ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ކުރި ހަރަދުތައް 3.4 ބިިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ކޮވިޑް-19 އާއި ގުޅިގެން 3،429.4 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1،711.2 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އަދި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ގޮތުގައި މި މުއްދަތާއި ހަމައަށް ވަނީ 1،718.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.
މި މުއްދަތާއި ހަމައަށް ހަރަދުކޮށްފައިވާ ފައިސާގެ ތަފްސީލަށް ބަލާއިރު، ފްރޮންޓްލައިން އެލެވެންސް އަދި އެހެނިހެން މުވައްޒަފުންނަށް 148.9 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. މެޑިކަލް ކޮންޒިއުމަބަލްސް އަށް 770.8 މިލިއަން، ކެޕިޓަލް އައިޓަމްސް އަދި އިންފްރާސްޓްރަކްޗަރ އަށް 273.0 މިލިއަން ރުފިޔާ، އޮޕަރޭޝަނަލް ހަރަދުތަކަށް 195.7 މިލިއަން ރުފިޔާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީން ކުރަން 212.0 މިލިއަން ރުފިޔާ، މަރާމާތުގެ ހަރަދަށް 23.3 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ހަރަދުތަކަށް 87.5 މިލިއަން ވަނީ ހަރަދު ކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑާއި ގުޅިގެން ކޮށްފައިވާ ހޭދައިގެ ތެރެއިން ވިޔަފާރިތައް ކޮޅަށް ޖެހުމަށް ސަރުކާރުން ދޫކުރާ ކޮވިޑް ރިލީފް ލޯނަށް ހޭދަވި އަދަދު އަދިވެސް ހުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ހާމަ ކޮށްފައިވާ އަދަދެވެ. އެއީ 1153.5 މިލިއަން ރުފިޔާއެވެ. އެއީ ބީއެމްއެލުން ދޫކޮށްފައިވާ 753.5 މިލިއަން ރުފިޔާއާއި އެސް.ޑީ.އެފް.ސީ އިން ދޫކޮށްފައިވާ 400.0 މިލިއަން ރުފިޔާއެވެ.
އިންކަމް ސަޕޯޓު އެލަވެންސް ނުވަތަ ވަޒީފާ އަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޫކުރާ އެލަވަންސަށް 420.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ޚަރަދުކޮށްފި އެކަމަކު ލިބުނު ކުރިއެރުމެއް ނުފެނޭ. ކޮވިޑުން ވައްކަން ކުރާ ވާހަކަ އަޑު އިވެނީ!
ވަގުންގެ ސަރުކާރު.
ސައިބޯނި ކޮޅެއް ފެން ފޮދެއް ބޭނުންނުކޮށް ކިތަށް ބިލިޔަން ކަލޭމެން ދިރުވާލައިފިން މިހާރު ، ދިރުވާލިވަރު ބުނެދީ ބަލަ ރައްޔިތުން ބަލަން ބޭނުންވަނީ މިސަރުކާރުގެ ވެރިން ދިރުވާލި އަދަދު....
ކޮބާތަ ކޮވިޑުބައްޔައް ޚަރަދުކުރެވުނުކަމައް ބުނާ 3.4ބިލޔަން ރުފިޔާއަކީ އަހަރެމެން ބޭނުންވަނީ ކޮވިޑައް ޚަރަދު ކުރެވުނު ކަމައްތިބުނާ ތިނެއްޕޮއިންޓް ހަތަރެއްބިލިޔަން ޚަރަދުކުރިގޮތެއް
ކުރެވުނުކަމަކާ ޚިދުމަތައް ތައްޔާރުވިވަރާ ޚިދުމަތގަ ބޭނުންކުރެވުނު ފެސިލިޓީސްތަކާ މިކަންތައްތަކައް ޚަރަދުވި ވަރު އޭގެފަހުން ރެލީފް ފަންޑް
ކޮވިޑްގައި ކުއްޔައްނެގި ރިސޯޓް ތަކަށް އެތައް މިލިޔަން ރުފިޔާ އެއް އަދި ވެސް ނުދައްކާ އެބައޮތް .....މިހާރު ދޮޅު އަހަރުވީ މިއަދުވެސް ހެދީ ދޮގު 15 ދުވަހުގެ ތެރެގައި ބިލްތަކަށް ފައިސާ ދެމޭ ކިތައް މަސްރޫއު ހުއްޓިފައި ވަނީ
ކޮންޓްރެކްޓަރުނަށް ފައިސާ ނުދިގެން..
ކޮވިޑް ފެސިލިޓީން.. ކާއެއްޗެއް ނުލިބި މީހުން ހިކެނީ…