އިންޓަނެޓުގެ އަގަށް ގެނައި ހެޔޮ ބަދަލުތަކާއެކު ދަރިވަރުންގެ ކިޔެވުމަށް ވެސް ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އިންޓަނެޓުގެެ އަގު ހެޔޮކުރުމަށް ރޭވިފައިވާ ގޮތް މިއަދު ސަރުކާރުން ހާމަކުރުމާ ގުޅިގެން މިނިސްޓަރު އައިޝަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އިންޓަނެޓުގެ އަގަށް މި ގެނެވުނު ހެޔޮ ބަދަލުތަކާ އެކު ދަރިވަރުންނަށް އޮންލައިން ކުލާސްތައް އެއްވެސް ދަތިކަމެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މި ބަދަލުތަކާ އެކު ޓީޗަރުންނާއި ދަރިވަރުންނަށް ކިޔަވައި ދިނުމަށް ފަސޭހަތަކެއް ލިބޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ބަދަލުގެ ސަބަބުން ކުރާ ހެޔޮ އަސަރުތައް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު އައިޝަތު ވަނީ ވިދާޅުވެފައެވެ.

އަގަށް ގެނައި ހެޔޮ ބަދަލަކީ ބްރޯޑްބޭންޑްގެ އެންމެ ދަށް ސްޕީޑަކީ ދެ އެމްބީޕީއެސް ކަމަށް ކަނޑައެޅުމެވެ.

މިއަގުތަކަށް ބަލާއިރު ބްރޯޑްބޭންޑް އިންޓަނެޓުގެ 30 ޖީބީ ލިބޭނީ 250 ރުފިޔާއަށެވެ. އެއީ 25 އެމްބީޕީއެސްގައެވެ. މިޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ ދެ އެމްބީޕީއެސްއެވެ. 100 ޖީބީ ލިބޭނީ 500 ރުފިޔާއަށެވެ. އެއީ 15 އެމްބީޕީއެސްގައެވެ. މި ޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ ފަސް އެމްބީޕީއެސްއެވެ. އަދި 200 ޖީބީގެ އަގަކީ 700 ރުފިޔާއެވެ. އެއީ 25 އެމްބީޕީއެސްގައެވެ. މި ޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ ވެސް ފަސް އެމްބީޕީއެސްއެވެ.

ސަރުކާރުން ވިދާޅުވީ މިބަދަލުގެ ސަބަބުން އިންޓަނެޓް ޚިދުމަތްތައް ބޭނުންކުރާ ގިނަ ފަރާތްތަކަށް (%60 - %75) މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެ ކަމަށެވެ. މިބަދަލާއެކު އިންޓަރނެޓް ޕެކޭޖްތަކުގެ ތްރޮޓްލް ސްޕީޑް ދެގުނަ އަދި ފަސްގުނަ މަތިވެގެންދާނެ ކަމަށް ވެސް ސަރުކާރުން ވިދާޅުވެއެވެ.

ސަރުކާރުން ވަނީ މޮބައިލް އިންޓަނެޓުގެ ހިދުމަތަށް ގެނައި ބަދަލުތައް ވެސް އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮވިޑް

    ގެނައި ބަދަލޭ އަދި ނުބުނެވޭނެ ގެންނާނެ ކަމުގެ ދަޅަދައްކާފައިވާ ބަދަލް ނޮޓް ގެނަ ބަދަލް. މީ ދަޅަ ދައްކާ ރައްތަޔަތުން ގުނބޯ ހައްދާ ސަރުކާރު . އާދޭސް ކޮށްފަ ބުނަން ބުނޭ ގެންނަން ކިޔާ ބަދަލޭ ނޮޓް ގެނައި އޯކޭ؟

  2. ޙަސަނު

    މީނަ ކައިރީ ބުނެބަލަ އިސްތިއުފާ ދީބަލާށޭ، ނުވިނުން ހޭ ތިކަމެއް

  3. ދަރިވަރު

    ދެން ފަސޭހައިން ނުވަންނަން ޖެހޭ ސައިޓް ތަކައްވެސް ވަދެވޭނެ ދަރިވަރުންނަށް

  4. ޢަހު

    ހަމަ އެކަނި ދިރާގު ނަމްބަރުތަކަށް ޑާޓާ ދިނުމާށް ހެދުނު ޑީލް ފެއިލް ވީމާ ކޮންމެވެސް އެއްޗެކޭ ކިޔަނީ. ޙުރި ނުބައިކަން ބަލަބަލަ.

  5. ނާޅި

    ރައްޔިތުންނަށް އެންމެ އުދަގޫ ތަކުލީފް ޖައްސާ މިނިސްޓުރީ، ހިދުމަތް ދިނުމުގެ ނަމުގައި ބޭކާރު ކަންކަން ބެލެނިވެރިން ލައްވާ ކުރުވާ ތަނެއް، !

  6. ނޯ ވޭ

    މަާލެ އަށް ދެއްތޮ

  7. ލލ

    ޑޭޓާގެ ނަމުގައި ދޭ އެތި ނެގީ ޕޭރެންޓުންގެ ބިލް ކުރިއްޔަށް ވުރެ ބޮޑުކޮށްލާފަ ބިލްހަދާފަ ބުނަނީ ޑޭޓާ ޔޫޒުކުރީމާ ބިލް ބޮޑުވަނީޔޯ !

    • މިދިޔަމަހު

      3100 ވުރެގިނަ

  8. މިނިސްޓަރ

    ހޫން. މިނިސްޓަރު ތިހެން ނުބުންޏަސް އަހަރުންނަށް ވެސް އެނގެއޭ ފަސޭހަވާނެ ކަން 🙄