ކޮވިޑް-19 ގެ ބަލީގައި ރާއްޖޭގައި ނިޔާވާ މީހުންގެ ނިސްބަތް ގިނަ ނޫން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވުމުން، ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ފާޑުވިދާޅުވެއްޖެއެވެ.

ޖަމީލް މި ކަމަށް ފާޑުވިދާޅުވީ، ކޮވިޑް ފައްސިވާ މީހުންގެ ނިސްބަތަށް ބަލާއިރު ނިޔާވާ މީހުންގެ ނިސްބަތް ގިނަ ނޫން ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވުމާ ގުޅިގެން "ވަގުތު" އާއި "މިހާރު" ގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުންނެވެ.

ޖަމީލު ވިދާޅުވީ، އެއް ދުވަހު 13 މީހުން ނިޔާ ވެގެން ދިޔައިރު ވެސް، ކުރިން ވެފައިވާ ކަމަށް ބުނި ތައްޔާރީތައް ވުޖޫދުގައި ފެންނަން ނެތް ކަމަށެވެ. އެތައް ފުރާނައެއް ދިއުން ބޮޑު ކަމަކަށް ނުވަނީތޯ ސުވާލު ކުރައްވައި ޖަމީލް ވިދާޅުވީ، ހެލްތު މިނިސްޓަރުގެ ކިބައިން ވެސް އުމުރުން ދުވަސްވުން ނޫން ކަމެއް ނުފެންނަ ކަމަށެވެ.

"ސަރުކާރު ފެއިލް ވުމުން ފެއިލްވި ކަން ވެސް ސަރުކާރަށް ނޭނގޭ،" ޖަމީލް ލިޔުއްވާފައިވެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުން ދަނިކޮށް، މިނިސްޓަރު ނަސީމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ ކޮވިޑް ޖެހިގެން ރާއްޖޭން ނިޔާވާ މީހުންގެ ނިސްބަތް ހުރީ ފެބްރުއަރީ މަހު ވެސް ހުރި ނިސްބަތުގައި ކަމަށެވެ.

މި ގޮތުން ފެބްރުއަރީ މަހު ވެސް ނިޔާވެފައި ވަނީ ބަލި ޖެހޭ މީހުންގެ 0.25 އިންސައްތަ ކަމަށާއި މިހާރު ވެސް ނިޔާވާ މީހުންގެ ނިސްބަތް ހުރީ ބަލި ޖެހޭ މީހުންގެ 0.25 އިންސައްތައިގައި ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 150 މީހުން މި ބަލީގައި ނިޔާވިއިރު އޭގެ ތެރެއިން ދެބައި ކުޅައި އެއްބައި މީހުން ނިޔާވީ މި މަހުގައެވެ. މީގެ ތެރެއިން ވެސް ގިނަ ބަޔަކު ނިޔާވީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. މިކަމާ އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް ވަނީ އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ......

    ނިސްބަތުން ގިނަ ވުމެއްނޫން އަހަރެމެންގެ ކަންބޮޑުވަމަކީ....އެންމެ ފުރާނަ އެއްވެސް އަހަރެމެންނަށް މުހިންމު...ސިޔާސީ މީހުން އެމީހުންގެ މަންފާއަށްޓަކައި ނިސްބަތުން މަރޔވާ ރޭޓް އިތުރު ނުވާ ވަރަށް ކޮންޓްރޯލް ކުރީމާ އެގޮތް ކަމުދާނީ ސިޔާސީ މީހުންނަށް....ރައްޔިތުން މަޖްލީހުގެ މެމްބަރ އިން އެމީހުންގެ ނަމުގެ ކުރިޔަށް އިއްޒަތްތެރި ލުމަށް މަޖުބޫރު ކުރާ ކުރުން ކަހަލަ ވާހަކަ މިދައްކަނީ....އެމީހުންވެސް ބުނަނީ ރައްޔިތުން އެއީ އެއްވެސް ބައެއް ނޫނޭ...ތިމަންނަމެންމީ އިއްޒަތް ލިބިގެންވާ ހާއްސަ ބައެކޭ....ރައްޔިތުން ނަށް ނެތް އިއްޒަތެއް މިމީހުންނަށް ދެވެންވީ ކީއްވެކަމެއް ނުވިސްނޭ...އެމީހުންނަކީ ރައްޔިތުންގެ ހާދިމުން.. ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ރައްޔިތުން ފައިސާދީފަ ތިބޭ ބައެއް...އެކަމަކު މިމީހުން ރައްޔިތުންނަށްވުރެ...އެކަަކު މިމީހުން ރައްޔިތުން ަށް ވުރެ މާ އިއްޒަތްތެރިޔޯ....ހަމަ އެގޮތަށް ސިޔާސީ މީހުން މިކަމުގައިވެސް މިބަލަނީ ބޮއްސުން ނުލާނަމަ އޯކޭޔޭ...ތިމަންނަމެންގެ ވިޔަފާރިތަކާއި ސިޔާސީ ސިއްރު އެއްބަސްވުންތަކަށް ގެއްލުމެއް ވާގޮތެއް ނުހެދޭނެޔޭ...ރައްޔިތުުން ގެ ފުރާނަ ދިޔަޔަސް އޯކޭޔޭ...އެ ނިސްބަތުން މަދިއްޔާ...އެކަމަކު އެމީހުންގެ އެންމެ މީހެއްގެ ފުރާނަ އިގެ ހުރުމަތުގައި 450 ޕޮލިހުންނާއި އެމް އެން ޑީ އެފް ގެ ދެބައިކޮށްފަ އެއްބަޔާއި ނުވިތާކަށް ބޭރުން ދެތިން މީހުންނާއި ބައިތުލްމާލުން އެތައް ހަރަދަކާއި އެތައް މަގެއް ގެ ބޭނުން ކުރަންވެސް ފަސްނުޖެހޭ...ކީއްވެހޭ ރައްޔިތު މީހާގެ ފުރާނަ މިހާ ވަރަށް މުހިންމު ނުވަނީ...ކީއްވެހޭ ރައްޔިތު މީހާގެ ހިމާޔަތުގައި މިހާ އވަހަށް އެކްޝަން ނުނެގެނީ...

