މި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބުވެރި ހަމަލާގެ ތަހުގީގު ކުރިޔަށްދާ ގޮތުގެ ފުރިހަމަ މައުލޫމާތު އެމަނިކުފާނާ ހިއްސާ ކޮށްދެއްވުމަށް އެމްޑީޕީން އެދިއްޖެއެވެ.
ބޮމުގެ ހަމަލާއިން ސަލާމަތްވެވަޑައިގެން މި ވަގުތު ޖަރުމަންވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ނަޝީދަށް ތަހުގީގުގެ ފުރިހަމަ މައުލޫމާތު ލިބިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީން ބުނެއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުރަތަމަ ފަހަރަށް، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ތަހުގީގު ކުރިޔަށްދާ ގޮތުގެ ފުރިހަމަ މައުލޫމާތު ނަޝީދަށް ލިބުމަކީ މުހިއްމު ކަމެއް ކަމަށްވާއިރު އެ މައުލޫމާތު އެމަނިކުފާނަށް އެރުވުމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ.
އަދި އެގޮތަށް ސީޕީ އެއްބަސްވެވަޑައިގެންފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
"ފުލުހުން ހަމަޖައްސާ އިންތިޒާމެއްގެ ތެރެއިން ތަހުގީގުގެ މައުލޫމާތު ލިބެމުންދޭތޯ ބަލާނަން" ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ހަސަން ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މައުލޫމާތުތައް ފަރުވާކުޑަނުކޮށް ފުލުހުން ދޭތޯ ބަލަމުން ގެންދާނެ ކަމަށެވެ.
ފުލުހުންގެ އާއްމު އުސޫލު އޮންނަ ގޮތުންނަމަ ތަހުގީގުގެ މައުލޫމާތު ފޯރުކޮށްދެނީ އަނިޔާލިބޭ ފަރާތުން އެދުމުންނެވެ.
ބޮމުގެ ހަމަލައާ ގުޅިގެން ސަލަމާތީ ހިދުމަތްތަކުގެ ކޮމިޓީ (241) އިން ދަނީ އިންކުއަރީއެއް ހިންގަމުންނެވެ. އެކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ވިދާޅުވީ، އިންކުއަރީ ކުރިޔަށްދަނީ އެކި ކަހަލަ މަރުހަލާތަކަށް ބެހިގެން ކަމަށާއި ހޯދާ ހޯދުން ތަކުގެ އަލީގައި، ޖޫން މަހުގެ 30 ގެ ކުރިން ކޮމިޓީން އެކުލަވާލާ ރިޕޯޓް ނެރޭނެ ކަމަށެވެ. ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ ތަހުގީގެއް ކޮމިޓީން ހިންގާނެއެވެ.
އެ ހަމަލާގެ ތަހުގީގު ކުރިޔަށްދާ ގޮތް ގާތުން ބެލުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ހާއްސަ މަންދޫބަކުވެސް ވަނީ އައްޔަންކުރައްވާފައެވެ. ރައީސްގެ މަންދޫބެއްގެ ގޮތުގައި އައްޔަން ކުރައްވާފައި ވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ އައްބާސް ފާއިޒް އެވެ.
ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ހަތަރު މީހަކު ވަނީ ގެންގޮސްފައެވެ.
