މި އަހަރުގެ މިހާތަނަށް ޓެކުހުން ލިބެމުންދާ އާމްދަނީ އުންމީދު ކުރި ވަރަށް ވުރެ އިތުރު ވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، މި އަހަރުގެ ޓެކުހުން ލިބެމުން އަންނަ އާމްދަނީ، އުންމީދު ކުރި ވަރަށް ވުރެ އިތުރުވެފައި ވާ މައިގަނޑު ސަބަބަކީ ފަތުރުވެރިކަން ރަނގަޅު ވަމުން ދިއުން ކަމަށެވެ.

އެގޮތުން އަމީރު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރާ މިންވަރު 2019 ވަނަ އަހަރާއި ބަލާއިރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ފަތުރުވެރިން އާއްމު ގޮތެއްގައި ރާއްޖޭގައި ހަ ދުވަސް ހޭދަ ކުރާއިރު، މިއަހަރު އެވްރެޖްކޮށް އަށް ދުވަހާއި ނުވަ ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަކުރަމުން އަންނަ ކަމަށް އަމީރު ވިދާޅުވިއެވެ.

ޓެކުހުން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، އަމީރު ވިދާޅުވީ، މިއަހަރު ރާއްޖެ އަންނާނެ ކަމަށް މީގެ ކުރިން ލަފާ ކޮށްފައިވަނީ ހަ ލައްކަ ފަތުރުވެރިން ނަމަވެސް، މިހާރު އަލުން ރިވައިޒްކޮށް ބަލައި މިއަހަރު އެއް މިލިއަނާއި 1.5 މިލިއަނާއި ދެމެދުގެ އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ބައްދަލުވުމުގައި އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 7.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސްގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އެހެންތޯ ؟ އެހެންވެ ވަރަށް ހެވިފަދޮއްތޯ ތިޔައިނީ ، އަވަހަށް މއ . ބޯގަންވިލާ ޔަށް 8 ބިލިޔަން ރުފިޔާ ފޮނުވާލަދީ އިބުރާ އެބަހުރި 2 ޖަންބޯ ބޭގު ހިފައިގެން ދޮރާށި ކައިރީ ....

    11
  2. ......

    ލަދެއްނުގަނޭބާ މިމީހުން މިހެން ކިޔަން...

    10
    1
  3. ވަށަފަރު މުދިމު

    މީދޯ އެ އެޑްވައިޒަރ ބެނުން މީހަކީ މިފެންވަރު މީހުން ކީކުރަންތަ މާގާމު ހަކާހަވާލުވަނީ

  4. މޯދީ

    އަވހަށްބަހާ ނިއްލާ!

  5. 😂

    ދެން ވަގައްް ނަގާ ކާލަ… ވަގު އިބޫ ސަރުކާރު

  6. އާދަމް

    ދައުލަތުގެ އިސްމަޤާމުތައް ދެނީ ބޭރުމީހުންނަށެވެ.އެހެން އެވަނީ ތަޖުރިބާ ނެތް ކުދިންނަށް ޒިންމާރު ދާރު މަޤާމުދިނުމުން ކުރަންޖެހޭ މަސައްކަތް ނޭގޭތީއެވެ.

  7. Alibe

    ރައްޔިތުން ފެލިވަރަކަށް ލިބޭލާރި ގިނަވާނެ.

    4
    1
  8. ވައިކިންގ

    އިންޑިއާ މީހުންނަށް މުސާރަދެވޭވަރުވޭތަ؟