އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަކީ އައްޑޫއަށް ލިބޭ ކުރިއެރުމެއް ކަމަށާއި އައްޑޫގައި ކޮންސިއުލޭޓް ހުޅުވާ ކޮންމެ ގައުމަކަށް ވެސް އެ ކަމަށް މަރުހަބާ ވިދާޅުވާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ހާމަކުރައްވައިފިއެވެ.
އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމަށް ފާސްކުރީ އިންޑިއާ ސަރުކާރުގެ ކެބިނެޓުންނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އެ ކަމާ މެދު ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
މި ކަމާ ގުޅޭ ގޮތުން އައްޑޫގެ މޭޔަރު "ވަގުތު" އަށް ވިދާޅުވީ ބައިނަލް އަގްވާމީ ގުޅުންތައް އައްޑޫގައި ގާއިމް ވުމަކީ އައްޑޫއަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އިންޑިއާ ފިޔަވައި އެހެން ގައުމުތަކުން އެ ކަން ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މަރުހަބާ ވިދާޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމަކީ ވެސް އެހެން ގައުމުތަކުގެ ކޮންސިއުލޭޓް ހުޅުވަން ލިބޭ ފުރުސަތެއްގެ ގޮތުގައި ނިޒާރު ދެކެވަޑައިގަންނަވައެވެ.
"އަޅުގަނޑުމެން އެދެނީ ވީހާވެސް ގިނަ ގައުމެއްގެ ކޮންސިއުލޭޓް، ދުނިޔެއަށް އައްޑޫ ހުޅުވާލަން ބޭނުމީ،" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވި ގޮތުގައި، އަވަށްޓެރި ސްރީ ލަންކާއާއި، ބަންގްލަދޭޝްގެ ކޮންސިއުލޭޓް ވެސް އައްޑޫގައި ހުޅުވުމަށް ކައުންސިލްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ ކަމަށް ސަރުކާރުގައި ކައުންސިލްގެ ފަރާތުން އެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ގަމުން ބައިނަލްއަގްވާމީ ދަތުރުތައް ކުރާ އިރު، އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދައި ދިނުމުގައި ވެސް ކޮންސިއުލޭޓުން މުހިންމު ދައުރެއް އަދާކުރާނެ ކަން ނިޒާރު ފާހަގަކުރެއްވިއެވެ.
"އައްޑޫގެ ގިނަ ރައްޔިތުން މިކަމާ ދެކޮޅެއް ނޫން"
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމާ ދެކޮޅަށް "ސޭވް އައްޑޫ، އިންޑިއާ އައުޓް" ގެ ނަމުގައި މީސް މީޑިއާ ކެމްޕޭނެއް ވެސް ވަނީ ފަށައިފައެވެ. އޭގެ ތެރޭގައި އައްޑޫއަށް އުފަން، ސަރުކާރާ ޚިޔާލު ތަފާތު ގިނަ ބަޔަކު ވެސް ހިމެނެއެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި އައްޑޫގެ ގިނަ ރައްޔިތުން އިންޑިއާގެ ކޮންސިއުލޭޓް ގާއިމް ކުރުމަށް ދެކޮޅެއް ނޫނެވެ. އެ ކަމާ ދެކޮޅަށް މީސް މީޑިއާގައި އަޑުއުފުލާ ވާހަކަ ދައްކަމުން ދަނީ، ނިޒާރު ދެކެވަޑައިގަންނަވާ ގޮތުގައި، ސިޔާސީ ބޭނުމަކަށް ނުބައި ތަސައްވުރެއް އުފެއްދުމަށް މަސައްކަތް ކުރާ ބަޔެކެވެ.
"މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވެސް އަޅުގަނޑުމެންގެ ހުރިހާ ކައުންސިލަރުން، ޕީޕީއެމްގެ ކައުންސިލަރުން ވެސް ތާއީދު ކުރޭ މި ކަމަށް، އަޅުގަނޑުމެން އެދެނީ ވީހާ ވެސް ގިނަ ގައުމުތަކެއްގެ ކޮންސިއުލޭޓް އައްޑޫގައި ހުޅުވަން،" ނިޒާރު ވިދާޅުވިއެވެ.
