އަވަށްޓެރި ގައުމުތަކުގެ ކޮންސިއުލޭޓްތައް އައްޑޫގައި ހުރުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއަރާ ގޮތްވުން ވެސް އެކަށީގެންވާ ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އައްޑޫ އަށް ނިސްބަތްވެވަޑައިގަންނަވާ އުގެއިލް މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާ ސަރުކަރުން އައްޑޫގައި އެގައުމުގެ ކޮންސިއުލޭޓެއް ގާއިމު ކުރަން ނިންމާފައިވާކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމަށް ފާސްކުރީ އަދި ހަމައެކަނި އިންޑިއާ ސަރުކާރުގެ ކެބިނެޓުންނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އެ ކަމާ މެދު ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

އެކަމާއި ގުޅިގެން އުގެއިލް ވިދާޅުވީ، އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާއި ކިހާ ގާތްގުޅުމެއް އޮތްކަމެއް ތޯ އެނގެން ޖެހޭ ކަމަށެވެ. އަދި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލު ކުރެވޭ ވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީ ގޮތުން މިހާރު ފެންނަން ޖެހޭ ކަމަށް އުގެއިލް ވިދާޅުވިއެވެ.

މީގެ އިތުރުން ކަންތައްތައް ކުރުމުގައި އިސްފަސް ވުމުގެ ޖާގަ އެބަ އޮތް ކަމަށްވެސް އުގައިލް ވިދާޅުވިއެވެ.

"އަދި މިވަގުތު ކޮންސިއުލޭޓެއް ގާއިމު ކުރުމުގައި އަތޮޅުގެ ވެރިންނާއި ސަރުކާރު މަޝްއޫލުވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއަރާ ގޮތްވުން ވެސް އެކަށީގެންވޭ". އުގެއިލް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން ނިންމުމާ ގުޅިގެން މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ "ސޭވް އައްޑޫ" ހޭޝްޓެގާއެކު ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އަކުރަމް

    ކޮންސިއުލޭޓް ހުރުމަކުން މައްސަލައެއްނެތް ދިވެހި ރާއްޖޭގެ ގާނޫނު ހިނގާ އަދި ތަންފީޒު އެތަަންތަށްވެސް ކުރެވެންޔާ. އެކަމް އޭގެ ބަދަލުގަ ކޮންސިއުލޭޓް ހުރީތީއޭ ކިޔާފަ މުޅި އައްޑުއަށް އިންޑިއާގެ ގާނޫނުން ބާރު ފޯރުވަންޔާ އެއީ ހުރެގެން ވާނެ ތަނެއް ނޫން.

    30
    7
    • ވިސްނާ

      #ސޭވް އައްޑޫ، #އިންޑިއާ އައުޓް

      15
      2
  2. ބޮލުރޮދި

    މީނަޔަށް މިވަރު ވިސްނުނުކަންވެސް ރަނގަޅު....ގިނަމީހުން ވިސްނުން ހުންނަ ގޮތަކީ ރުހޭޕާޓީ ކުރިކަމަކަށް ވާތީ ވަގުތުން އެއްވެސް ވިސްނުމަކާ ނުލާ އެކަމެއް ރަނގަޅުކޮށް ދިފާއުކުރަން މަސްއްކަތް ކުރުން.

