖީބީ. ތިޔަބޭފުޅާ ތީ ކޮންތާކުން ހިސާބު ބެލި މީހެއް. 30 ޖީބީގެ ޕެކޭޖް ގެންގުޅޭނަމަ މަހަކު 2500 ރުފިޔާ ޚަރަދުވާނެ. އެވަރުވާނީ ލައްްްކަ މަދު މީހަކަށް.

        22
        9
    • ހަހަހަ

      ބަނީ އި ސްރާއިލު މީހުންނެކޭ ހޫދު މެންނެކޭ އެއްވެ ސް ތަފާ ތެއް ނެތް ހަމަ ހެޔޮ އެއް ގޮތެއްވެ ސް ނެތެއްނު.

  3. ޒިޔާ

    ޢަދި މިހާތަނައް މި ވެރިކަމުގަ ކުރި ހަމަ އެކަނި ރަނގަޅު ކަން

    34
    112
  4. އަފީފު

    ތިޔަ އަގު ކަޑައޭ، މައަތުގަ 5ޖީ ފޯނު ބަޓ ސްޕީޑް 4ޖީ

    53
    12
    • މަޅީހޫ

      މާމޮޅު ފޯނެއް ލިބިގެން ދެން ކޮން ފޮންޏެއް ތި ކަނޑަނީ

      7
      8
  5. މަލީހު ޖަމާލު

    ޝައުނާ މީ ކޯއްޗެ ހާވާފަ ، ބޮޑު ގެއްލުން ރައްޔިތުން މީހާއަށް / ފައިދާ ކުންފުންޏަށް. މަގޭ ޕްލޭނާ ހިލާފަށް މި އޮތީ މިކަން ކޮށްފައި ދުނިޔޭގެ ނިސްބަތުން ރާއްޖޭގެ އިންޓަނެޓް އަގު ބޮޑު

    118
    10
    • ވަޒީރެއްގެ ދަރަޖަ

      ކައު އިތުރު މާތް ރަސޫލާ محمد صلى الله عليه وسلم އަށް ވަރަށް ހުތުރުކޮށް ފުރައްސާރަކުރި ނުރަނގަޅު މީހުންނަށް ވަޒީރުކަން ދެނީ ރައްޔިތުންނަށް ޖެއްސުންކޮށް، އަދި ރައްޔިތުން ބުލީކުރަންވެގެން. އޭނަ އޮސްޓުރޭލިއާގައި ހުރެގެން، ކޮންމެވެސް ތީސީސެކޯ ކިޔައިފައި ލިޔުނު "ބޮޑުފުރައްސާރަ" ކިޔައިފި މީހަކު ބޯގޮވާފާނެ". ނަމަވެސް މިއަދު އަޅުގަނޑުމެންގެ ޢިއްޒަތްތެރި ވަޒީރެއްގެ ދަރަޖަ. އަޅުގަނޑުމެން އަތުން މިނަގާ ޓެކުހުން، އިސްލާމް ދީނަށް ފުރައްސާރަކުރާ ކޮންމެ މީހަކަށް ބޮޑު މުސާރަ.

  6. Anonymous

    25 މބޕސ؟؟ ކޮންތާކުން؟ މިއީ މިތްއެއް. އިންޓަރނެޓް ޕްރޮވައިޑަރސްގެ ތެރޭގައި މި ސްޕީޑްގައި ދިރާގަށް އިންޓަރނެޓް އެއް ނުދެވޭ. ދެން ހުރިތަންތަނުގަ މަދުފަހަރަކު މިސްޕީޑުގައި އިންޓަރނެޓް ދެވެނީ.

    34
    1
    • އެނޮނިމަސް ޕްރޯ

      މަ ބޭނުން ކުރަނީ 45މބޕސ ޕްލަސް ސްޕީޑުގައި

      7
      1
      • Anonymous

        މިގައުމުގަ އެންެ މަތިން 25 މބޕސ ހުންނާނީ.

