ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިިމިއްޖެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ %60 މަސައްކަތް ނިންމާފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވެފައި ވެއެވެ.

މި މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ.

ދުވާފަރު ބިން ހިއްކުމަކީ މި ސަރުކާރުގެ ރިޔާސީީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 2018 ވަނަ އަހަރުގައި ދުވާފަރަށް ކުރެއްވި ކެމްޕޭން ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިިހް ވިދާޅުވީ ދުވާފަރުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް ބިން ހިއްކައި ގޯތި ދޫކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަދަތްވެއް

    ސުކުރިއްޔާ ރައީސް ޔާމީން

  2. ރާޒިން

    ފަޅު އެއްކޮށް ހިއްކާފަ އަތޮލުގެ 60 ޕަސަންޓަ މީހުން ބަދަލްކޮށް އެއްފަސް ކުރަން ވީ، 20 އަހރު ފަނުން އުޖާލާކަން ފެންނާނެ