ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތުމުން ހޮޓާ، ކެފޭ އާއި ރެސްޓޯރެންޓްތަކަށް ބަދަލު ނުދޭން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ނިންމައިފިއެވެ.
ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކެފޭ ރެސްޓޯރެންޓްތައް ބަންދު ކުރަން ޖެހުމުން ލިބުނު ގެއްލުންތަކަށް ބަދަލު ހޯދަން އެތަންތަނުގެ ވެރިން ވަނީ ހުށަހަޅާފައެވެ.
އެގޮތުން އެ ހުށަހެޅުމުގައި ބުނެފައިވަނީ ރޭގަނޑުގެ ޕީކް އަންނަ ތަންތަނަށް އިޔާދަ ނުކުރެވޭނެ ގެއްލުން ކުރިމަތިވަމުން ދިޔަ ކަމަށާއި އެވްރެޖްކޮށް ގިނަ ތަންތަނަށް ގެއްލުންވި ކަމަށެވެ.
އެކަންކަން ހައްލުކޮށް ބަދަލު ހޯދަން އެދި މިދިޔަ މާޗް މަހު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މައްސަލަައެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
މިކަމާއި ގުޅިގެން އިގްތިސޯދީ ކޮމެޓީން ދިރާސާ ކުުރުމަށް ފަހު އެކުލަވާލި ރިޕޯޓްގައި ބުނީ ރެސްޓޯރެންޓްތައް ބަންދުކުރި ވަގުތަށް ބަލައި އެކަށީގެންވާ އަދަދަކުން ބަދަލު ދޭން ހުށަހެޅި ނަމަވެސް އެފަދައިން އަމަލު ކުރަން ނުފެންނަ ކަމަށެވެ.
އެގޮތަށް ނިންމާފައިވަނީ މި އަހަރަށް ފާސް ކޮށްފައިވާ ބަޖެޓުގައި އެފަދަ ބަދަލެއް ދެވޭ ވަރަށް ފައިސާ ނެތުމާއި ބަދަލު ދީފިނަމަ، ބަޖެޓަށް ނޭދެވޭ އަސަރުކޮށް އަންދާޒާ ކޮށްފައިވާ ޑެފިސިޓް ބޮޑުވެ އަދި ފައިނޭންސް ހޯދަން ޖެހޭ މިންވަރު އިތުރު ވެގެން ދާނެ ކަމަށް ބެލެވޭތީއެވެ.
ކެފޭ ރެސްޓޯރެންޓްތަކަށް ބަދަލު ނުދޭން ނިންމި ނަމަވެސް، ކޮވިޑާ ގުޅިގެން މުސްތަގުބަލުގައި ފިޔަވަޅު އަޅާނަމަ ވިޔަފާރިތައް ގިންތި ކޮށްފައިވާ ގޮތަށް ބަލައި ކެޓަގަރައިޒްކޮށް ވިޔަފާރިތަކަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ގަވައިދުތަކާ ފިޔަވަޅުތައް އަޅަން ވަނީ ލަފާދީފައެވެ.
ކެފޭ ތަކުގެ ވެރިންނަށް ހުންނާނީ ރާކަނިމަސް ކެވިފައި، އަދިވެސް ޔާމީނޭ ވަގޭ ބާރަށް ގޮވާތި......
ޜައްޔެތުން މަޖްލިސް ގެ މެމްބަރުން ނަގާ ބިޔަބޮޑު މުސާރަ ކުޑަކުރަންވީ ފުރަތަމަ.
ސަމާހު ސަރީފު މެންފަދަ ބޭބޭފުޅުންނަށް ސިޔާސީ މަގާމުތަށް ދޭން ބަޖެޓުގައި ފައިސާ އެބަހުރި ފިނޭންސް މިނިސްޓަރ އަމީރު ގިލިގިލި ކޮންޓަށް ރާއްޖޭންބޭރުން ފަރަންޖީން ގެންނަން ބަޖެޓުގައި ފައިސާ އެބަހުރި އިނދަޖެހެމުންދާ ވިޔަފާރި ވެރިޔާއަށް ދިއްކޮށްލާނެ 50 ލާރި ވެސް ދައުލަތުގައި ނެތް ، އައްސަރި ބަހާ ސާބަސް ސޯލިބޭގެ އިބުރާހީމަށް....
ބަޖެޓުގައިހުރީ މިނިސްޓަރުންނާ ރައީސް ނަޝީދުގެ ހަމަލާގެ މައްސަަލަބަލަން ބޭރުން މީހުބް ގެނައުން ބޮޑެތި މުސާރަ ދީފަ ނުވި ތާކަށް މ7 ދަޑިވަޅުގައި އެތައް ސިޔާސީ ބޮޑެތި މަގާމު އަދި ކައުންސިލަތުންވެސް ކުރިތަށްވުރެ އިތުރުކުރީ