    52
  3. މަރީ

    އުގެއިލްއަށް ވިސްނޭވަރަށް މިގައުމުގެ ވެރިންނަށްވިސްނޭނަމަދޫ. އިންޑިޔާގެ ސަލާމަތަށް މޯދީވިސްނާވަރަށް (މިސާލަކަށް ޗައިނާގެ ނުރަށްކަލަށް އެމީހުންއަޅާހަރުކަށިފިޔަވަޅުތަށްބަލާބަލަ) މިގައުމުގެ ވެރިންމިގައުމާއިދޭތެރޭ ނުވިސްނާ. މިގައުމުގެ ކުޑަކަމާއި މީސްކޮޅުމަދުކަމުން އިންޑިޔާގެ ވިޔަފާރިވެރިޔަކަށްވެސް މިގައުމުގަނެލެވިދާނެ. އެކަމު މިގައުމައުމުގެ އެންމެން އިންޑިޔާއަށް އެރިޔަސް އެގައުމުގެ ދަޑުވެރިކަން ކުރާ އެންމެބިވެސް ފުރާނުލެވޭނެ. މީސަލާމަތީކަންކަންވިސްނަންވީގޮތަކީ. ދީނީތަފާުދެގައުމު މިގައުމުހަލާކުކޮށްލަށްނަގާނީމަދުވަގުތުކޮޅެއް. އެކަމު ދިވެހިންނަކަށް އިންޑިޔާގެ ކުޑައަވަށެއްވެސް ހަލާކެއްނުކުރެވޭނެ. ދިވެހިންވިސްނާ

    42
  4. އަހްމަދު

    ތަރައްޤީއޭ މީހުން ކިޔާއިރު މިކިޔާ ތަރައްޤީއެއް ނޭނގޭ! އެނގޭ ހާވެސް ކަމަކީ ދިވެއްސަކަށް އެތަނުން ވަޒީފާއެއް ނުލިބޭނެކަން! ދެން އެތާ ތެރޭ ހިނގާނެ ހިންގާނެ އެއްވެސް ކަމެއް އެއްވެސް ދިވެހި ރައްޔިތަކަށް ނޭނގޭނެކަން!!!

    40
  5. ރަޝީދު

    އައްޑޫގައި ރީނދޫ ހުން ޖެހިފައިވާ މީހުން ގިނަކަމުން އެމީހުންނަށް މީހާރަކު ވީސްނާކަށް ބޭނުމެއްވެސް ނޫނެވެ. އިސްކޮށް ޒިންމާރު ދާރު ވަޒީފާގައިތިބި މީހުންވިސްނަނީ ރައްޔިތުންގެ މަސްލަހަތަކަށްނޫނެވެ.

    39
  6. ތިންކް ޝާޕް

    ޕްރޮފެސަރުގެ ވިސްނުން ކޮއްޓެއް ނުވާނެ.

    44
  7. ހުރޭ

    އިންޑިޔާގެ މޯދީ އިންޑިޔާއަށްވިދާނެނުރައްކަލަކަށްވިސްނާވަރުބަލާބަލަ . ދުރުވިސްނޭމީހުންނަކީ އެއީ . ބުދުބީން ހިމާޔަށްކުރަންވެގެން މުސްލިމުންކިތަންމެ ރުޅިއަޔަސް ގެރިކަތިލުންމަނާ. މުސްލިމުންނަކަށް ދީނީވާހަކައެއްނުދެއްކޭ. މިސާލަކަށް ޒާކިރުނައިކު ބޭރުކޮށްލައިފި. އެކަމު އެއީބޮޑެތިގައުމުގެ ވެރިންވިސްނާވަރު. މިގައުމުގެ އާބާދީއާއެއްވަރުގެ އަދަދަކަށް އިންޑިޔާގައި ކޮންމެދުވަހަކު ކޮވިޑްއެބަޖެހޭ.

    27
  8. ސަމާ

    މޭޔަރު ސަހާބް އަށް އޮތީ 2 ޗޮއިސް.
    -1 މމޕރސ ލިސްޓްގެ ދަށުން މަގާމަށްވާނެ ގޮތެއް ނޭގި ހުރުން
    -2 ބުނިހާގޮތެއް ހަދައިގެން ހުރުން.

    34
    1
  9. މޯޑު

    އުގޭލަށް ވިސްނޭ. ސޭވް އައްޑޫ!

    43
    3
  10. އަރީ

    ތިގޮލާވެސް ކިޔަވައިގެން ޕުރޮފެސަރުކަން ލިބި ގެން ކުރާނެކަމެއް ނެތިގެން މަޑުމަޑުން ސިޔާސީވަމުން ތިދަނީ.

