ހުޅުލެއަށް ފެރީ ވަނުމަށް މިހާރު ބޭނުންކުރަމުންދާ ނެރުކައިރިން ފަޅުތެރެ ހިއްކުމަށް ފަހު އެއްގަމު އުޅަނދުތައް ޕާކް ކުރުމަށް ޕާކިން ޒޯނެއް ތަރައްޤީ ކުރަން ނިންމައިފިއެވެ.

ފެރީ ވަނުމަށް މިހާރު ބޭނުންކުރާ ނެރު ބަންދުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިމަސައްކަތާއެކު ކަނޑު އުޅަނދުފަހަރު ވަނުމަށް އައު ނެރެއް ކެނޑުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ބުރިޖު މަޝްރޫޢާއެކު ގިނަ އެއްގަމު ވެހިކަލްތައް ހުޅުލެއަށް ދަތުރު ކުރާނެކަމަށާއި، އެ އުޅަނދުތައް ޕާކްކުރުމަށް ތަނަވަސް ޕާކިން އޭރިއާއެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށްވެސް ޢާދިލް ވިދާޅުވިއެވެ.

އެގޮތުން މިހާރު ހުޅުލެއަށް ފެރީތައް ވަނުމަށް ބޭނުންކުރާ ހުޅަނގުފަރާތު ނެރު ބަންދުކޮށް އެތަނުގެ ބިން ހިއްކުމަށް ނިންމާފައިވާކަމަށާއި، އެ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެތަން ހިއްކާ އޮގަސްޓަ މަހުގެ ތެރޭގައި ޕާކިން އޭރިއާ ބޭނުންކުރަން ފަށާނެކަމަށްވެސް ޢާދިލް ވިދާޅުވިއެވެ. އަދި އުޅަނދުފަހަރު ވަނުމަށް އިތުރު ނެރެއް ކެނޑުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ޢާދިލް ފާހަގަކުރެއްވިއެވެ.

"ބުރިޖު ނިމޭއިރަށް ވަރަށް ގިނަ ވެހިކަލްތައް އެއަރޕޯޓަށް އެކްސެސްވާނެ. އެހެންވެ ޕާކިން އޭރިއާއެއް ޑިވެލޮޕްކުރުުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދަން. އަދި މިހާރު ނެރެއް ކެނޑުމުގެ މަސައްކަތް ކުރިއަށްދާނެ. އެގޮތުން ހުޅަނގު ފަރާތުގައި އުޅަނދުތައް ވަނުމަށް ބޭނުންކުރާ ނެރު ބަންދުކުރުމަށްފަހު އެތަން ހިއްކައި އެއަރޕޯޓް ޕާކިން އޭރިއާކަމަށް ހަމަޖެއްސުމަށް ވަނީ ނިންމާފައި. ފުދޭވަރަކަށް ބޮޑު ޖާގައެއް ޤާއިމްކުރެވޭނެ. އޭގެ މަސައްކަތް މިމަހުފެށޭނެ. އަދި އައު ނެރެއްކަނޑައި މިމަހު ބޭނުންކުރާން ފަށާނެ. އޮގަސްޓް ނިމެންވާއިރަށް ޕާކިން އޭރިއާ ތައްޔާރުވާނެ" އާދިލް ވިދާޅުވިއެވެ.

މީގެއިތުރުން ބުރިޖު މަޝްރޫއާއެކު ހުޅުލެއާއި ހުޅުމާލެ ގުޅާލާ ހައިވޭ ހަދަމުންދަނީ އެއަރޕޯޓްގައި މިހާރު ބޭނުންކުރާ މަގު އޮތްތަނުގައިކަމަށްވުމުން އިތުރު މަގެއް ހެދުމުގެ ތަރައްޤީކޮށް ވަނީ ނިންމާލާފައެވެ. މިމަގު ތަރައްޤީކޮށްފައިވަނީ ހުޅުލެއާއި ހުޅުމާލެ ހައިވޭއާ އިންވެގެންނެވެ. އެ މަގު ތަރައްޤީކުރުމަށް 18 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވިއެވެ.

ބުރިޖުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރ މަހު ފަހުކޮޅު ނިމޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނުރަބޯ

    މިއީ ތަރައްގީ އަކީ. އިންޑިއާއަށް އެއަރޕޯޓުދީގެން އަމިއްލަޖީބު ބޮޑުކުރުމެއްނޫން.

  2. Anonymous

    މިއީ ތަރައްގީ އަކީ. އިންޑިއާއަށް އެއަރޕޯޓުދީގެން އަމިއްލަޖީބު ބޮޑުކުރުމެއްނޫން ސާބަހޭ ކެނެރީބޭގަޑުމިގައުމްހަލާކްކޮއްލައިފި 2018ރައީސްޔާމިންއިންޝާﷲ

  3. މާރިޔާ

    މިއީ ތަރައްގީ އަކީ. އިންޑިއާއަށް އެއަރޕޯޓުދީގެން އަމިއްލަޖީބު ބޮޑުކުރުމެއްނޫން ސާބަހޭ ކެނެރީބޭގަޑުމިގައުމްހަލާކްކޮއްލައިފި 2018ރައީސްޔާމިންއިންޝާﷲ

  4. ޑުރައިވަރ

    3 މަސް ނުވާނެ ތިހިއްކަން ބުނިތަނުން ބައެއް ހިއްކާފަ ށީޓު ޕައިލް ކުރިފަހުން، ކިހާބޮޑު ވޭސްޓެއް ތޯ؟ ދުރު މުސްތަގުބަލުގެ ޕްލޭނެއް ނެތީތޯ؟؟

  5. މަލަކުރި

    ވީމާ ދަތުރުގައި ނެތް ކޮންމެ ވެހިކަލެއް އޮންނަންވާނީ މި ހެދޭ ޕާރކިން ޒޯނުގައިތާ މުޅިން ރަނގަޅު އޭރުން މާލެތެރެ ހިނގައި ބިގާ އުޅޭން ވަރަށް ފަސޭހަވާނެ ކަމަށް ފެނޭ. އަދި ސަރުކާރަށް އާމްދަނީ އިތުރުވެގެން އަންނާނެ ޕާރކިންގ ފީއިން

  6. ސާރާ

    މީއީ މީސަރުކާރުގައީ ޕުލޭނީން ކުރުމުގެ ގާބީލީއްޔަތު ބަލީކަން ދައްކުވައީދޭ ނީޝާނެއް.. އެއްދުވަހު އީމާރާތް ކުރާނެ އަނެއް ދުވަހު ބަދަލުގެނެސް ކޮންނާނެ.. އަނެއް ދުވަހު ހީއްކާފަ ފަސް އަޅާނެ.. ދެން މީހެން ގޮސް އަކުންބަކުން މުޅީންވެސް.

    • ނަސީމް

      ތީވަރައްބޮޑުއޮޅުމެއް އެއީމާލޭގަދަތުރުކޮއްފަޕާކު ކުރަންދާންއޮނނަތަނެއްނޯން ޕަސިންޖަރުންގޮވާގެއެރޕޯޓައްއަރާއުޅަދުތައްޕާކުރާ ޕާކިންނިޒާމެއްގެވާހަކަ

  7. ބަވަނަ/މާލެ

    ތަރައްގީ ގައިމު ހަބޭސް ސަރުކާރު ތަރަށްގީ ތަރަށްގީ މުޅި ގައުމުގަވެސްތަރަށްގީ ޝުކުރިއްޔާ ރައީސް ޔާމީން 2018ޔަގީން .......

  8. ނަސީމް

    ތަރަގީއަކީކަޑަޖެހުމެއްނޯ އަމަލުންއެކަންދެއްކުނ