އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމަކީ ބޭރުގެ ބާރެއް އައްޑޫގައި ގާއިމް ކުރުން ކަމަށާއި އެފަދަ ފުރުސަތެއް ދިނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވިދާޅުވެއްޖެއެވެ.

އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމަށް ފާސްކުރީ އިންޑިއާ ސަރުކާރުގެ ކެބިނެޓުންނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އެ ކަމާ މެދު ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

މިކަމާ ގުޅިގެން އައްޑޫގެ މިހާރުގެ މޭޔަރު އަލީ ނިޒާރު އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވެސް ވިދާޅުވެފައިވަނީ އެ ކަމަކީ އައްޑޫގެ ރައްޔިތުންގެ ވަރަށް ދުވަސްވީ ބޭނުމެއް ކަމަށެވެ.

އެހެން ނަމަވެސް ކުރިން އެމްޑީޕީގައި ވެސް މަސައްކަތްތަކެއް ކުރެއްވި މެޓްރިކްސް މޯޑް "ވަގުތު" އަށް މިއަދު ވިދާޅުވީ، އެ މަސައްކަތް ކުރަމުން ދަނީ އައްޑޫ ރައްޔިތުންގެ ނުރުހުމުގައި ކަމަށެވެ.

މޯޑް ވިދާޅުވީ، ބޭރުގެ ބާރެއް އެ ގޮތަށް އައްޑޫގައި ގާއިމް ކުރުން ވާނީ ވެސް ބުއްދިވެރި ކަމަކަށް ނޫން ކަމަށެވެ. އަދި އެ ކަމަށް އައްޑޫގެ ރައްޔިތުން ބޭނުން ނުވާ ކަން މީސް މީޑިއާއިން ވެސް ފެންނަމުންދާނެ ކަމަށް މޯޑް ވިދާޅުވިއެވެ.

"މީސް މީޑިއާގެ ހުރިހާ ޕްްލެޓްފޯމެއްގަ، ވަކި ޓްވިޓާއެއް ނޫން، އައްޑޫ ރައްޔިތުން ތިބޭ، އައްޑޫ ޒުވާނުން ތިބޭ، ވައިބާ، ވަޓްސް އެޕް ފަދަ ގްރޫޕްތަކުގަ، މި ކަމަށް ނުރުހިގެން، ވަރަށް ގިނަ ބަޔަކު ކަންބޮޑުވަމުން ދަނީ، ވަރަށް ބޮޑު ބަހުސެއް އުފެދިފަ އޮތީ،" މޯޑް ވިދާޅުވިއެވެ.

މިހާރު އައްޑޫގައި ހިންގާ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ، އެ ޕާޓީގެ އައްޑޫ ހިތަދޫ ސްޓިއަރިން ކޮމިޓީގެ ރައީސް މޯޑް ވަނީ މިކަމާ ދެކޮޅަށް ޓްވީޓެއް ވެސް ކުރައްވައިފައެވެ.

"އައްޑޫ ރައްޔިތުންގެ ނުރުހުމުގައި ބޭރުގެ ބާރެއް އައްޑޫގައި ގާއިމް ކުރުމަކީ މޮޔަ ކަމެއް، އައްޑޫ ރައްޔިތުން ތި ފިކުރީ ބާގީން ބޭރު ކުރަން ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވެސް ވާނެ، ހަނގުރާމަ ކުރަން ޖެހުނަސް ކުރާނެ،" މޯޑް ލިޔުއްވާފައިވެއެވެ.

މި ކަމާ ދެކޮޅަށް "ސޭވް އައްޑޫ" ގެ ނަމުގައި މީސް މިޑީއާ ކެމްޕޭނެއް ވެސް ފަށާފައިވެއެވެ. މި ކެމްޕޭނަކީ ކުރިން "އިންޑިއާ އައުޓް" ގެ ނަމުގައި ވެސް މީސް މީޑިއާގައި ކެމްޕޭނެއް ކުރަމުން ދިޔަ ދިވެހި ޒުވާނުންނެވެ. އޭގެ ތެރޭގައި އައްޑޫގެ ޒުވާނުން ގިނައެވެ. އަދި، އައްޑޫގެ ތަރައްގީ ކޮމިޓީން ވެސް ވަނީ މި ކެމްޕޭންގައި ބައިވެރިވެފައެވެ.