"ސޭވް އައްޑޫ" މި ހޭޝްޓެގްގައި މީސް މީޑިއާގައި ޕޯސްޓް ކުރަމުން ދަނީ، މީގެ ކުރިން ވެސް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ވެފައިވާ ބައެއް އެއްބަސްވުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް "އިންޑިއާ އައުޓް" ގެ ކެމްޕޭނެއް ކުރަން ފެށި ޒުވާނުންނެވެ.
އައްޑޫގެ ގިނަ ޒުވާނުން ވެސް ދަނީ މި ކެމްޕޭންގައި ބައިވެރިވެ ޓްވިޓާގައި އަޑު އުފުލަމުންނެވެ. މި ގޮތުން އެ މީހެއްގެ ނަން ފުރަތަމަ ލިޔުމަށް ފަހު، އެއީ އައްޑޫ ރައްޔިތެއް ކަމަށް ލިޔެ އައްޑޫ ރައްޔިތެއްގެ ހައިސިއްޔަތުން އެކަމާ ދެކޮޅު ކަމަށް ގިނަ ބަޔަކު ޓްވިޓާގައި ލިޔެފައިވެއެވެ.
"އިންޑިއާ އައުޓް" ގެ ކެމްޕޭނުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ބައިވެރިވިއިރު، "ސޭވް އައްޑޫ" ގެ ހޭޝްޓެގާއެކު އެ ކޯލިޝަންގެ އިސް ބޭފުޅުންތަކެއް ވެސް ގެންދަވަނީ ޓްވިޓާގައި ޚިޔާލު ފާޅު ކުރައްވަމުންނެވެ.
ނިޒާރު ވިދާޅުވި ގޮތުން ނަމަ، އިންޑިއާއާ މެދު ޚާރިޖީ ގުޅުން ވަރުގަދަ ކުރަން ދެކޮޅު ބަޔަކު ނުވަތަ އެ ކަމަށް ނަފުރަތު ކުރާ ބަޔަކު އައްޑޫގައި ނެތެވެ. އައްޑޫގައި އޮތް ސިޔާސީ ފިކުރު ވެސް އިންތިޚާބުތަކުން ފެންނަން އޮތް ކަން ނިޒާރު ވިދާޅުވިއެވެ.
ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ގާތް ގުޅުމެއް ބާއްވަވަނީ އިންޑިއާއާ އެކުގައެވެ. ދެ ސަރުކާރު ދެމެދު ގިނަ އެއްބަސްވުންތަކެއް ވެސް ގާއިމް ކޮށްފައިވެއެވެ.
އިންޑިޔާ މީހުން އައިސް ދުވަސްދުއްލާނީ އެންމެ ފުރަތަމަ ނިޒާރުމެންގެ! ބަލަންހުންނާތީ ތިޔަކަހަލަ ގައްދާރުންނަށް ހަދާނީ މިގޮތް!
މިހާރު ވެރިކަމުގަ ތިބި ބަޔަކު ފިލަންޖަހާ އައްޑާއެއްތީ، ދިވެހިރާއްޖޭގެ ގާނޫގެ ބާރު ނުހިގާ ތަނެއް އައްޑޫގައި އިންޑިޔާގެ އަވަށެއް ހަދަން ތި އުޅެނީ. ޥެރިކަން ނިމި ދައުވާ އެއްކުރާރަށް އަނބިދަރިން ގޮވައިގެން ގޮސް ތިތަނަކަށްވަދެ 5 އަހަރުވަންދެން އޮތީމަ އެނިމުނީ. ޢެހެންވީމަ ނިޒާރައްވެސް އޯކޭވާނެ ދޯ
ތިބޭފުޅާ އަކަށް ވެސް އަށްޑޫ ރައްޔިތުންގެ މަތިން އެއްވެސް ކަމެއް ނުކުރެވޭނެ އެހެން ހީފުޅު ނުކުރައްވާތި އަށްޑޫ ރައްޔިތުންގެ އަޑުއަހަން ވާނެ.
