އަވަށްޓެރި ގައުމުތަކުގެ ކޮންސިއުލޭޓްތައް ހުރުމަކީ ސީދާ އައްޑޫ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށާއި އެއީ އައްޑޫގެ ގިނަ ރައްޔިތުންގެ ދުވަސްވީ އެދުމެއް ކަމަށް އައްޑޫ ސިޓީގެ ފުރަތަމަ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.
އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމަށް ފާސްކުރީ އިންޑިއާ ސަރުކާރުގެ ކެބިނެޓުންނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އެ ކަމާ މެދު ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
މިކަމާ ގުޅިގެން މީސް މީޑިއާގައި ވަނީ "ސޭވް އައްޑޫ" ގެ ކެމްޕޭނެއް ވެސް ފަށައިފައެވެ. އެކަމާ ދެކޮޅަށް އަޑުއުފުލަމުން ދަނީ ކުރިން ވެސް "އިންޑިއާ އައުޓް" ގެ މީސް މީޑިއާ ކެމްޕޭން ކުރަމުންދާ ޒުވާނުންނެވެ.
ރާއްޖޭގައި އެންމެ ދިގު މުއްދަތަކަށް ސިޓީއެއްގެ މޭޔަރުގެ މަގާމު ފުރުއްވި ސޯބެ ވިދާޅުވީ އައްޑޫގައި ބޭރު ގައުމުތަކުގެ ކޮންސިއުލޭޓް އޮފީސްތައް ބެހެއްޓުމަކީ އަލަށް ދެކެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.
"އިންޑިއާގެ ޓްރިވަންޑްރަމްގައި ހުރެއެއް ނޫން ހެއްޔޭ ގައުމުތަކުގެ ކޮންސިއުލޭޓް، އައްޑޫގަ ވެސް ބެހެއްޓޭނެ ނޫން ހެއްޔޭ، މި ވާހަކަތަކަކީ އާ ވާހަކަތަކެއް ނޫން،" ސޯބެ ވިދާޅުވިއެވެ.
އައްޑޫއިން އިންޑިއާ އާއި ސްރީލަންކާއަށް ދަތުރު ކުރާ މީހުނަށް ސީދާ އައްޑޫއިން ވިސާ ލިބޭނެ ގޮތަކަށް ހެދުމަކީ އަބަދުވެސް އައްޑޫ ރައްޔިތުން އެދެމުން ދިޔަ ކަމެއް ކަމަށް ސޯބެ ވިދާޅުވިއެވެ.
"ކޮންސިއުލޭޓްއެއް އައުމުގެ ބޭނުންތެރިކަން އެދެމުން ދިޔައީ ވެސް ސީދާ އައްޑޫ ރައްޔިތުން، އައްޑޫ ވިޔަފާރިވެރިން،" މިދިޔަ ތިން ދައުރު ވެސް އައްޑޫގެ މޭޔަރު ކަމުގައި ހުންނެވި ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ސާކް ސަމިޓް އޮތް އިރު، ގައުމުތަކުގެ ވެރިންނާއި ހައި ކޮމިޝަނަރުންގެ ވެރިން އެ މަޝްވަރާ ކުރެއްވިއެވެ.
"އިންޑިއާއިން ދަތުރު ކުރާ އެންމެންނަށް ވެސް ކޮންސިއުލޭޓްއަކީ ކޮބައި ކަން އެނގޭ، އާންމު ރައްޔިތުންނަށް އެނގޭ ހަމަ، އިންޑިއާގެ ޓްރިވަންޑްރަމްގަ ވެސް ހުރޭ، އެހެންވެ އާންމު ރައްޔިތުން ވެސް ވަރަށް ގިނައިން ދައްކާ ވާހަކައެއް އެއީ،" ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ، ސިޔާސީ މަންފާއަށް ކޮންސިއުލޭޓް ބެހެއްޓުމާ ދެކޮޅަށް ބަޔަކު ދައްކަމުން ދަނީ ހަރުދަނާ ކަމެއް ނެތް ވާހަކަތަކެއް ކަމަށެވެ. ހައި ކޮމިޝަންގެ ފަރާތުން ރާއްޖޭގެ އެހެން ސަރަހައްދެއްގައި ކޮންސިއުލޭޓް ހުރުމަކީ ފައިދާ ހުރި ކަމެއް ކަމަށެވެ.