އައްޑޫއަށް އުފަން ގިނަ ބަޔަކު ވެސް ދަނި ޓްވިޓާގައި އެ ހޭޝްޓެގް ބޭނުން ކުރަމުންނެވެ. މި ގޮތުން އެ މީހެއްގެ ނަން ލިޔުމަށް ފަހު، އައްޑޫ ރައްޔިތެއްގެ ހައިސިއްޔަތުން އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އުޅުމާ ދެކޮޅު ކަމަށް ލިޔެފައި ހުއްޓެވެ. މިއީ އާންމުކޮށް ގިނަ ބަޔަކު ކަމަކާ ދެކޮޅު ކަން ހާމަ ކުރުމުގެ ގޮތުން މީސް މީޑިއާގައި ކެމްޕޭން ކުރަމުންދާ އުކުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރާކަނި ސައްތާރު

    މި ކަހަލަ ތިނޯސް ބޯ ލިބިފައި ތިބޭ މީހުން ގެ ވިސްނުން ދޯ.... ކަލޯ ހޮހޮޅަށް ވަދެ އޮންނަން ވީނު....އެއީވެސް ބަޔަކު ހޮހޮޅަ ހަދާފައި ވަދެވަޑައި ގަންނަވާށޭ ބުނީ މާ އިގޭ...

    7
    17
  2. ފާތުމަ އެޅި ވަގު މިސްކިތް

    ޢިން ސާނުންގެ ކުޅަ ބޯވައެއް ހެން ބަދު ވާކަމުގައި ވާނަމަ، ހިޔާލު ފުކުރުވެ ސް ބަދަލުވޭ. ދެން އެމީހަކަށް ވެ ސް ނޭގޭ ދެއްކޭ ނުދެއްކޭ ވާހަކަ އެއް. ބޯ ބުރާތި ވަނީ....މިހެން މިވަނީ އިން ސާނާގެ ކަރާތް މާތް ތެރި ވެގެން ވާ ނަފުސް ވިއްކާލީމަ ސ

    8
    5
  3. ބްރޯ

    ޢޭ ހަބަރުދާރު.... އައްޑޫގަ ކޮންމެހެން ނުޖެހޭ އިންޑީޔާ ކީއްކުރަން އެއްވެސް ތަނެއްގެ ކޮން ކޮންސިއުލޭޓެއް ބަހައްޓާކަށް....ހުޅުމާލެ ފްލެޓުން ތަންކޮޅެއް ދީބަލަ އިންޑިޔާ ކޮންސުލޭޓަށް.....ތިއުޅެނީ އޮޅުވާލާފަ އެހެންކަމަކު....އެއީ ކޮންސުލޭޓެއް ވިއްޔާ އެތަން ދިފާއުކުރަން އިންޑިޔާ ސިފައިން ތިބެންޖެހޭނެ

    8
    4
  4. ވެރިން

    ތިހާ އައްޑޫ މީހުންނަށް ހެޔޮއެ ދޭނަމަ ޓްވީޓް ނުކޮށް ނިކަން ތިކަމާ ދެކޮޅަށް މުޒާހަރާ ޔަށް މޯޑު ކުރީގަ ހުރެގެން ނިކުމެބަލަ މިހާރު ތިހިރަ މޭޔަރަށް ގިނަ ރައްޔިތުން ނުގަބޫލު ކަން ދައްކާލަން އޭއިރުން ރައްޔިތުން ކާރިން އަހާނުލާ ރައްޔިތުން ގެފަރާތުން ވާހަކަ ދައްކަން ނުކެރޭނެ.

    4
    1
  5. ާއަބުދުﷲ

    ޢިންޑިއާ މީހުން ކަސްމީރުގެ ރައްޔިތުންނަށް ހަދާގޮތްބަލާބަލަ.

    15
  6. އައްޑު

    ތި ބުނަނީ މާލޭ މީހުންނަކީ ޒަމާނުއްސުރެ މޮޔަ ކަން ކޮށްގެން ތިބިބައެކޭތަ؟؟؟؟؟

  7. ފާރޫޤް ޖަމީލް

    އިންޑިޔާގަ މިކުޑަޤައުމުގެ އެމްބަސީއަކާއި ކޮންސިއުލޭޓެއް ބަހައްޓާފަ ހުންނަނީ އަޅުގަޑުމެންގެ ބާރު ދައްކާކަށް ނޫނެވެ. އެއީ ޤައުމުގެ ރައްޔިތުން ކަންތައް އިޤްތިސާދީ ގޮތުންނާ އިޖްތިމާޢީ ގޮތުން ކުރުމަށް މަގުފަހި ކުރުމަށްޓަކައެވެ.

  8. ޕީޖޭ

    ދެން ފެންފެނިގެން ދާނީ ރާއްޖޭ އުޅޭ އިންޑިޔާ މީހުންނަށް ހަމަލާ ދޭންފަށާ ތަން.. ގިނަ ދުވަހެއް ނެތް..