ނިޒާރޫއިންޑިޔާ ހެޔޮއެދޭނަމަ ވިސާ ފްރީ ކޮށްދިނީމަ ނިމުނީދޯ. އަދި އަބަދު އަހަރެމެން ޓްރިވެންޑްރަމަށް ބޭސްފަރުވާއަށް ދާންޖެހޭތަ. އަހަރެމެންގެ ގައުމުން އެ ޙިދުމަތްތަށް ލިބޭނެގޮތް ހަދަންވީނު. އިންޑިޔާއަށް މޮޅުހޯދައިދޭންވެގެން ކުރާކަމެއްގައި ދިވެހިންނަށް އޮތީ ކޮންފައިދާއެއް. ނިޒާރޫ މަލިކު މީހުން އުޅޭހާލު ބަލާބަލަ. އަދި ކަޝްމީރު މީހުން އެތިބީ ބިރިޔާނީކާން ދޯ. ފަލަސްތީނުގެ ޒުވާނުން އަޒްރާއީލާ ދެކޮޅަށް ގާއުކާ ގޮތަށް އައްޑޫ ޒުވާނުން ގާއުކާ ދުވަސް ދުރެއްނޫން.
އަތްބެއް، ދަރިއެއް، ފިރިއެއް، މޭޔަރެއް ކިޔާނެކަމެއްނެތް އައްޑޫގަ ނުތިބޭނެ ބުރިކަށީގަ އަގުނުޖަހާ އެކަކުވަސް! މިފަދަ ބަޔަކު އުޅޭތާކަށް ކޮންމެބަޔަކުވަސް ހަދާނީ ހަދާނެއެއްޗެއް! މޯދީ ބައްޔާ މިފަހަރު ހޭ ހަދަލާތި! "ކޮލުދަތް" ކޮޅާއެކީ އުފުރާލާތީ! ތިބެދާނު ފަހުން ހޭރިހޭރި!!
ނިޒާރުގެ ލަދުޙަޔާތް ކުޑަކަމުގެ ބޮޑު ކަމާއިއެވެ.
ބަލަ ޤައުމެއްގައި ކިތައް ކޮންސުލޭޓް ހުރީމަތަ ކޮންސްލޭޓް ހުރިކަމަށް ވަނީ.
އިންޑިޔާ ނޫނަސް އެހެން ެެެެެެަެެެެެެެެަެެެެެެެެަެެެެެެެެަެެެެެެެަެެެެެެެެަެެެެެެެެަެެެެ ޤައުމު ތަކުން ވެސް ރާއްޖެގެ ހުރިހާ ރަށެއްގައި ކޮންސްލޭޓް އަޅަން ވެއްޖެއްޔާ ކޮބާ ސަލާމަތެއް. ކޮބާ މިނިވަންކަން.
އައްޑުއައް އިންގިރޭސީން ވެރިވެގަންނައް މަސަތްކަތްކުރިއިރުވެސް އޭރުތިބި ނިޒާރުމެންކަހަލަމީހުން ގޮވީހަމަތިޔަފަތިވަރު އެންމެފަހުން އިންގިރޭސީންގެ އަތްދަށުންސަލާމތަވީ އެތައްގުރުބާނީއެއްވެގެން
ކަލޭ މޮޔަނުވޭ ތިޔައީ އަޅުވެތިކަން ފެށުން !