    9
    46
  11. ޙާކިމާ

    ކޮންސުލޭޓެއްނޫން އެއީކީ. އެވާނީ އިގިރޭސިން އިންޑިއާގައި ގާއިމުކުރިކަހަލަ ކުންފުނީގެ ވައްތަރަކަށް

    30
  12. ދިވެހިން

    ސާބަހޭ އުގަލް. އިންޑިއާ މިިހުން އުޅެނީ ޖާސޫންކުރަން. އިންޑިއާ މީހުންބޭރުކުރޭ

    45
    1
  13. ަސދަސަ

    ހިތާމަޔަކީ ވަގުންގެ ލިސްޓްގައި ޖެހިފައި ތިބި ބަޔަކާއި މަޖިލިސް ހަވާލުކުރެވުނުކަން އަދި ހަމަ މޭޔަރުކަންވެސް.

    41
  14. ޏ

    އިންޑިއާގެ ކޮންސިއުލޭޓް އައްޑޫގައި ގާއިމުކުރުމަކުން
    ލިބޭނެ ތަރައްގީއެއް އޮތްކަމަކަށް ނުބެލެވެއެވެ އޭގެ
    ބަ ދަލުގައި އިންޑިއާގެ ނުފޫޒާއި ބާރު ރާއްޖޭގައި ގަ ދަވެ
    ރާއްޖޭގެ އަމިއްލަ ވަންތަކަމަށް ކަމަށް ހުރަސްއެޅޭނެއެވެ
    މިކަން ވާނީ ކުއްލިއަކަށްނޫނެވެ.

    33
    1
  15. ޝޮކްތެރަޕީ

    އައްޑޫ މީހުންނަ ލިބޭނީ ހިތި

    42
    2
  16. ރާއްޖެތެރެ

    މީ ވަރައް ދެރަވަރުގެ ނިމްމުމެ އިންޑިޔާގެ އަސްކަރީ ބާރުގަދަކުރަން އައްޑޫ ހެދުމަކީ މިނިވަން ވިޔަފާރިޔައް މިނިވަން މާހޯލަކައް އެޅުނު ޅައެއްޗެ

    32
    1
  17. Anonymous

    އުޤެއިލޫ އަތޮޅުގެ ތައްޤީއަށް އެކަނިތަ ބޫރޫއަރާނީ.
    އެކަމުގެ ސަބަބުން ލިބޭނެ ދީނީ ގެއްލުން މިނިވަންކަން ގެއްލުން . ސީދާ އަޅުވެތި ކަމާއި، ގެރިމޯދީ ގެ ލާދީނީ އެޖެންޑާ ފެތުރުމަށް އިންޑިޔާގެ މީހުން ގެނެސް އަޅާލުން.
    ގެރިމޯދީމެންނަށް ހިވާކަހަލަ ދިވެހި ބިމަކީ އިންޑިޔާގެ ތަރިކަ މުދާގަނޑެކޭ. ދިވެހި ރައްޔިތުން ކައިރީ އެހުމެއް ކެހުމެއް ނެތި ގޮތް ނިންމަނީ. ކިހާދެރަކަމެއްތޯ. މީ މިސަރުކާރުގެ ނާޤާބިލް ކަމުން އެމީހުންނަށް އަޅުވެރި ވެފައިވާރު އެނގިގެން މިދަނީ. މިނިވަން މުސްތަޤިއްލު ޤައުމެއް ކަންކަމާ ބެހޭކަށް ނުޖެހޭ. އަވައްޓެރި ކަމުގައި ވެސް ބޮޑު ބަލާފުޅެއްނު. ކޮބާ މައްމޫނު، ޢިޔާޒު. އިލްޔާސް ހަމަ ބަހެއް ވެސް ނުކިޔަންތޭ މިތިބެނޫ

    41
    2
  18. އައްޑޫ މީހާ (އެސޯސިއޭޓް ޕްރޮފިސަރ)

