މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ފިލި މީހާ އަދިވެސް ހޯދިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތަށް" ވިދާޅުވީ ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އެކަކު ހޯދަމުން އަންނަ ކަމަށާއި އެއީ ކާކުކަން ވެސް ވަނީ ދެނެގަނެވިފައި ވާކަމަށެވެ.

ނަމަވެސް އަދި އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓުގައި ފިލި މީހާ އަކީ މި އެކްސިޑެންޓުގައި ނިޔާވި 22 އަހަރުގެ ޒުވާނާ އިން ސައިކަލުގައި ދުއްވަން އިން މީހާއެވެ.

ފުލުހުން ވިދާޅުވީ ނިޔާވެފައި ވަނީ މާލޭ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއް ކަމަށެވެ. ނިޔާވެފައި ވަނީ ސައިކަލްގެ ފަހަތުގައި އިން މީހާއެވެ.

އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކަލުބެ

  ނުފެންނާނެތާ ސައިކަލާއެކީ ދެމީހުންވެއްޓިފައި އޮތްތަނުން ފުޅި"ރާކަމަށް ޝައްކުކުރެވޭ" އެއް އޮތީމާ ފިލާނެތާދޯ؟

 2. މަލްމަލް

  ނިކަމެއްޗެއްނު. ނުފެންނާނެެ

 3. ދަޔާ

  ޢެހިސާބުގަ ކެމެރާއެއް ވެސް ނެތީތޯ ނޫނީ ސައިކަލް ނަމްބަރުވެސް އޮޅުން ނުފިލީތޯ ކާކުގެ ސައިކަލެއް ކަމެއްވެސް .ސައިކަލުގެ ވެރިޔާ އެނގުނީމަ އެނގޭނެތާ ދުއްވީ ވެރި މީހާ ނޫންކަމަށް ވަނީނަމަ ސައިކަލް އެވަގުތު ދީފައި ވަނީ ކާކަށް ކަން ވެސް. ޜޯޔަލް ކޭސްއެއް ނޫންވީމަ ތޯއްޗެ.

 4. ޢާދަނުބެ

  ޙޯދަން ބޭނުންވާ މީހަކު ހޯދާނެ 24 ގަޑިއިރުވެސް ނުވަނީސް ހަރުކަށި ފިކުރުރުގެ މިހެތްނަމަ ހުރި ތާކުން އުފުރާލާނެ