ފެލިފެލި ތިބެންޖެހޭނީ ތިކަމެއްނުވާނެ
އޭ ފޭރޭ ތިކަމެއް ވާކައް ނެތޭ މީދިވެހިންނޭ ނުލަފާކަން ދައްކާލަންވީދޯ
ނުވާނެތިކަމެއް އަމިއްލަގައުމް ރަގަޅުކުރޭ ރޭޕިސްޓް
ނެތޭތިކަމެއްވާކައް މީދިވެހިންނޭ
ހުދު ނިޒާރުވެ ސް ބޭނުނުމެއްނޫން އިންޑިޔާ ކޮން ސިއުލޭޓް ގާއިމް ކުރާކަށް އެކަމަކު ޕާޓީ ސަޕޯޓު ކުރާކަމެއްވީމަ އާއެކޭ ބުނުން ނޫން އިތުގޮތެއްނެތީ
ޢަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މޭޔަރު ތިވިދާޅުވާ ތަރައްޤީއާއި ކުރިއެރުން ހޯދަން މަސައްކަތް ކުރަންޖެހޭނީ އަޅުގަނޑުމެން އަމިއްލަ ނިންމުމަކުން، އިސްރާއީލް މީހުން ފަލަސްޠީންގެ ބިން މިލްކުކުރަމުން އެ ގެންދާ އުޞޫލުން އިންޑިއާގެ ބައްދަލުވުމަކުން ކޮންސިއުލޭޓް ޤާއިމްކުރަން ނިންމާފައިވާ ނިންމުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއް، އައްޑު ސިޓީގެ މިއުޒިއަމެއް އިންޑިއާގެ އާގަރާގައި ބަހައްޓަން ތިޔަ ކައުންސިލުން ކަނޑައަޅައިފިނަމަ އިންޑިއާ މީހުން މަރުޙަބާ ކިޔާނެތޯ ؟
ތިތާ ތިބީ 10 ކައުންސިލަރުން ކަމަށްވިޔަސް އެއީ މުޅި އައްޑޫގެ ވިސްނުމެއްނޫން. ޢެއީ ތިތާ ތިބި މީހުންގެ ވިސްނުން.
ޢައްޑޫ މީހުންގެ ވިސްނުން އިނގޭނީ އެކަމަށް ވޯޓެއް ނެގުމުން.
ޏިޒާރު....... ވިސްނާ ފިކުރުކުރަންވީ ބޭރު ޤައުމެއްގެ އަޅުވެތިކަމުގައި ތިބުމަކީ ކުރިއެރުމެކޭ ބުނަން ލަދުގަންނަންޖެހޭނެ. މިހާރަށްވުރެ މާޙާލަތު ދަށުގަ އޮތްއިރުގަ މާ ހިތްހަމަޖެހޭ. ރާއްޖެ އަކީ މިނިވަން ޤައުމެއްކަމުގެ ހިތްހަމަޖެހުން. ލޯނެއް ނަގަންވިޔަސް އިންޑިއާގެ ހުއްދަ ލިބިގެންނޫނީ ލޯނު ނުނެގޭ ހިސާބަށް ގޮއްސަ ރާއްޖެ މިއޮތީ، ފާއިތުވެދިޔަ 55 އަހަރަކީ ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަމުގެ އުފާލިބުނު. ކުރިއަށް އޮތީ ކަނު އަނދިރި ދުވަސްތައް والله أعلم
މަނިކުފާނު ޔާމީން ތިކަން ކުރިނަމަ ހަމަ ތިހެން ވިދާޅު ވީސްތޯ!! ކޮންމެބޭފުޅެއްވެސް އިޙުލާސްތެރި ވަނީ ހަމަ އެކަނި އެބޫފުޅެއް ޤަބޫލު ކުރާ ސްޕިރިޗުއަލް ލީޑަރަށް އަދި ޕާޓީއަކަށް..
އައްޑު މީހުން މޮޔަ. ބަލާބަލަ އިންޑިޔާގެ އަނިޔާވެރިކަން. 97 ޕަސެންޓް މުސްލިމުންގެ އާބާދީ އޮތް ލަކްޝަދީޕްގައި މަސްކެއުން މަނާ ރާ ހުއްދަ. އަމިއްލ ގެދޮރު ދައުލަތަށްނަގާ. ކުށެއްނެތިވެސް 1 އަހަރު ބަންދުގައި ބެހެއްޓޭ. މިހުރިހާ ޖަރީމާއެއް އިންޑިޔާއިން ހިންގާއިރު. ޔޫއެން. އީޔޫ..އެމްނެެސްޓީ އެމެރިކާ ފެންމ ކަމަށް ހަދާތަ؟ އައްޑުއަކީ ސުވަދީޕަށް ހަދާ އިންޑިޔާގެ ތަނަކަށް ބަދަލުކޮށް ލަކްޝަދީޕަށް ޖެއްސި އަނިޔާވެރި ދަންތުރަ ޖެއްސިއަސް ދުނިޔޭގެ އެއްވެސް ބަޔަކު އަޅާވެސްނުލާނެ. އައްޑޫ ރައްޔިތުން އަޅުވެތިވާނީ!
