ފިނޭންސް މިނިސްޓަރ އިބްރާހިމަށް އަމީރަށް ލަފާ އެރުވުމަށް ބައިނަލްއަގްވާމީ އެޑްވައިޒަރެއްގެ ގޮތުގައި، ޑރ. ޝާންތާ ޑެވަރަޖަން ހަމަޖައްސައިފިއެވެ.

ޑރ. ޑެވަރަޖަން ވަނީ ވޯލްޑް ބޭންކް ގްރޫޕްގެ އެކްޓިންގ ޗީފް އިކޮނޮމިސްޓް އަދިޑިވެލޮޕްމަންޓް އިކޮނޮމިކްސްގެ ސީނިއަރ ޑިރެކްޓަރުގެ މަގާމު އަދާކޮށްފައެވެ.

ޑރ. ޝާންތާ ޑެވަރަޖަނަކީ ޖޯރޖްޓައުން ޔުނިވަރސިޓީގެ ޕްރެކްޓިސް އޮފް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ގެ ޕްރޮފެސަރެކެވެ. މީގެ ކުރިން، ވޯލްޑް ބޭންކްގެ މިޑްލް އީސްޓް، ނޯތް އެފްރިކާ އަދި ސައުތް އޭޝިއާ ސަރަހައްދުތަކުގެ ޗީފް އިކޮނޮމިސްޓްގެ މަގާމުގެ އިތުރުން، 2004 ގެ ވޯލްޑް ޑިވެލޮޕްމަންޓް ރިޕޯޓު ގައި ވެސް މަސައްކަތް ކޮށްފައިވެއެވެ.އަދި 1991 ވަނަ އަހަރާއި ހަމައަށް، ޑރ. ޑެވަރަޖަން ވަނީ ހަރވާޑް ޔުނިވަރސިޓީގައިވެސް މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން ޑރ. ޑެވަރަޖަން ވަނީ އިކޮނިމިކްސްގެ ދާއިރާއިން ޔުނިވަރސިޓީ އޮފް ކެލިފޯނިއާ އިން ޕީ.އެޗް.ޑީ އަދި ޕްރިންސްޓަން ޔުނިވަރސިޓީ އިން ހިސާބުގެ ރޮނގުން ޑިގްރީ ހާސިލްކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އަމީރު ވިދާޅުވީ، އެ ޓީމާއި، ޑރ. ޑެވަރަޖަން ގުޅުމަކީ ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރާ ކަމަށާއި، ޑރ.ޑެވަރަޖަންގެ އިރުޝާދާއި ލަފާގެ މަތިން ބައިނަލްއަގްވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރާނެ ކަމަށެވެ.

އަދި ކޮވިޑް-19 ގެ ޕެންޑަމިކް ހާލަތުން އަރައިގަނެ، އިޤްތިސާދު އަލުން އާރާސްތުކޮށް، އަދި މިފަދަ ކަންކަމުން ރައްކާތެރިކުރެވިފައިވާ އިޤްތިސާދެއް ބިނާކުރުމަށް މަގުފަހިވާނެކަމަށް އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާކު.

    މަރުކަޒީ ބޭންކާއި ވަޒީރުގެ އޮފީހުގަ ހަމަނެތީތަ ލަފާ އެރުވޭ ވަރުގެ ބޭފުޅެއް. ނުވީތާކަށް ރާއްޖޭގަ އެބަތިބި ވަރަށް ޕޮރޮފެޝަނަލް އެކްސްޕާޓުން، ކުންފުނިތައް ހިންގާ ހީވާގީ ދިވެހިންވެސް.

  2. ހަނިމަގު

    ރާއްޖޭގެ ތިބި ތަޖުރިބާކާރު ހަރުދަނާ މީހަކު ތިމަގާމަށްލިނަމަ މިހެންވާކަށް ނުޖެހޭނެ، މިހާރު ތިހަމަޖެއްސި މީހަކަށް ރައްޔިތުންގެ ފައިސާއިން ކިހާޚަރަދެއް ހިނގާނެބާ

    16
  3. ކިރޭމު

    މިއޮތް ހުރިހަ ދުވަހު ރާއްޖޭގައި ފިނޭންސް މިނިސްޓަރު ކަމާއި ސްޓޭޓް މިނިސްޓަރު ކަމާއި ޑެޕިޔުޓީ މިނިސްޓަރުކަން ކޮށްފައި ތިބި މީހުންގެ ތެރެއިން އެކަން ޚިދުމަތެއްގެ ގޮތުގައި ކޮށްދޭން ތައްޔާރަށް ތިބި މީހުންގެ ކޮމިޓީއެއް ހެދިނަމަވެސް ތިޔަށްވުރެ ރަގަޅޫވީސް

    11
  4. ދަރަނި ދަންތުރަ

    އަޅެފަހެ ބަޔަކު ހޭނުނެތޭވަރުތަ ؟ ބަލަ އަމީރަށް ކަންކުރަން ނޭންގެންޏާ އޭނަ މަގާމުން ވަކިކޮށްފަ ތިޔަގެއްނަ ފަރަންޖީ ކަލޭގެއަށް މިނިސްޓަރ ކަންދީބަލަ އޭރުން ބައިލައްކަ ރުފިޔާ ( އަމީރުގެ މުސާރަ ) ސަލާމަތްވާނެތާ ، އަމީރު ޕުއްޕު ދޮށްވަން ވެސް ބޮޑުމުސާރަދީފަ ބޭރުން ހަށިގަނޑު ވަރުގަދަ މީހަކު ގެންނާތި ...

  5. ވަޒީރު

    ޝައްކެއް ވަސްވާހެއް ނެތް މިކަމުގެ ފަހަތުގައިވާނެ ބިޔަ ބޮޑު ސިންގާ ދަވާލުމެއް. ހާންދާން ރަސްކަމުގެ ކޮއިލުގައި ގެންގުޅޭ މީހެއް އަމީރަކީ ވެސް. މިއީ ހާންދާން އަށް ބޮޑު ވިޔަފާރި އަކަށް ނޫނީ ނުވެ ނުދާނެ ކަންތައްތަކެއް ފޮރުވިފައިވާނެ ކަމެއް

  6. ހައްޕު

    ކޮންޤައުމެއްގެ މީހެއްބާ.

    • ފާތުމަ

      ޗައިނާ ދަރިކޮޅުގެ ލަންކާ މީހެއް

  7. Anonymous

    އަދި މީނައަށް އަލިފުބާ ދަސްކޮށްދޭން މީހަކު ހޯދަން މިޖެހެނީ ދޯ.އިބްރާހިމްފުޅު އިނގިރޭސި ކިޔަވާދޭން މީހަކު ހޯދަން ނުވޭބާ؟

  8. މައިކް

    ތީގެން ވެސް ތިއެގެނީ ފެނަވަރުެތްކަން. އަނެއްކާއަނެއް ލާރިގަޑު ބޭރުމީހަކައް ދެނީ. ބަލަ މިގައުމްގަ އެބަތިއްބޭ ފެން ވަރު ހުރި ބޭފުޅުން ތިކަހަލަ ބަރޯތައް ލައިގެން ތި އުޅެނީ.

  9. ޑައެލޯގް

    އެމްޑީޕީގައި ނުހުންނާނެ މިނިސްޓަރުކަން ކޮންލަންއެގޭމީހަކުވެސް އެކަމަކު ބަޔަކު މީހުން 25 އަހަރު މަޖިލީހުގައިން ޅޮސްގަހެއް ރައީސްއޮފީހަށްލީމާވާނެއެތިމިވަނީއެވެ.