އައްޑޫ މީހުންގެ އެދުމޭ ކިޔާނެކަމެއް ނެތް.. ކޮންސިޔުލޭޓަރު މިރާއްޖޭ ހެދުމަކީ މިރާއްޖޭ ރައްޔިތުން ހިތްހަމަޖެހޭ ކަމެއް ނޫން
ލާހިކެއްނޫން ތިކަންކުރާކައް
ނުވާނެތިކަމެއް ދެންލަލަލާ
ސޯދޫ ކޯއްޗެއް ނުކެރޭނެތިކަމެއްކުރަކައް ހަމަލާހިކެއްނޫން
ޗީޗީ ނުވާނެތިކަމެއް ބޯގޯހާ
ސޮރީއޭބުނެވޭނީ ތިކަމައް
ހެހެ ނުވާނެ
ކަލޭވެސް މޮޔަނުވޭ ތިޔައީ ކަލޭމެން ދޮންރިހަ މީހުންގެ އަޅުވެތި އުއްމީދު، މިނިވަން ޤަދަރުވެރި ބަޔަކު ތިޔަކަމަކަށް ތާއީދެެއް ނުކުރާނެ ! އީރާނުން ޝިޔައީ މަޒުހަބު ފަތުރާގޮތަށް މިއަދު އިންޑިޔާއިން ދަނީ ހިންދީ މަޒުހަބު ފަތުރަމުން !
ރަގަޅު ވާހަކަ އެއް! ދެކޮޅުހަދާ މީހުން ހަސަދަ ވެރިވަނީ! ވިސްނޭ ކޮންމެ މީހަކަށް އިގޭނެ މިކަމުން އައްޑޫ މީހުންނަށް ވާނީ ފައިދާ ކަން! މި ކަމާ ދެކޮޅު އައްޑޫ މީހުންނަކީ އަތޮޅުގަ ނޫޅޭ އަތޮޅު ދެކެ ލޯބި ނުވާ ބައެއް ކަމުގަ ދެކެން!
ހާދަ ވަރެއްތި ވަނީ
ހެޔޮނުވާނެ. ރާއްޖޭގެ މިނިވަންކަން ގެއްލުނީ. ރައްޔިތުން ނުކުންނަންވީ. ހެލިކޮޕްޓަރެއްވެސް ނުފޮނުވޭނެ. އަޅުވެތިވީ. އިންޑިއާ ސިފައިން މިތާ ތިބޭނީ.
ސޯބެ ތިފެންނަނީ ހުވަފެނެއް ، ސޯބެމެން މޭޔަރ ކަން ކުރިޔަސް އަސްކަރީ މީހުން އެކުޅޭ ކުޅިއަށް ވަރަށް ޅަވާނެ، ޕާޓީ ގެ ސިޔާސަތު ތައް ދިފާއުކުރުމަށް މިނިވަންކަމަށް ބުރުލެއް އަރާފާނެ ހާލިތަކުން ދުރުވާޖެހޭ
ކަލޭ 12 އަހަރު މޭޔަރުކަން ކޮށް ނިމިފައި ތިހިރީ.
މިހާރު މޭޔަރަކީ ނިޒާރު
ކޮންސިއުލޭޓް ތަކާ އެމްބަސީ ތަކަކީ އެގައުމެއްގެ އަމިއްލަ ބޭނުން ފުއްދުމަށް ބަހައްޓާ އޮފީހެން.އެއީ އެ ކޮންސިއުލޭޓް ނުވަތަ އެމްބަސީ ހުންނަ ގައުމުގެ ބޭނުމަކަށް ނުވަތަ އެތަނުގެ ސަބަބުން އެގައުމަށް ފައިދާ ކުރާނެ ތަނެއްނޫން. މިހާރު ދިވެހިރާއްޖޭ ވެރިރަށް މާލޭގަ އެމްބަސީއެއް އެބަހުރޭ އެއީ ރާއްޖޭގަތިބޭ އިންޑިޔާގެ ރައްޔަތުންނަށް އެހީތެރި ވުމަށާއި އިންޑިޔާ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ހުންނަ އޮފީހެއް. މިތަންހުއްޓާ އައްޑުއަތޮޅުގަ އިންޑިޔާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވާކަމީ އަޑިނޭގޭ ރޭވުންތަކެއް ރޭވިފަ އޮވެދާނެކަމެއް. އަދި މިހާރު ބީޖޭޕީ ގެ ރޭވުން ބުނާގޮތުން އޭސިޔާގެ ހުރިހާ ގައުމު އިންޑިޔާގެ ދަށުން އިންޑިޔާގެ ބާރާއި ނުފޫޒު ހިންގުމަށް ވަނީރޭވިފަ. އައްޑޫގަ ކޮންސިއުލޭޓް އޮފީހެއް ހުރުމަކުން އައްޑޫގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކުރެވޭނެ.. އިންޑިޔާގަ ފެނާއި ކަރަންޓާއި ބޯހިޔާވެހިކަން ނުލިބޭ އެތައް މިލިއަންބަޔަކު އެބައުޅޭ.ކުރިން ރާއްޖޭގެ ރަށެއްގެގޮތުގާ އޮތް މަލިކު ވެސް އިންޑިޔާގެ އަޅުވެތިކަމުގަ އޮންނަތާ އެތައް އަހަރެއްވެއްޖެ.