މިލާދީނީ ނުކުޅެދޭ ސަރުކާރަކީ ދިވެހިގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރިބިރެކޭ ޢަބަދުވެސް ކިޔަނީ ބޭރުގެ އަޅުވެތިކަމަށް ގެންދިއުމަށް ކެޑިނޭޅި ދަނީ މަސައްކަތްކުރަމުން މާރިޔާއާ ސާލިހު ކެރަފާ ނަސީދު ހައްޔަރުކުރޭ
މިކަހަލަ ގަމާރުން ތަންތާންގެ ވެރިންނައްވީމާ ވާނެހައެތި މިފެންނަނީ
ކަލޭ ދުނިޔޭންމޮޔަވީތަ މަގާމުގެދަހިވެތިކަމުގައި ތިކަހަލަވާހަކަނުދައްކާށެވެ. ތިޔައަށްޑޫ ދެވަނަ ކަޝްމީރަށް ނުވަތަ ފަލަސްތީނަށް ވެގެންދާދުވަސް މިއަދުގެ ކުޑަކުދިންނަށް ނުވަތަ ދުނިޔޭގަތިބިބަޔަކަށްފެނިގެންދާނެ އެދުވަހުން އަށްޑޫމީހުންތިބޭނީ ކަރުނަބާލަން
ނިޒަާރު ތައް މެޭޔަރ ކަން ދިން މިީހުންނައް ސަާބަސް
ކޮންސިޔުލޭޓަކީ އެގައުމެއްގެ ރައްޔިތުންނަށް ދިމާވާ ކަންކަން ހައްލުކުރަން ހުންނަތަނެއް ނޫންބާ! ޢިންޑިޔާގައި ހުންނަ ދިވެހި ކޮންސިޔުލޭޓުން ވެސް ކުރަނީ އެކަން! ޢިންޑިޔާރައްޔިތުން ތަކެއް އަޅާލަން ކައިރިވަނީ ކަމަށް ބެލެވޭ! ޥޯރާއިންނަށް ވާނީ!
މިހާރުވެސް މަދެއްނޫން. ޕޮލިސް އެކަޑަމީއޭ ކިޔާފަ 1 ކިލޯމީޓަރަށް ވުރެ ބޮޑު ތަނުގަ ހުސް ފެމިލީ ކުއާޓާރސް އެހެރީ އަޅާފަ ގޮސް ބަލާބަލަ ދޮގެއްތޯ. ނުވިތާކަށް ގޭގެ ކުއްޔައް ހިފާގެން މިހާރުވެސް މަދެއްނޫން އިންޑިއާ ޖާސޫސުން ތިބިލެއް. އައްޑޫ މީހުން ދަންނަ ބޮޑު ސިއްރެއް މީވެސް
އިންޑިޔާ އިން ބޭނުންވަނީ ވެސް ތިކަހަލަ ޕަޕެޓެއް. ކައުންސިލަކަރައް ނޫނީ މޭޔަރަކައް ހުންނަން. މުޅިދ ދުނިޔެއައް ބެލިޔަސް 30،000 ވަރުގެ އާބާ ދީއެއްގަ ގައުމެއްގެ އެންބަސީއެއް ނޫނީ ކޮންކިއުލޭޓެއް ހުޅުވަން ބޭރުގައުމަކުން ނިންމާނީ ލައްކަގިނަ ސިއްރު އޭގައެކުލެވިފައޮތީމަ.
އަނެއްކާ އަނެއްގަމާރު ކަމަކާ ހަވާލުވީ ކޮންސިއުލޭޓް ގެ މާނަ މި ބުރަންވައް އެނގޭބާ
ނިޒާރޫ ނިޒާރޫ ނިޒާރޫ . އައްޑޫ ގިނަ ރައްޔިތުންނޭ ނުކިޔާ ގިނަ ރައްޔިތުން ތިކަމާ ދެކޮޅުވާނެ.
