ހުޅުމާލެ ފޭސް އެކެއްގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކޮށް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވީ، ހުޅުމާލޭ ފޭސް އެކެއްގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކޮށް ވިއްކުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއި އެ ކޯޕަރޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.
ވޭޗުއަލްކޮށް އިއްޔެ ބޭއްވި އެރަސްމިއްޔާތުގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދުއެވެ. އަދި މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދެވެ.
އެޗްޑީސީން ވިދާޅުވީ، މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އާރް.އެފް.ޕީއަށް ހުޅުވާލެވުނު ޕްރޮޖެކްޓެއް ކަމަށެވެ.
ޖުމްލަ 24،098.22 އަކަފޫޓޫ ހުންނަ މި ބިމުގައި 116 ޔުނިޓް އިމާރާތް ކުރެވިގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވެފައި ވެއެވެ.
މީގެތެރެއިން 78 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕް ކުރެވި އެއްމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1.800 ދިވެހި ރުފިޔާ ނެގުމަށް ކަނޑައެޅިފައިވާ ޔުނިޓްތައް ކަމަށާއި ބާކީ 38 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައެޅިފައިވާ ޔުނިޓްތައް ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އެޗްޑީސީން ވިދާޅުވީ، އެގޮތަށް ކަނޑައެޅުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ގާއިމު ކުރާ ބޯހިޔާވަހަކަމުގެ މަޝްރޫއުތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުން ކަމަށެވެ.
މި މަޝްރޫޢު ޑީޓެއިލް ޑްރޮވިންގ އެޕްރޫވްވާ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި ނިއްމުމަށް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކޮށް އެކި ފަންތީގެ ގިނަ ބޯހިޔާވަހަކަމުގެ މަޝްރޫޢުތަކެއް ހުޅުމާލޭގައި އެކޯޕަރޭޝަންގެ ފަރާތުން ދަނީ ހިންގަމުންނެވެ. އަދި މި ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތްތައް އެއްމެ ޒަމާނީ ފެންވަރުގައި ގާއިމުކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް އެކުންފުނިން ދަނީކުރަމުންނެވެ.
އެއްޗެއްބުނާކަށްލިޔާކަށްނެތް އަނގަމަތީޓޭޕް އަޅައިފިން
2023 އިންތިހާބްކައިރިވާހެން އެބަހީވޭ..އެކަކު ހޮރުގައޮވެފަ މެޑިކަލް ކުދިންނައް ކިޔެވުންހިލޭ ކޮއްދިންވާހަކަޔާ...ދެންދެންދެން ވަރައްވާހަކަ
ސިޔާސީ ވެރިންނާއި ގުޅިފައި ތިބޭ ކުންފުނިތަކައް އަބަދުވެސް ސަރުކާރު ޕުރޮޖެކްޓުތައް ލިބޭތަން މި ފެންނަނީ. މިކަންކަމައް ފާޑުކިޔާ އަދި ޓުރާންސްޕޭރަންޓު އޮޑިޓެއް ހަދާނެ ބަޔަކު ނެތެވެ. މީގެ އެއްވެސް ކުންފުންޏަކައް ވަރުގަދަ ޕުރޮޖެކްޓެއް ޕުރިވެޓްސެކްޓާއަކުން ނުލިބޭ..އަބަދުވެސް ލިބެނީ ސަރުކާރުގެ ޕުރޮޖެކްޓު. އެއީ ސަބަބެއް އޮވެގެން. އެއީ ޕުރައިވެޓް ސެކްޓާގައި ހަގީގީ ކޮމްޕެޓިޝަނާއި ކުރިމަތިވާތީ..އެކަމަކު ސަރުކާރުގެ ތެރެއިން ގޭސްގަނޑުތައް އުފައްދާލައިގެން ޕުރޮޖެކްޓުހޯދަން ފަސޭހަވާތީއެވެ.
އެޗްޑީސީން ތިޔަވިދާޅުވާ އަތްފޯރާފަށަކީ ކަރުބުޑަށް އަތްކޮއްޕާލާފަ ގޮހޮރު ދަމައިގަތުން ، ހެޔޮނުވާ ތިމާމެނަށް ކަމެއް ކުރަން ނޭގެންޏާ ކުރަން އެނގޭބަޔަކާ ހަވާލުކޮށްބަލަ . #ސުހައިލް އިސްތިއުފާ
9ލައްކަ ރުފިޔާއަށް އިމާރަތް ކުރި ފޮލެޓް 2.5މިލިޔަން ރުފިޔާއަށް ވިއްކުމަކީ ރައްޔިތުންނަށް ހެޔޮފުޅުކަމުން ކޮށްދިން ލުޔެއް ،އަލް ފޯރާފަށުން ބޯހިޔާވަހިކަން ދިނުން #ސުހައިލް އިސްތިއުފާ
ނާޒިމް އަނެއް ލާރިގަޑު ކާލަާނީ! ރައިތުނަ ހޭލުނަ ތެރިވާންވެޖެނު
ރައްޔިތުންނައް ހުވަފެން ދައްކައިގެން ވެރިކަމައް އާދެވުނީމާ މިބަލަނީ އެކިނަންނަމުގަ ކޯޕަރޭޝަންތައް ހަދައިގެން ބޭރުގައުމުތަކުގެ ކުންފުނިތަކައް ދީގެން ސަލާންޖަހައިގެންލޯން ހޯދައިގެން ބިންތައް ހިސޯރުކޮއް ނުދީ ދަތިކޮއްގެން ނިކަމެތި ރައްޔިރުންނައ ބޮޑުއަގުގައި ކުއްޔައްއުޅެން މިޖައްސަނީ ވޯޓްހޯދަންވީމަ ބިންމިހިއްކަނީ ރައްޔިތުންނައް ގޯދިދޭށޭކިޔާފައި ވޯޓްލާނިމުނީ މިދަލްވަނީ އެއްކަލަބިންތައް ތަރިކަމުދަލައް އެހެންވީމަ ތިޔަކަހަލަ ހާދިސާއެއް ހިނގިޔަސް ކުރެވޭނެ ކަމެއް ނެތް މިމާލޭން ފެންނާނީ ތިޔަކަހަލަ ހޮރުތަކުގަ މީހުން ގަނަތެޅޭތަން އެކަމަކު ބިންތައް ފަޅައްބާއްވައިގެން ނުދީ އެބަލަނީ އަޅުވެތިކޮއްގެން ފަސޭހަކަމާއެކް ވޯޓްހޯދަން ފުލެޓްގެ އަވާގައި ރައްޔިތުން ޖައްސާފައި