  2. ފާތުމަ އެޅި މިސްކިތް

    Maru gendhavaa faraathakee Allah SW.

  3. ހަވާސާ އިބޫ

    ކެރަފާ ނަސީމު (ހެލްތު މިނިސްޓާރ)ގެ 49 ވަނަ އުފަންދުވަސްފާހަގަކުރުން މާދަމާ ދަރުބާރުގޭގައި އޮންނާނެ ހަދިޔާއަަކަށްދެނީ ހަންދާން އާކުރާ ޑުރިންކެއް ...... ޔަންމީ ޔަމީ

  4. ފާތުމަ އެޅި ވަގު މިސްކިތް

    ކޮބާތޯ ކޮވިޑް ބަލީގައި މީހުން މަރު ނުވެ ބަލި ކޮންޓްރޯލް ކުރެވުނު ގައުމަކީ.... ބޮލު ރޮދި ކެނޑުނީ މާ ތިކަހަލަ ވާހަކަ ދެއްކޭނެ.

  5. ކަޅުމަންޖެ

    މަސް އޮޑިއަށްރަނގަޅު ވާނެ 500 ޱޮލަރު ދީފަ ކަރަންޓައިން ގަ އިންޱިއާ، ޕާކިސްތާނު މީހުން ގެނެސް ކޮރޯނާ ބަލި ފަތުރަން. ބަލަ ނިސްބަތުން އެކަކު ނިޔާވުމަކީ ވެސް ބި ގައުމަށް ހާދަ ދެރަކަމެކޭ. މަސް އޮޱި އަށް އެންމެ މީހެއްގެ ފުރާން ބައިރުފިޔާ ފޮއްޗަކަށް ވުރެ އަގުދަށް ! ނިކަން ދެކިބަލެ ބުނި އެތި ނިސްބަތުން މަދޯ. ކަލޯ މެންގެ އެއްބަނޱު ތިމާގެ މީ ހަކަށް މި ބަލި ޖެހި މަރުވީމަ ނަގޫޖެހިތާ ބޯޖަހާފަ ދުވާތަން ދެކެން ބޭނުން. 19 ދިވެހިން ޝަހީދު ކޮއްލުމުގެ މޭސް ތިރިޔާ އަށް ހެލްތު މިނިސްޓަރުކަން ހަވާލު ކުރި އިރު ރައްޔަތުންނާމެދު ނުވިސްނާނެ ކަން ދުވާލުގެ އަލިކަން ފަދައިން އިގެން ޖެހޭނެ.ގައުމުގެ ހަރުދަނާ ތަޖުރިބާ ހުރި މީހުން މިދުނިޔެ އާވަކިވެގެން ދާ އިރު އަނގަ ތޭރި ދޮރެއްހެން ހަދައިގެން މިނިސްޓަރު ކަން ބަނޱު ދަށަށް ލައިގެން. އިސްތިއުފާދީފަ ރައްކާވޭ. ކަމުގެ ތަޖުރިބާހުރި މެޱިކަލް ޱރ. އަކާހަވާލުކޮއްފަ.

  6. ނީރާ

    މީ ޖަނަވާރު ސަރުކާރެއް

  7. އަހުމަދު

    ހެހެހެ. ..... ޖަމީލު އެބުނީ ބަރާބަރު ވާހަކަ އެށް. ސަރުކާރު ފެއިލްވީމާ އެކަން ވެސް ނޭންގޭ އެމީހުނަށް....