ނިޒާރު ހައު ދަހައި އަވަހަކަށް ހަނ ދާން ނެތެނނެއި ނިޒާރު ތޭ މިޅި އައްޑޫ ސިޓީ ނުން.
ނާގާބިލު ބޯބުރާންތި ރައްޔަތުންގެ ފައިސާއިން 40000ރ ދިނީމަ ތީތަ ޝުކުރު ވެރިވާ ގޮތަކީ އައްޑޫ ރައްޔިތުން އަޅުވެތި އެއް ނުކުރެވޭނެ. .ހާއްސަކޮށް ގެރިމޯ ދީ އަކަށް އައްޑޫ އައްޑޫއިން ޖާގައެއް ނެތް..ކަލޭތީ ކާކު އައްޑޫ މީހުންގެ މަތިން ބަސްބުނަން..އަހަރެމެންނޭ ކަލެޔަށް ކާންދ ދެ ނީ އޮޅުނީތަ . ؟
ޕްލޭނަކޯ ސުވަދީބް. ތަރައްގީއެއްނޭން އަޅުވެތިކުރުމެއް. ތަރައްގީކުރާނަމަ އަތުން ބީވެގެން ދިޔަ މަލިކު އޮންނާނީ ތަރައްގީވެފަ. އެންމެ ކުޑަމިނުން ޑޯނިޔާ ފްލައިޓެއް ޖައްސާލާނެ ގޮތެއްވެސްނެތް. އަދިވެސް އެމީހުން ދަތުރުކުރަނީ މިމީހުން ޕްރޮމޯޓް ކުރާ ފެރީގަ. ގަމާރުވެފަ ނޫނީ އެބަޔަކައްލިބޭ ކުޑަކުޑަ ފައިދާއައްޓަކާ، ތިފަދަމީހުން އަދި ދަރިންވެސް ވިއްކާނެ
ވ ނުބައިރޭވުންތަކެއް މިރާވަމުންދަނީ. ހިތަންއަރާ އައްޑޫމީހުން މިކޯ ތިބީ މޮޔަވެފަބާއޭ. އެންމެ ފުރަތަމަ އާ ސުވަދީބުގަ ވެރިކަންކުރަން އުޅޭމީހާގެ އޮފީސް. ދެން ނެގީ ބޮޑު ދިދަ. މިހާރު ކޮންސިއުލޭޓް އޮފީސް. މާދަމާ އެތަން ވެރިކަން ބަދަލުވާއިރައް އެންބަސީއަކައް. ދެން ވަކި ދައުލަތެއްހަދާ ގައުމައް ގައްދާރަކު ލައްވާ ހުވާކޮއް ވަކި ދައުލަތެއް ހަދާފަ އައްޑޫ އާބާދީގަ ތިބި 15 ވަރަކަން ހާސްމީހުންނައްވުރެ އިތުރައް އެކަކު ނަމަވެސް ގެނެސް ވޯޓަކުން އިންޑިޔާގެ ތަނަކައް ބަދަލުކޮއްލުން. ދެން ފަހަރަކުރަށެއް އަތޯޅެއް ފޭރިގަތުން. އިޒްރޭލައް ވުރެ 6 ގުނަ ނުބައިވާނެ. މިނުބައި ރޭވުންތަކުން މިގައުސަލާމަތްކުރަން އެންމެން ތެދުވަންވެއްޖެ.
ބޭރު ގައުމުތަކުގަ ހުންނަ ޜާއްޖޭގެެެ ކޮންސިއުލޭޓް ތަކުގެ ބޭނުމަކީ އެގައު މެެއްގަ އުޅޭ ދިވެހިންނަށް ކަންތައްތައް ފަހި ކޮށް ދިނުން. އައްޑޫގަ އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމުގެ ބޭނުމަކަށް ވާނީ މަހިތުން ގިނަ އަ ދަ ދެއްގެ އިންޑިއާ މީހުންތަކެއް އައްޑުއަށް އައުން
އެމްއެމްޕީއާރުސީގެ މައްސަލައިގަ ނަގޫ ފިތޭނެކަން ޔަގީންވީމާ ދެން ލާދީނީ ބައިގަނޑު ބޭނުންވާ ގޮތަށް ނިޒާރުވެސް ޖެހޭނީ އަނގަ ތަޅުވަން،، ބޮޑު މަންޒަރަށް ބަލަމާ!!