        3
        2
  7. ޢަހުމަދު

    ޢިއުލާން ކުރެއްވިގޮތައް ހިދުމަތް ލިބިއްޖެޔާ ކިތަންމެހާވެސް ރަގަނޅު...މަކަރު ހެދުމެއް ނެތި

    30
    1
  8. ޒެންޑޯ

    ކޮންމެވެސް ކުއްޖަކު ކިޔައިދީބަލަ ތުރޮޓުލް ސުޕީޑަކީ ކޯއްޗެއްކަން.

    35
    1
    • އޯކެ

      ހަފާފަ ދިރުވާލީމަ އަރުތެރެއިން އެތެރެއަށް ދިރެން ނަގާ ވަގުތު 🎉

  9. ކޮރަލް

    އިންޓަރނެޓް ބޭނުން ކޮށްގެން އެންމެ ގިނަ މީހުން ވަންނަނީ ބަރަހަނާ ސައިޓް ތަކަށެވެ. ވީމާ އެސައިޓް ބްލޮކް ކުރެވެން ހުރި ވަރަކުން ބްލޮކް ކުރަން ޖެހެ އެވެ. ބަރަހަނާ ސައިޓް ތަކަށް ވަންނަ ބައެއް ޒުވާނުންނާއި ކުޑަކުދީން އަދިމުސްކުޅީން އެކަމުން ސަލާމަތް ކުރުމަށެވެ.

    75
    6
    • ަަަަަ

      ވަރަށް ރަގަޅު ވާހަކައެއް.

      2
      1
  10. ބުލް

    ޖުލައި މަހު އިއުލާން ކުރަންހުރި ނަމެއްނު😡😡

    40
    1
    • ސިއުނާ

      އޭރުން ތިމަންނަ ވަޒީފާ ގެއްލިއްޖެއް ޔާ ، ކުރެޑިޓް އެހެންމީހަކައް ލިބިދާނެތީ

      10
      1
    • ޖުލައި

      ޖުލަައި މަސް އައީމަ އަންނަ އަހަރޭ ނުބުނިއްޔާ އޯކޭ!

      22
      1
      • Anonymous

        ވުން ވަރަށް ކައިރި ކަމެއް. އިންޓަރނެޓ ްސްޕީޑްވެސް އަމާޒަކަށްވެ ހާސިލް ނުކުރެވިދާނީ.

  11. ބާބޫ

    މާލޭ މީހުންނަށް މޮޅު ގޮތް...........ރާއްޖެތެރޭ މީހުންނަށް ދެރަގޮތް.....................

    48
    12
    • މާލެ މީހާ

      މާލެ މީހުން ކޮށްގެން އުޅޭކަމެއްތަ މީ، މާލެ މީހުނާލައިގެން ކަލޯ ކަމެއްކޮއްބަލަ!!! ފުކެއް ބޮޑުވަރު ތީ، ކާލޭ މާލެމީހަކަށް ނުވީ އަހަރުމެން ކުރިކަމަކުން ނޫން!!!

      2
      3
  12. ބާބޫ

    ސަރުކާރުން ޑާޓާ ބެއްސެވި އިރު މާލޭ މީހުންނަށް ފަކީރާއިން ދެއްވި އިރު ރާއްޖޭތެރޭ މީހުންނަށް ދެއްވީ ފޫވެއްޓިފައި އޮތް ނާއްޓަކުންނެވެ. އ.ހ

    50
    5
  13. އަލީ ދިއްދޫ

    ވަގުތުގެ އަގު 30 ޖީބީ ލިބޭނީ 250 ރުފިޔާއަށެވެ. އެއީ 25 އެމްބީޕީއެސްގައެވެ. މި ކިޔާއިރު ވަރަށް ހިތްހަމަޖެހޭ އެކަމަކު އެސްޕީޑުގައި ލިބުމާމެދު ޝައްކު ސަރުކާރުން އިޢުލާންކުރީ 30 ޖީބީ ލިބޭނީ 250 ރުފިޔާއަށެވެ. އެއީ 5 އެމްބީޕީއެސްގައެވެ.

