އައްޑޫ ސިޓީން އިތުރު 16 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އައްޑޫން މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނީ ހިތަދޫން ކޮވިޑަށް ފައްސިވި 14 މީހަކާއި ހުޅުދޫން ފައްސިވި މީހަކާއި، މީދޫން ފައްސިވި މީހެކެވެ. މީގެ ތެރެއިން ހިތަދޫން ފައްސިވެފައި ވަނީ ކުރިން ފައްސިވި މީހުންނާއި ގާތުން އެއްތާވި 13 މީހަކާއި ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. ހުޅުދޫން ފައްސިވީ ފައްސިވި މީހަކާއި، ގާތުން އެއްތާވި މީހެކެވެ. މީދޫން ފައްސިވެފައި ވަނީ ވަކ ތަރުތީބެއް ނެތި ނެގި ސުންކެކެެވެ.

މިއާއެކު އައްޑޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 260 އަށް އަރާފައެވެ. އޭގެ ތެރެއިން 82 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑާއި ގުޅިގެން އައްޑޫ ސިޓީ ބަންދު ކުރީ މެއި މަހުގެ އެއް ވަނަ ދުވަހު އެވެ. އެ ދުވަހު އައްޑޫން ފައްސިވީ ފްލޫ ކްލިނިކަށް ދެއްކިއެވެ.

އޭގެ ފަހުން އެ ސިޓީން ކޮންމެ ދުވަހަކުވެސް ދަނީ ކޮވިޑްގެ އަދަދުތައް އިތުރުވަމުންނެވެ.

މިހާރު އެ ސިޓީގައި ބަލި ޖެހިފައި ތިބި 176 މީހަކު އެބަތިއްބެވެ. އައްޑޫން ކޮވިޑް ބަލީގައި ދެ މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަމެން

    ރާއްޖޭގެ ވަކިވަކި ރަށްރަށުގެ އާބާދީގެ ނިސްބަތުން އާބާދީގެ 50 އިންސައްތަޔާ ގާތްކުރާ އަދަދަކަށް ފައްސިވި ޖުމުލަ ޢަދަދު ހިމެނޭރަށެއް އެބަ އޮތް، ނޫސްވެރިންނަށް ފެންނަނީ އައްޑު އެކަނިތަ؟ ދުވާލަކު ފައްސިވާ ޖުމުލަ އަދަދުވެސް އައްޑުއަށްވުރެން ބޮޑުތަނުން އިތުރު، އެއީ ސަރުކާރުގެ އަޅާލުން އެންމެ ކުޑައަތޮޅުގެ ރަށެއް! ވަރަށް ސަލާމް.....!