މިއީ ކޮންއެއްޗެއް ކިޔައިގެންހުރި ޖާހިލެއްބާ! ނިޒާރު ކަލޭ ހީކުރާގޮތްދޯ! ނިކަންހަދާލަބަލަ އިންސީޔާގެ ސިފައިން ތިބޭނެތަނެއް! ވާއެއްޗެއް އެގިދާނެތާ!
އިންޑިޔާ އިން މީހުންގެނެސް އައްޑޫގަ ވަޒަންވެރިކުރަން ނިޒާރު ބޭނުންފުޅުވަނީތޯ؟ ކޮންސިއުލޭޓް އޮފީހެއްގާއިމުކުރަންއުޅެނީކީ އައްޑޫރައްޔިތުންނަށް ހިދުމަތެއްދޭކަށް ނޫން. އައްޑޫގަ ތިބޭ އިންޑިޔާ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް . އައްޑުގަ އުޅެނީ ހައްތަވެސް އިންޑިޔާގެ ރައްޔިތުންތޯ؟ އަދި ނިޒާރަކީ އިންޑިޔާގެ ރައްޔިތެއްތޯ؟ ޖަވާބު ދެއްވަބައްލަވަ.
ނިޒާރުމެން އައްޑޫ ކައުންސިލްގެ މެޖޯރިޓީން ނިންމަންވީ އިންޑިޔާގެ ޓްރިވިނަންދަޕޫރަމްގެ މެޑިކަލްކޮލެޖް އޭރިއާއަކީ ދިވެހިންގެ ސަހަރެކޭ. އެކަމަށް އިންޑިޔާގެ ކެރައްލާ ސަރުކާރުން ރުހޭނެތޯ ނޫންނަމަ މައިސަރުކާރުން ރުހޭނެތޯ؟ ނިޒާރު އެދުން ބޮޑުވިއަސް ތިމާ ދޫކޮށްނުލެވޭނެ ކަންކަން ހުންނާނެކަން ދަންނާށެވެ. ގައުމުގެ އިސްތިގުލާލާއި މިނިވަންކަމަށް ބުރުލެއްއަރާފާނަ އެންމެހައި ކަންކަމުން އަބަދުވެސް ތިބެންވާނީ ސަލާމަށްވެގެންނެވެ. އެފަަދަކަމަށް އާބަސްބުނެގެން ނުވާނެއެވެ. އެނޫންނަމަ އާޙިރުގައި ތިމާވެސްވަނީ އަޅަކަށެވެ. ގައުމެއް ނުވަތަ އަތޮޅެއް ތަރައްގީކޮށް ތަހުޒީބުކުރާކަށް ބޭރުގައުމުތަކުގެ ކޮންސިއުލޭޓަރުންނަށް ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޯންނާނެއެވެ. ކޮންސިއުލޭޓަރުތަކުން ކުރާކަމަކީ އެކޮންސިއުލޭޓަރު ނިންބަތްވާ ގައުމުގެ މީހުނަށް އެގައުމަކުން ކޮށްދޭންޖެހޭ ކަންކަމަށް މަގުފަހިކޮށް އަވަސްކޮށްދިނުމުގެ ޙިދުމަތެވެ. ދިވެހިރާއްޖޭގެ ޓްރިވިންޑްރަމްގައި ހުރި ކޮންސިއުލޭޓަރުން ދިވެހިންނަށް ކޮށްދޭކަމެއްވެސް ނޯވެއެވެ. އެތާތިބޭ ވެރިންކުރާ ކަމަކީ ކައިގެން ނިދުމެވެ. އެހެންކަމުން އިންޑިޔާގެ ކޮންސިއުލޭޓަރެއް ރާއްޖޭގެ ރަށްރަށުގައި ހުޅުވަންވީއެވެ. ބަހަނާއަކަށް ހުޅުވަނީ ތަރައްގީކުރުމަށޭ ނުކިޔާށެވެ. މައުމޫނުގެ ދިގުޒަމާނުގައި ރާއްޖެތަރައްގީނުވެ ކަންޒުކަހަނބު ލެވެލްގައި