    ދެންވާނެގޮތަކީ ގަން އެއާޕޯޓް އެމީހުންގެ މިލިޓަރީ ބޭހަކަށް ބަދަލުކޮށް ނަމުގަ ދިވެހި ލަޝްކަރުގެ ފުރަތަމަ މިލިޓަރީ ބޭހަކަށް އެތަންބަދަލު ކޮށްދޭނަމޭ ބުނާނީ. މިވެސް ހަމަވުންގާތްކަމެއް. ޢަސްލު ވެރިކަން ދޭންވީ ޕްރޮފިސަރ އުގެއިލުއަށް. ދެން އަޅުގަނޑު ޑެޕިއުޓީއަކަށް. ޢޭރުން އަޅުގަނޑުމެންގެ ކެބިނެޓުގަ ތިބޭނީ ހުސް ޕީއެޗްޑީ ބޭފުޅުން. ޑެޕިއުޓީންނަށް ތިބޭނީ އެންމެ އާދައިގެ ބޭފުޅުން. ޢެވެސް ކޮންމެ ވުޒާރާކަށް އެންމެ ބޭފުޅަކު. މަޖިލީހަށް ކުރިމަތި ލެވޭނީ ދީނީ ޢިލްމުއިންމާސްޓާރސް އަށްވުރެ މަތިން ކިޔަވާ ވިދާޅުވެފަ ތިއްބެވި ބޭފުޅުން. މިވަގުތު މަޖިލީހުގަ ތިއްބެވި ފެންވަރުގެ ބޭފުޅުން ޖެހޭނީ މިގައުމުގެ ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއަރުވަދޭން އެދާއިރާގަ މަސައްކަތް ކުރަން. ރައްޔިތުންގެ ރުހުމާއެކު މިގައުމުގެ ވެރިކަން އައްޑޫސިޓީއަށް ބަދަލުކޮށް މާލޭސިޓީގެ ތޮއްޖެހުން ހަމައަކަށް އަޅުވާލާ ގެދޮރު ޢަތްނުފޯރާވަރަށް ބޮޑުކޮށް ކުއްޔަށް ދީގެންއުޅޭ މީހުން ހަމަބިމަށް ތިރިކޮށް ސިންގަޕޫރަށްވުރެ ދެގުނަ މިރާއްޖޭގެ ފެންވަރު ރަގަޅުކޮށް ދުބާއީ މީހުން ފަހަތަށް ޖައްސާލުމުގެ ދުރުވިސްނުން ޕްރޮފިސަރުންގެ އެބަހުރި. ކެރެންޏާ 2023 ގަ ވޯޓްދެއްވާ. ޢަޅުގަނޑުމެން ކުރިމަތިލާނަން.

    8
    1
  19. މޯޑު

    ދަރިންނޭވެ ވިސްނާ ވިސްނާ މިސަރުކާރުން ރަނގަޅު ހުރިހާ ވަޒީފާތައް ވެސް ދެނީ މިހާރު އިންޑިޔާގެ މީހުން ނައް
    . މުޅި ގައުމުގައި އެމީހުންގެ ނުފޫޒް.

    13
  20. ާއަހުމަދު

    އުގައިލު ތިވާހަ ކަ ނިޒާރު އައް ކިޔާދީަބަލަ

    15
  21. ވިސްނާ

    #ސޭވް އައްޑޫ، #އިންޑިއާ އައުޓް

    16
  22. ޗަންދިގަރ

    މޯޑީ ގެ އެޖެންޑާގެ ދަށުން އައްޑޫ ހިފަނީ. ގަޅީ އައްޑޫ މީހުންނަކައް މޯޑީ ގެ ނުރައްކާތެރި އަޑީއެއް ނޭގެ. އިބޫ ސޯލިހަކީ މިޤައުމައްލިބުނު އެންމެ ނުރައްކާ ގައްދާރު ރައީސް.

  23. ބަކަރިކޮށި

    ޔާމީން ފާފު އަތޮޅު ވިއްކާލަނީއޭ ސައުދީ އައް ކިޔައިގެން މޑޕ މީހުން ލެވި ހާޅޭހަދާން އެބަހުރިބާ މޑޕ ގުންޑާތައް؟