އިންޓަނެޓް ހެޔޮއަގާ އެކު، ރައްކާތެރިކަމާއި، ހެޔޮ ގޮތުގައި އިންޓަނެޓް ބޭނުންކުރަން ސައިންސް އެންޑް ޓެކޮނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު އެދިވަޑައިގެންފިއެވެ.
އިންޓަނެޓްގެ ހެޔޮ އަގު އިއުލާންކުރުމުގެ ގޮތުން ބޭއްވި އިވެންޓަށް ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ޝައުނާ ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި ރަށު ބަންދާއި ގޭބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުގެ ސަބަބުން އިންޓަނެޓް ބޭނުންކުރަން ދިމާވާ ދަތިތައް ހައްލުކުރުމަށް، ސަރުކާރުގެ އަމާޒަކަށްވީ އިންޓަނެޓްގެ އަގަށް ޖުމްލަ ބަދަލެއް ގެނައުމަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދު ގެނައި ބަދަލުތަކާއި އެކު މޮބައިލް އިންޓަނެޓާއި ބްރޯޑްބޭންޑު ބޭނުންކުރާ ފަރާތްތަކަށްވެސް ލުއިތަކެއް ލިބިގެން ދާނެއެވެ.
"އުއްމީދަކީ ގެނެވޭ ބަދަލުތަކާއެކު ހަރަދުކުޑަކޮށް ރައްކާތެރިކަމާ އެކީގައި އިންޓަނެޓްގެ ހިދުމަތް ރައްޔިތުން ބޭނުންކުރުން" ޝައުނާ ވިދާޅުވިއެވެ.
ޒަމާނީ ޓެކްނޮލޮޖީ ވަނީ ޖަޒީރާ ގައުމުތަކަށް ދިމާވާ މައްސަލަ ހައްލުކުރުމަށް ކުރެވޭނެ މިންވަރަށް ތަރައްގީވެފައިކަން ޝައުނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ޓެކޮނޮލޮޖީތަކާއި ދިވެހިރާއްޖެ އަރައި ހަމަކުރުން. އެއް އޮފީހުން އެއް ތަށްގަނޑުޖަހައިގެން އަނެއް އޮފީހުން އިނގިލީގެ ނިޝާން ޖަހައިގެން، އަނެއް އޮފީހުން އައިޑީކާޑްގެ ކޮޕީ ނަގައިގެން ނޫނީ އާއްމު ހިދުމަތެއް ލިބޭ ވަރެއް ނުވޭ" ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިކަންކަން ހުއްޓުވުމަކަށް ގެނެސް ފޯރުކޮށްދޭ ހިދުމަތްތައް އޮންލައިންކޮށް ދޭނެ ގޮތަކަށް މުޅި ސަރުކާރު ގުޅާލުން ކަމަށެވެ.
އަގަށް ގެނައި ހެޔޮ ބަދަލަކީ އަންނަ ޖުލައި މަހުން ފެށިގެން ބްރޯޑްބޭންޑްގެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސް ކަމަށް ކަނޑައެޅުމެވެ. މިހާރު ޖުމްލަ ގޮތެއްގައި ތްރޮޓްލް ސްޕީޑަކީ 1-2 އެމްބީޕީއެސް ކަމަށް ވިޔަސް މިހާރު ވަނީ މި ސްޕީޑް ވަކި މިންވަރަކަށް ވުރެ ދަށްކުރުން މަނާކޮށްފައެވެ. އެގޮތުން 300ރ. އަށް ވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސް އަށް ވުރެ ދަށެއް ނުކުރެވޭނެއެވެ.
\މީ ދިވެހިންގެ މައްމަތަ. އެހެންޏާ ..ކޮަމްބައެއްތަ އިންޓަނެޓް ނަހަމަގޮތުގަ ބޭނުންކުރަނީ. ތިޔަ ސިޔާސީ މީހުން ތިޔަކަންކުރަނީވެސް. އަމިއްލައަށް ތިޔަނަސޭހަށް ލިބިގަނޭ ފުރަތަމަ.
އާދެއާދެ އަހެރެން ނޫން އެހެން މީހަކު މި މަގާމުގައި ހުންނަ ދުވަހަކުން އެމީހަކު ބަދުނާމުކުރުމަށް އަދި ދިވެހިރާއްޖެ ބޯއިކޮޓް ކުރުމަށް ގޮވާލުމަށް އަދި ދީނޭ ނުކިޔުމަށް ގޮވުމަށް.
ޝުކުރިއްޔާ މަލީހު
ވެޓިލޭޓަރަށް ނޭވާ ހޮޅިއަށް ވީވަރު އިންޓަނެޓަށް ނުވީޔާރަގަޅު.
ހެހެ ކަނދި ކަމަނާ ވަޑައިގަތީ ދޯ
ފަސް މާމުލު 5 ވަގުން ތިކުރާ ހިތްވަށް ސާބަސް..
ކޮޔާވެ ސް ދީނަށް ފުރައް ސާރަނުކޮއް ހެޔޮގޮތުގަ އުޅެން ނަ ސޭހަތްތެރިވަން...
ޝުކުރިއްޔާ ރައީސް ޔާމީން
މަޑު ގިނީގައި އޮކްޓޫބަރުން ނޮވެންބަރުން އޭޕުރީލުން ދަމަކުން ބަޑިއެއް ޖަހާހެން ތާކުން ތާކު ނުޖެހޭނެހެން ފިނިހަކަ ސްޕީޑްގައި
މީހަކު މެޑެލް ޖެހިޔަސް މަލީހުގެ މަސައްކަތް ހަނދާންކޮށް ސާބަސް ދަންނަވަން! ފާޑުފާޑުގެ މީހުން ކުރިއަރުވަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް ހާޤާގަތް އޮޅުވާއެއް ނުލެވޭނެ!
ތިކަން އިއުލާން ކޮށްލަންވެސް 3 ފަހަރަށް 3 ދުވަހަށް ތާރީހް ދީފައި އަދި މިބުނީ އެތައް މަހެއް ފަހުންނޭ ކުޑަވެ އަގުހެޔޮވަނީ. އެވެސް އެސްޓީއޯއިން ތެޔޮ އަގު ހެޔޮކުރާ ގޮތައް. އިއުލާން ކުރަން ވެސް ލަސް ކުރަމުން އައީ ޝައުނާއަށް ފެންނުވެރިގެންތޯ ނޫނީ ދަތް ނޫގުޅިގެންތޯ؟