އޮންނަން ޖެހުނީ އިންޑިޔާގެ ބަހަށް މައުމޫނު ކަންކަން ކުރީމައެވެ. މިސާލަކަށް ރާއްޖޭގެ އާބާދީ ކޮންޓްރޯލް އޭރު ކޮންޓްރޯލް ނުކުރިނަމަ މިއަދު ރާއްޖޭގެ އާބާދީއުޅޭނީ މިލިއަނަކަށްވުރެ މަތީގައެވެ. އޭރުން އެއާބާދީގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސްކޫލްތަކާއި ސިއްހީހިދުމަތްދޭތަންތަނާއި އިދާރީ ހިންގުމަށް ބޮޑެތި ބަދަލު ގެންނަން މަޖުބޫރުވާނެއެވެ. އާބާދީ ކުޑަވުމުން މިދެންނެވި ހަރަދު ނުކޮށް 30 އަހަރު ވަންދެން އޭގެ ނާޖާއިޒު ފައިދާ ނަގައިގެން ރަސްކަން ކުރުމުގެ ފުރުސަތު ލިބިގެންދިޔައެެވެ. މީގެ އިތުރުން އާބާދީ ކޮންޓްރޯލް ނުކުރިނަމަ ގައުމަށްބޭނޫންވާ ކެޑަގަރީތަކުގެ ލޭބަރުން ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. އާބާދީ ކޮންޓްރޯލް ކުރުމުން މައިގަޑު އާއިލާތަކުން ހޯދީ 1 ކުއްޖެކެވެ. ދެންބެލީ އެކުއްޖާއަށް ޒަމާނީ ތައުލީމު ހޯދާދިނުމަށެވެ. އާއިލާއެއްގައި ގިނަކުދިންތިބިނަމަ ހުރިހާ ކުދިންނަށް ޔުނިވަރުސިޓީ ތައުލީމު ހޯދާދޭހާ ފުދުންތެރިކަން ނެތުމުން ބައެއް ކުދިން މަތީތައުލީމަށް ނުގޮސް ވަޒީފާގެ ބާޒާރު ހިޔާރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ލިބޭ އެއްޗަކުން ދެކޮޅުނުޖެހޭ އާއިލާތަކުގެ ދަރިން އެންމެ އާދައިގެ އޮޑްޖޮބްތަކަށް ދިއުމަކީ މައްސަލައެއްކަމުގައި ނުދެކޭނެެއެވެ. ޔުނިވަރުސިޓީތަކުން މަތީ ފާސް ހޯދާއިގެން މުނިސިޕަލްޓީގެ މަސައްކަތަށް ދާން އެއްވެސް ބެލެނިވެރިއަކު ނުރުހޭނެއެވެ. މިއަދު މިއޮތީ މިމައްސަލަ ބޮޑު އާދައިގެ ވަޒީފާތަކަށް ބޭރުން މީހުން އިމްޕޯޓްކުރަން ޖެހިފައެވެ. އަޅުގަޑުގެ ވާހަކައަކީ ކަމެއް ކުރުމުގެ ކުރިން އެކަމަކާއި ދޭތެރޭ ގައުމީ ނަޒަރަކުން ފިސާރި ރަގަޅަށް ވިސްނާށެވެ. ވިސްނުމެއްނެތި ކޮށްފިކަމަކުން އެންމެ ފަހަރަކު ދޭހުގާ، ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހިދެޔޭ އުމުރަށް މުޅީން. މިވާހަކަ ލިޔަން ޖެހުނީ ވަރަށް ބޮޑަށް ޖަޒުބާތު ޖެހިގެން ހުރެ ކަމުން ކުށްހުރުން އެކަށީގެންވެއެވެ. އެކަމަށް މައާފުކުރައްވާ!ވައްސަލާމް