އެއްވެސްކަމެއް މަލިކުގެ ތަރައްގިއަށް އިންޑިޔާ ސަރުކާރުން ކޮށްދީފައެއް ނެތް. އައްޑޫ މޭޔަރުގެ މޮޔަ ހިޔާލު ފެނިފަ އަޖައިބުވެއްޖެ. އިންޑިޔާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގަ ހެދުމުގެ އެމންމެ ބޮޑުބޭނުމަކީ ގިނައަދަދެއްގެ އިންޑިޔާ މީހުނާ އިންޑިޔާގެ އާއިލާތައް އައްޑުގަ ވަޒަންވެރި ކުރުމަށް ރޭވިފައިވާ މަރުހަލާގެ ފުރަތަމަ ބޮޅު.ދެންގެންނާނީ އިންޑިޔާގެ ގިނައަދަދެއްގެ ސިފައިން. ދެންގެންނަނީ އެ ސިފައިންގެ އައިލާތައް. އޭގެފަހުގަ އިންޑިޔާގެ ރައޔިތުން ރާއްޖޭގަ ވިހާ އަބާދީއެއް އުފެދުމަުން އައްޑުއަރތޮޅުގެ ހުރިހާބާރަކަށް އިންޑިޔާގެ ރައްޔިތުން ވެރިވާނެ. ދެންފެށޭނީ ސްރިލަންކާގަ ހިގި ސިންގަލަ އިންނާއި ތަމަލައިންގެ އަރާރުންފަދަ ހަމަނުޖެހުމެއް. އެހިސާބުން އިންޑިޔާ ދަރިކޮޅު މީހުންގެ ހިމާޔަތަށް ކަމަށް ބުނެ އިންޑިޔާގެ ސިފައިން އަރާ އައްޑޫހިފާނެ. އެހިސާބުންއައްޑޫގެ ރައްޔިތުން ތިބޭނީ 3 ވަނަ ދަރަޖާގެ މީހުންގެގޮތުގަ އައްޑުއަތޮޅުގެވެރިންގެ ގޮތުގަ ތިބޭނީ ހިންދީ ބުޑިސްޓުން. ދެންމަސައްކަތް ފަށާނީ އައްޑޫން އިސްލާމްދީން ފޮހެލުމަށާއި ދިވެހި ނަސްލުވެސް އައްޑޫން ފޮހެލުމަށް. މިހާރުވެސް އިންޑިޔާގަ ބީޖޭޕީ ސަރުކާރުން މުސްލިމުންނަށް ކުރަމުންދާ އަނިޔާއައި ދުއްތުރާ އައްޑޫގެ މުސްލިމަ ރައްޔިތުންނާ ދެކޮލަށް ހިންގަންފަށާނެ. މިކަންކަމަކީ ކަށަވަރު ކަންކަން.
ސާކްސަމިޓް ބާއްވާފަ އައްޑޫގަ ބުދު ބެހެއްޓުމަކީވެސް ސޯބެމެންގެ އެދުމެއްތަ؟
ކޮންސިއުލޭޓްތައް ހުރުމާ ހަމައެކަނި އިންޑިއާގެ ކޮންސިއުލޭޓެއް ހުރުމާ ތަފާތު ވާނެކަމަށް ފެންނަނީ. މީ އެއްކަލަ އަންނި ދެއްކި ވާހަކައިގެ ކޮޅުމަތި ނޫންބާ ހުވަ ދުއަތޮޅުން ދެކުނުގަ ވަކި ވެރިކަމެއް ގާއިމްކުރުން
މިހާރު ވެސް ވޯޓެއް ނަގާބަލަ . އި ނގޭ ނެ . އަޑު ރައްޔަތު ން ބޭ ނުނ ން ނޫ ކަ ން. ަަަ
އެއީ ތެދެއް އައްޑޫއަތޮޅުގަ ދެން ހުރި ހުރިޙާ ކަމެއް ކޮށްނިއްމާފަ އެބޭފުޅާ އެއުޅުއްވަނީ.
މީގެ ކުރިން ނޫހަކުންވެސް އަދި ސޯޝަލް މީޑިއާ ޕުލެޓްފޯމަކުން ވެސް ތިޔަ ކުންސިލަޓުގެ ވާހަކައެއް ދެއްކިތަނެއް ފެންނާކައް ނެތް! ވަގުތު ނޫހުން މިދިޔަ 50އަހަރުގެ ކަންކަން ބަލާބަލަ،... އައްޑޫ ބަޔަކު ކުންސީލާޓް(ކޮންސިއުލޭޓް) ބޭނުންވެގެން ކުރިޔަކުން ނޫޅޭ! މިއުޅެނީ ގައުމުގައި އެމީހުންގެ ހަން ފަތުރަން!
އައްޑޫ މީހުން އިންޑިއާގެ ކޮންސިއުލޭޓައް ބޭޱުމައްނުން! އަސްލަމްގެ ބަހައް ސޯބޭ ހެއްލޭޱެ ކަމައްނެއް! މިކަމަކީ ހަމައެކަޱި އައްޑޫގެ މައްސަލާއްނުން، މިކަމި ގައުމުގެ މަސްލަހަތު ތެބެހިމެނެއި! އަފިރިން ބޭޱުމައްނުން އިންޑިއާގެ ނުފޫޒް ރާއްދޭގެ ދެކުޱާއި އުތުރައް ފޯރުވާއް!