ބަލަ ކެނެރީގޭ ފެންޑާގައި މިމައްސަލަބަލާގޮތައް ހަދަންވީ މިގައުމުގެ ރައީސައްވުރެއް މި ނަސީދު ބާރުގަދަ ޖުޑިސަރީގާވެސް ހިސާނުއާ ނަސީދު ހިންހަމަނުޖެހިއްޖެޔާ އެފަޑިޔާރަކު ސުލޫކީ ވާހަކަނަގަންވީ މެންބަރަކު ނުގޮތަކައްވޯޓަދީފިއްޔާ އެމެންބަރަކީ މަނީލޯޑުކުރުމުގެތުހުމަތުކުރާ މެންބަރެއް މިކަމަން މިގައުމުގާ ހެކިބަސްދެވޭވަރުގެ ދެބޭފުޅުން ތިބީ އަދީބު ޒިޔަތު
ބަލަ ޠަހުގީ ގަށް ހުރަސް ނާޅާށޭ
މި ކަންތަހުގީގު ކުރާ ހުރިހާ މީހުން މަލީހުމަތިން ހަނދާން ކުރާތި ސިދާތާމަތިން ހަނދާންކުރާތި މާދަމާ ފިޔަ ކޮށާލާފަ ނަގާ ބޭރުކ ކޮއްލާނެ މިހާރު ހައްޔަރު ކޮއްފަ އެތިބި މީހުންނައް ތިޔަދެނީ ހައްގު އަދަބު ނޫން ކަމައް ފަހުން ނުބުނަތި އަދުލުވެރިވާތި މިވަރައް ވާހަ ކަ
ޏަޝީދު ކަލޭ ދޭބަލަ މި ޤައުމުން ނިކުމެގެން . ބޮޑު ނޮހޮރޮއްޕާނަކާ ހަމަ . ނަޝީދު ނަޝީދު ނޫސްވެރިންވެސް އަބަދު މީނަގެ ހަބަރުތައްލިޔެ ޕްރޮމޯޓް ނުކޮއްބަލަ މި ޤައުމުގަ އެބައޮތް މާބޮޑެތި މައްސަލަ ލިޔަންޖެހޭ
މިޢީ ކަންހިގާ އުޞޫލާ ދިމާ އިދިކޮޅު ކަމެއް. އެކިއެކި އަމިއްލަ ފަރުދުންނާ ގުޅުންހުރި ވަރަށް ތަފާތު މަސްއަލަތައް ފުލުހުން ބަލާ. އަނިޔާއާ މާރާމާރިޔާ ، މީހުންގެ މުދަލުން ވައްކަން ކުރުމާ ފިހާރަ އޮފީސް ފަދަ ތަންތަން ފަޅާލާ ތިޖޫރީން ވައްކަން ކޮށްފައި އެބަހުރި. މިކަންކަމުގައި ތުހުމަތުވާ މީހުންނާ ރެޑްހޭންޑުން ހިފިފައިވާ މީހުން ބަންދުކޮށްގެން ތަޙުޤީޤު ކުރެވޭ. ނަމަވެސް ތަޙްޤީޤު ކުރިޔަށްދާވަރާ ލިބޭ މަޢުލޫމާތު މަސްއަލައާ ގުޅޭ އަނެއްފަރާތަށް އޮޅުން ފިލުވައިދީ ތަޙްޤީޤިގު ގެ އަޕް ޓް ޑޭޓް ދީއެއް ނުހަދާ. ޥަކި މީހަކަށްޓަކައި މި ހަރުދަނާ އުޞޫލާ ޚިލާފުވުމަކީ ރަޢިއްޔަތުން ގެ ޙައްޤަށް އަރާގަނެ ރަޢިއްޔަތުންނަށް ވެވޭ ޚިޔާނާތެއް. ޤާނޫނީ ބޭފުޅުންނަށް މިވަރު ނުވިސްނޭކަމީ ހެއްވާ ކަމެއް.
މައްސަލައެއް އޮތް ކޮންމެމީހަ ކަށް އެމީހަ ކު ގެ މައްސަލައެއް ކުރިޔަށް ދާގޮތް އަންގާ ވަ ކި ނަސީދަ ކަށްނޫން ނަސީދު ފަހަރެއްގަ ބައެއް ކަން ކަން އޮއްބާލަފާނެ
ބަލަގ މިގައުމުގަ މިހރުގެ ހަލަތު މަބޮޑޭ ކަލޭގަެ އުދަގުލަާހެދި މިހެން ވީވެސް ތިހުރިތަނެއްގަ ދިވެހިން ނައް އުދާގޫބޮޑުނުކޮއް ހުރެބަލަ މިަގއުމުގެ ރައިތުން ނޫޅެޔޭ ކަލޭކޮބައިތޯބަލަކައް ޔާﷲ މީނަ ދެން މިގައުމައް ނަރުވާތި
ދޭން ނުޖެހޭނެ. ފުލުހުން ކުރާ ތަހުގީގުގެ އެއްވެސް މައުލޫމާތެއް ހިއްސާ ކުރަންޖެހޭ ފަރާތެއްނޯންނާނެ. ނަސީދު ބިރުގަނަނަނީ ނަސީދުގެ އަތެއް އެކަމުގަ އޮތީމަތޯ؟މެޔަށާއި ގޮހޮރުގަ އެއްޗެހިތަކެއް ހުރިކަން އެގުނީ ސްކޭން ކުރުމުންކަމަށް އޭޑީކޭން ބުނި އޭގެ މާނަޔަކީ ބޭރުން ވަދެފަ ހުރި ކަމަށް ފެންނަން ނެތިއޭ ބާ؟ ބޭރުގަ ހުރި ޒަހަމްތަކުގެ ތެރެއަކު އެއްވެސް އެއްޗެއްނެތް. އެހެން ވީމަ އެ އިންދެހަވަނީ އެ ރޭޒާފުށްތައް ފަރީކުޅުއްވައިގެ ހުންނވީކަމަށް ސުވާލު އުފެދުމުގެ ޖާގަ ނެތްބާ؟