އިންޓަނެޓުގެ އަގަށް ގެނައި ބަދަލުތަކަށް ތާއީދު ކުރާ ކަމަށާއި މިކަމުގައި ސަރުކާރަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ އެއް ކުންފުނި ކަމަށްވާ ދިރާގުން ދީފިއެވެ.

އިންޓަނެޓު އަގު ހެޔޮކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެެނޭޖިން ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސް ނެެންގެވުމުގެ ދަށުން ކުރިއަށް ގެންދާ އިންޓަނެޓު އަގު ހެެޔޮކުރުމުގެ މަސައްކަތްތަކަށް ދިރާގުން "ހޫނު މަރުހަބާއެއް" ދަންނަވާ ކަމަށެވެ.

ދިރާގަކީ އަބަދުވެސް ސަރުކާރުގެ ނިންމުންތަކާ ސިޔާސަތުތަކަށް ފުރިހަމައަށް ތާއިދުކުރާ ކުންފުންޏެއްކަން ފާހަގަކުރައްވާ، އިސްމާއިލް ރަޝީދު ވިދާޅުވީ، އިންޓަނެޓު އަގު ހެެޔޮކުރުމަށް ރައީސް އޮފީހާ އަދި އެހެނިހެން ކަމާބެހޭ އިދާރާތަކުން ކުރިއަށް ގެންދިޔަ ހުރިހާ މަޝްވަރާ ބައްދަލުވުންތަކެއްގައި ބައިވެރިވަޑައިގެން އެއްބާރުލުން ދެއްވާފައި ވާނެ ކަމަށެެެވެ.

"މި ފުރުސަތުގައއި މުވާސަލާތީ ސިނާއަތް ތަރައްގީކޮށް ރައްޔިތުންނަށް އަދި ރާއްޖޭގެ އިޖްތިމާއީ، އަދި އިގްތިސާދީ ތަރައްގީއަށް އެންމެ ފައިދާހުރި ގޮތަކަށް އިންޓަނެޓުގެ ހިދުމަތް ކުރިއަށް ގެންދިއުމަށްޓަކައި ސީދާ ރައީސުލްޖުމްހޫރިއްޔާ ދެެއްވާ އިރުޝާދާ ރައީސް އޮފީހުގެ ކަމާބެހޭ މިނިސްޓަރުން ކުރައްވަމުން ގެންދަވާ މަސައްްކަތްތަކަށް ދިރާގުގެ ނަމުގައި ޝުކުރު ދަންނަވަން" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

އިންޓަނެޓުގެ ހިދުމަތް ވަނީ ދިރިއުޅުމުގެ ހުރިހާ ކަމަކާ ގުޅި ލާމެހިފައިވާ ހިދުމަތްތަކެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް އިންޓަނެޓަކީ ތަރައްގީއާ ކުރިއެރުމަށް އެންމެ މުހިންމު އެެއް ވަސީލަތް ކަމަށެވެ.

އަގަށް ގެނައި ހެޔޮ ބަދަލީ ބްރޮޑްބޭންޑްގެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސް ކަމަށް ކަނޑައެޅުމެވެ.

މިއަގުތަކަށް ބަލާއިރު ބްރޯޑްބޭންޑް އިންޓަނެޓުގެ 30 ޖީބީ ލިބޭނީ 250 ރުފިޔާއަށެވެ. އެއީ 25 އެމްބީޕީއެސްގައެވެ. މިޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ 2 އެމްބީޕީއެސްއެވެ. 100 ޖީބީ ލިބޭނީ 500 ރުފިޔާއަށެވެ. އެއީ 15 އެމްބީޕީއެސްގައެވެ. މި ޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ 5 އެމްބީޕީއެސްއެވެ. އަދި 200 ޖީބީގެ އަގަކީ 700 ރުފިޔާއެވެ. އެއީ 25 އެމްބީޕީއެސްގައެވެ. މި ޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ ވެސް 5 އެމްބީޕީއެސްއެވެ.

ސަރުކާރުން ވިދާޅުވީ މިބަދަލުގެ ސަބަބުން އިންޓަނެޓް ޚިދުމަތްތައް ބޭނުންކުރާ ގިނަ ފަރާތްތަކަށް (%60 - %75) މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެ ކަމަށެވެ. މިބަދަލާއި އެކު އިންޓަރނެޓް ޕެކޭޖްތަކުގެ ތްރޮޓްލް ސްޕީޑް ދެގުނަ އަދި ފަސްގުނަ މަތިވެގެންދާނެ ކަމަށް ވެސް ސަރުކާރުން ވިދާޅުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޯލީރާޖާ

    ޖުލައި މަހުން ފެށިގެން އިންޓަނެޓުގެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސް ކަމަށް ހަމަޖައްސައިފި މި 2 އެމްބީއެސްގެ ސްޕީޑުގައި ހުރެދާނެ މަސްފެށިގެން 5 ދުވަސް ވަންދެން ދެން އުޅޭ 0.1 ގަ ގާނާލަގާނާލަ ދެން ކޮން 5 އެންބީއެސް ސްޕީޑެއްގަ ހުންނާނީ ވެސް 2 ހަވްތާގައި ފޯންކޮއްލީމަ 1 ގަ ޑިއުރުފަުން ފޯނައް ޖަވާބްދާރީވެފައި މިބުނަނީ ތިބޭފޅާގެ ޑާޓާ ހުސްވެފައޭ ހުރީ އެކަމަކު އަންލިމޓެޑް ގެނަމުގަ ޕެކޭޖް ވިއްކާފައި މިހުންނަނީ ލަންކާގަ 200 ރުޕީސް އައް ދޭ ޕެކެޖެއް ހުސްނުވޭ 2 ހަފްތާވާއިރު ބާތް ކަރުތާހޭ ޒާދާ

  2. މުފައްކިރު.

    ޕެކޭޖް ތައް ކުޑަ ނުކުރާ ކަމަށްވާނަމަ ތިކަންވާނީ ދެއްކުން ތެރި ކަމުގެ ނަމޫނާ އަކަށް.

    6
    1
  3. އަބްދޫ

    ދިރާގަކި ސަރުކާރުގެ ކުންފުންނެއްނޫން. ތިޔައީ ޕަބްލިކް ކުންފުންޏެއް.ޕަބްލިކް ކުންފުންޏަކުން ހިއްސާދާރުނގެ ފައިދާ ދަށްވެގެން ދާގޮތަކަށް ބޯޑުން އެއް ވެސް ނިންމުމެއް ނުނިންމޭނެ. ބޯޑަކީ ކުންފުނި ހިންގަންތިބޭބައެއް ބޯޑުން ނިންމުމެއް ފައިދާ ދަސަށް ދާގޮތަކަށް ނުނިންމޭނެ.ބޯޑުގެ ބޭނުމަކީ ކުންފުނީގެ ފައިދާ މަތިކުރުން މަސައްކަތް ކުރަށް ރާވާ ހިނަގުން.

    1
    3
  4. ޕިސް

    ޑޭޓާ އިތުރުކުރުން އެއީ އަގުހެޔޮ ވުމެއްނޫން ދެއްތޯ 🧐

    3
    3
    • އަދުރޭ ގެ ހިސާބު ފިލާވަޅު

      5 ރުފިޔާއަށް ލިބުނު ބޯމެޓައެއް ފަހުން 5 ރުފިޔާއަށް 5 ބޯމެޓާލިބޭނަމަ ، ކުރިން 5 ރުފިޔާއަށް ލިބުނު އެތި ފަހުން އެލިބެނީ 1 ރުފިޔާއަށް....އާޔާ ސަމަޖްމޭ....

  5. Anonymous

    ކުލި ކޮންޓުރޯލް ކުރަންވީމަ ވިޔަފާރިއެކޯ، މިވެސް ވިޔަފާރިއެއް، މިއޮތީ ކޮންޓްރޯލްވެފަ، ކުލިވެސް ކުރެވޭނެ،

    1
    2
  6. އަގީލާ

    މި ހީވަނީ މީނަ ނިދާފަ އޮތްވާ މީނައަށް ނޭނގި ވީ ކަމެއްހެން. އެއް އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ މީނައާ މި ވާހަކަ ދައްކާތާ. މީނަ ހަމަ ދުލެއް ނުދީގެން މި ހުރިހާ ދުވަސްވެސްވީ. މީނަ ދިން ރޭޓް އެ ބަޔަކު މި ދެނީވެސް. ދެން ކޮން އެއްބާރުލުމެކޭ ކިޔާކަށްތަ. މީނަ ހިތުން މި ދެވުނީ ވަރަށް ބޮޑު ލުޔެއް. ކުޑަވެސް އިންސާނިއްޔަތު ކަމެއް ހުރިއްޔާ މާދަމައިން ފެށިގެން ތިއަގަކަށްވެސް ދީބަލަ. ކަލެޔަށް އިހްސާސްވޭތަ މި ބޮޑު މާލޭގ ކޮންމެ ގެއެއްގަ ކިތައް ކިޔަވާ ކުދިން ތިބިކަމެއް. ކިހާ ވަރަކަށް މިވަގުތު ނެޓް ބޭނުން ކުރަން ޖެހޭކަން ކަލެއަށް ހަމަ ނޭނގެނީތަ؟ ހެޔޮ ނުވާނެ މީހުނަށް ތި ވަރަށް ޖެއްސުން ކުރަން.

  7. ޓ

    މީނާ އަށް ހިލޭ ލިބެނީ ގެ އަށް އަދި ފޯނަށް
    ކޮންކަމަކަށް ޚާސް ވަނީ