    13
    2
  14. ފެއާރ ޔޫޒޭޖް

    ޑޭޓާ ކެޕް އުވާލާ!. އަގު ހެޔޮ ކުރުމާ އެކު ޑޭޓާ ކެޕް އުވާލަން ޖެހާ. ހަގީގަތުގައި ޖީބަށް ބާރު ބޮޑުވަނީ ޑޭޓާ ކެޕްގެ ސަބަބުން

    7
    1
  15. ކޮވިޑް

    ދެން އިންގާ 2024 އަށް އަނެއްކާ އިންތިޒާރު ކުރަމާ. އަގިހެޔޮކުރަން ކިޔާތާ ހަފްތާ އެއްވީފަހުން މި އިޢުލާން ކުރީ އަނެއްކާ މަސްދުވަސް ފަހަށް. އަޅެ މި ހަޑިނަހާވާ ޖުލައި އަށް ތިބިނަމަ ތީރި ވީސް ދޯ. މިވެސް ދެން ވައުދެއް ފުއްދީޔޯ.

    18
    1
  16. ބިރުން ފިއްކަޑާގެން ގޮސްފި

    ޖުލައި މަ ސް ނިމެން ވާއިރައް ތިދެބައި މީހުން ފިލާގެން ދާނެ .

    11
    2
  17. ޝަޒާ

    ޢަގުހެޔޮތަ މިވީ.. ރައްޔެތުންނަކަށް މިކަމުން ކަމެއް ނުވާނެ. މީފިހާރަތަކުގައި ސޭލް އަލުވާގޮތަށް ކުރިކަމެއްބާ!

    21
    • Anonymous

      އަމާބުނީތީ ފަރައްގޮސް ރައްޔިތުންްނަށް ދިން ދޯކާއެއް.

  18. ކޮވިޑް

    އެބުނާ ސްޕީޑްގަ އިންޓަރނެޓް ނުދެވުނަސް އެހެން ބުނެވިދާނެ ދޯ؟ ބަލަމާ 5 ފޯން ގެންގުޅޭ ކިތަށް މީހުނަށްތޯ 5ޖީ ފޯނަށް ލިބެނީ.؟ މީ މިކަހަލަގެ ކަމެކޭ.

    11
  19. ފާތުމަ.

    ޢަދިވެސް އަގެއް ހެވެއް ނުވޭ.ހެކުރާނެ ދުވަހަކާ ހެޔޮކުރާނެ ވަރު ތި ކަނޑައެޅީ.ހެޔޮވާނީ ޖޫން ގަޔޯ. ޢަނެއްބައި އޮގަސްޓުގަޔޯ.

  20. އަބްދޫ

    ތިޔައީ އެގެ އެއްޗެއްނޫން.މިހާރުވެސް މިވާގޮތަކީ 7 ޖީބީ ހުސްވަނި ވާނުވާ ނޭގޭގޮތަށްލިބޭ މެސެޖްތަކުން ގޮސް. ނުހުޅުވިޔަސް ލިބުނީމަ ޑާޓާ ދާނެ. އަދި ސަރުކާރުން އަގެއް އިއުލާން ކުރުމަކީ ހައްލެއްނޫން. އެކަން ކަނޑައަޅަންޖެހޭގޮތަކީ ދެކުންފުންޏާއި ވަކިވަކިންހެދޭ އެއްބަސްވުމެއްގަ އެކަން ކަނޑައެޅެންވާނެ. އިއުލާންކުރަންޖެހޭނީ ކުންފުނިން ވެވޭ އެއްބަސްވުން. އެހެން ނޫންނަމަ ސަރުކާރުން އިއުލާން ކުރިޔަސް ޕަބްލިކް ކުންފުނިތަކަކުންއެއަށް އަމަލުކުރާކަށް ނުޖެހޭނެ. ޕަބްލިކް ކުންފުނި ތަކަކި ހިއްސާދާރުންގެ އެއްޗެްއް. ހިއްސާދާރުންގެ ފައިދާ އަށް އަސަރުކުރާފަދަ ގޮތަކަށް ކުންފުންޏަކުން އަމަލު ނުކުރެވޭނެ.

  21. ރަސުން

    ހިސާބު ދަންނަކުށްޖަކު މިހިސާބު ހަދާލަދީ
    މިހާރު ވެސް

  22. އާދަމް

    ދުނިޔޭގެ ޤައުމުތަކުގައި އިންޓަރނެޓް އަގުހެޔޮވަނީ ކުންފުނިތަކުން އަމިއްލަ ސެޓަލައިޓްތައް ހުއްނާތީ، ދިވެހިރާއްޖެއިން މިޖެހެނީ ހުރިހާ އެއްޗެއްވެސް ގަނެގެން ކުރުަން.

  23. އަބްދޫ

    ދިވެހިރާއްޖެ އަކު ސަރުކާރުން ދެމުންއަންނަ އިންޓަނެޓެއްނެތް . އިންޓަނެޓް ދެމުނަދަނީ ޕަބްލިކް ކުިންފުނި ތަކަކުން އެކުންފުނިތަކުގެ ހިއްސާދަރުންގެ ފައިދައަށް އަސަރުކުރާފަދަ ކަމެއް ބޯޑުން ނުނިންމޭނެ . ބޯޑަކީ ކުންފުނި ހިންގަން ކަނޑައަޅިފަ ތިބޭ ފަރާތްތައް. ބޯޑުން މަސައްކަތް ކުރަންޖެހޭނީ ކުންފުނީގެ ފައިދާ އިތުރު ކުރެވޭނެހާގޮތްގޮތަށް. އިންޓަނެޓް ގެއަގަށް ބަދަލުގެނައުމަކީ ހިއްސާދަރުންގެ ފައިދައަށް އަސަރުކުރާކަމަކަށް ވީހިންދު އެކަން ނިންމޭނީ ހިއްސަދާރުންގެ ބައްދަލުވުމަކުން. އޭގެ ހެއްކަކީ ކުިންފުނީގެ އަހަރި ހިސާބުގަ ފައިދާގެ ތެރެއިން ބަހާނެ މިންވަރު ކަނޑައަލަނި ހިއްޖާދަރުންގެ ޖަލްސާއެއްގެ ނިންމުމުން ކަމުގަ ވާކަން. މި ނޫންގޮތަކަށް ޕަބްލިކް ކުންފުނިން އިންޓަނެޓް އަގުހެޔޮ ނުކުރެވޭނެ.

  24. މާދު

    ހިލޭ ޑޭޓާ ދިނަސް މިގައުމުގަ ށަކުވާކުރާނެ.ހެޔޮ އެއްގޮތް ޥެސް ނޯންނާނެ

  25. ހަމިލިޔަން

    "ހަ މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިކަމުގެ ސަބަބުން އިންޓަނެޓުގެ އަގު ދާއިމީ ގޮތެއްގައި ހެޔޮ ވާނެ". ސުބުހާނަﷲ. އެންމެ 6 މިލިޔަން ރުފިޔާއާހެދި މިހުރިހާ ޒަމާނެއްވަންދެން ކަމެއް ނުކޮށް މިތިބެނީ.

  26. ޔޫއެފްއޯ ވީޕީއެން

    އަންލިމިޓެޑް ފާސްޓް އޯއެމްޖީ

  27. އާވިމް

    މިހާރު އުރީދޫ 30 ޖީބީ ބްރޯޑް ބޭންޑް ލިބޭ 245ރ ، މަށަށް އަޤު ބޮޑުދޯ މިވީ.

  28. ސައްތާރު

    ކަލޭމެން ގުނބޯ ހައްދަނީ، ބަލަ ސްޓާލިންކް އިންޓަނެޓް ސްޕީޑަކީ 150އެމްބީޕީއެސް، އަންލިމިޓެޑް..
    އެ އަޔަނުދޭން މި މީހުން ޖަހާ ސަކާރާތެެއްމީ..
    2022 ގަ އޭގެ ހިދުމަތް ލިބެން ފަށާނެ

  29. އަހުމަދު

    އަދި ކޮބައި ޖުލައިމަސް އެދުވަސް އަންނަންވާ އިރަށް ތީ އޮޅިގެން ކިޔުނުއެއްޗެކޭ ކިޔާފައި ނިންމާލަފާނެ

  30. ޙަލީ

    ޖީބީ ޖީބީ ކިޔާނެ ކަމެއްނެތް ، ދިިރާގުން ރައްޔިތުން ފެލުން ނުހުއްޓުވޭނެ ، ތިކަމުން މާބޮޑު ފައިދާ އެއް އާއްމު މީހާއަށް ނެތް

  31. Anonymous

    ޢަގު ހެވެއްނުވޭ.. ޑޭޓާ ގިނަވި 🧐

  32. ޖަޒީރާ ވަންތަ ކެހެރިނުފަޅަ ޖަނަވާރު

    މީތި ކަޑަ މާދަން އަނެއްދުވަހު އަންނަ ހަފްތާގެ ބުރާ ސްފަތި އަންނަ މަހުގެ ފަހުކޮޅު ރައްޔިތުންގެ ޓެކް ްސ ފައި ސާއިން މު ސާރަ ނަގާގެންތިބެ ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު ކަންކުރަން ވާގޮތް ތޯ މިވެރިން ވެރިކަމަށް އާތާ ތިން އަހަރު ކުރެވުނު ކަމެއް އެބަ އޮތްތޯ ރައްޔިތުން ގޮބޯހެއްދުން މިވެރިންގެ ކަމަކީ.

  33. ނާޅި

    ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ޙިދުމަތް ފޯރު ކޮށްދިނުމުގެ ނަމުގައި އުދަގޫ ޖައްސާ ރައްޔިތުން ލައްވާ ކުރަންނުޖެހޭ ބޭކާރު ވަރަށް ގިނަކަން ކަން އެބަކުރޭ ޙިދުމަތް ދިނުމުގެ ނަމުގައި އޭގެ މިސާލެއް މާލޭ ސުކޫލް ތަކަށް ވައްދަން މިފުރާފޯމް . މިޔަކީވެސް އާދައިގެ ރައްޔިތަކަށް ފުރާލެވޭ ވަރަކަށް ހަދާފަ ހުރިއެއްޗެއް ބޭކާރު މައުލޫމާތު ލިޔަން ހަދާފަ ހުރި ފޯމެއް.

  34. Happy 123

    ޝުކުރިއްޔާ ރ. އިބޫ ސާލިހު އަދި ޝައުނާ🥰

  35. އާދަންފުޅު

    މިބަދަލަށް މަރުޙަބާ. ވަރަށް ބޮޑަށް ހިފެހެއްޓިފައި އޮން އެއްޗެއް މިވަރު ވުން މިއީ ރަނގަޅު ފެށުމެއް. މިނިމަމް މިންގަޑެއް ( 2 އެމްބީޕީއެސް ) ކަނޑައެޅުންވެސް ރަނގަޅު. ފަހުން އަދި ރަނގަޅުކުރެވޭނެ. 30 ޖީބީގެ ޑޭޓާ 250ރ. އަށް، 5 އެމްބީޕީއެސް ސްޕީޑްގައި (ތްރޮޓޮލް ސްޕީޑް: 2 އެމްބީޕީއެސް) މިއީ ވަރަށް ދަށް އާމްދަނީ ލިބޭ ފަރާތްތަކުންވެސް ގެއަށް ވެއްދިދާނެ ޕެކޭޖެއް. ލިމިޓް ހަމަވިޔަސް، އޮންލައިން ކްލާސްތަކުގައި ދަރިންނަށް ބައިވެރި ވެވޭނެ މިވަރުން. އެންމެ ފުރިހަމަ ނުވެދާނެ. ދަށް އާމްދަނީ ލިބޭތީ މިޕެކޭޖް ނަގާފަ ދަރިން ކްލާސް ނަގާއިރު މައިންބަފައިން ފޭސްބުކް ވީޑިއޯ ބެލުން އެއީ އެންމެ ރަނގަޅުގޮތެއްނޫން. އެނޫން ގަޑިތަކުގައިވެސް ވީޑިއޯ ބަލާލެވިދާނެ. ގިނަ ދަރިވަރުން އެއްފަހަރާ ކްލާސް ނަގާނަމަ، ދެން އިން ޕެޖޭކް ރަނގަޅު ކަމުގައި ފެނޭ.