ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ފަހު ހިނގި މަރުތަކާއި، ނަޝީދަށް ދިން ބޮމުގެ ހަމަލާއާ އެއްވެސް ގުޅުމެއްވޭތޯ ބަލަން އެމްޑީޕީގެ ނައިބް ރައިސް މުހައްމަދު ޝިފާޒް(ޝިއްޕެ) ގޮވާލައްވައިފިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަންވެސް ކުރައްވާ ޝިއްޕެ އެކަމަށް ގޮވާލައްވާފައިވަނީ ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޝިއްޕެ ވިދާޅުވީ، "ފަހުން ހިނގި މަރުތަކާއި" ނަޝީދަށް ދިން ހަމަލާއާ އެއްވެސް ގުޅުމެއްވޭތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށެވެ.
އެއީ ކޮން މަރުތަކެއްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޝިއްޕެ ވިދާޅުވީ "މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދެމަރެއް ތިން މަރެއް ނޫސްތަކުން ފެނުނު ވާހަކަ އެއީ އަސްލު. އިމަރާތެއްގެ މަތިން ވެއްޓިގެންނާއި މަގުމަތީގައި އޮއްވައާއި މިކަހަލަ މިކަހަލަ މަރުތަކެއް ފެނިފައިވާތީވެ ބޭބޭފުޅުން ސުވާލު އުފައްދާ. މިކަންކަން ރަނގަޅަށް ތަހުގީގުކުރަމުންދާއިރު މިކަންކަމަށް ރިޔާއަތްކުރުމަކީ އަޅުގަނޑު ހިތުން ކުރަން ޖެހޭނެ ކަމެއް" އެވެ.
ތަހުގީގުގައި މިފަދަ ކަންތައްތައްކަށް ރިޔާއަތް ކުރަން ފުލުހުންނަށް އެދޭ ސަބަބަކީ ޑރ. އަފްރާޝީމްގެ މަރަށް ފަހު ވެސް ކައިރިކައިރީގައި މަރުތަކެއް ހިނގާފައިވާތީ ކަމަށް ޝިިއްޕެ ވިދާޅުވިއެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާންއާ ޔާމީން ރަޝީދު މަރާލާފައިވަނީ އޭގެ ފަހުންނެވެ. އެ މަރުތަކާއި ޑރ އަފްރާޝީމްގެ މަރާއި ގުޅުމެއްވާކަން ފަހުން ވަނީ ހާމަވެފައެވެ.
އިމާރާތުން ވެއްޓިގެން ހިނގި މަރުތަކަށް ރިޔާއަތްކުރަން ޝިއްޕެ ވިދާޅުވެފައިވާއިރު، މި ދޭތެރެއިން އިމާރާތުން މީހުން ވެއްޓިގެން ހިނގާ ހާދިސާތައް ގިނަވިއެވެ. އެކަމަކު ވެއްޓުނު އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓް މިހާތަނަށް ކޮށްފައެއް ނުވެއެވެ.
ފަަހަކަށް އައިސް ރާއްޖޭގައި މަރުތައް ގިނަވެފައި ވަނީ ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވުމުންނެވެ.
މީ އަޅެ ކޮންތާކު ބުރާންތި އެއްތަ ބަލަ އުސް އިމާރާތުން ވެއްތިފައި ވަނީ ބަންގާޅިއެސް އޭސީ އާއި އެކު އެކަންވެސް ތިކަމާ ގުލހުވަނީތަ.. ކޮވިޑް ޖެހިގެން މަރުވިމީހުންތައްވެސް ތިކަމާ ގުޅުވާ.. ކުފޫ ހަމަނުވާ ވެބް ކެމް ޖައްސާ..
ކީކޭބާ މިކިޔަނީ ...
ތަހުގީގުގައި މިފަދަ ކަންތައްތައްކަށް ރިޔާއަތް ކުރަން ފުލުހުންނަށް އެދޭ ސަބަބަކީ ޑރ. އަފްރާޝީމްގެ މަރަށް ފަހު ވެސް ކައިރިކައިރީގައި މަރުތަކެއް ހިނގާފައިވާތީ
ޢަފްރާޝީމްގެ މަރާ ބެހޭގޮތުން އަންނިއާ ސުވާލު ނުކުރާތީ އެމަރުގެ ހަގީގަތް ސާފު ނުވެގެން އުޅެނީ އަންނި ބުނި އަފްރާޝީމް މަރާލިމީހާ ފުރައިގެން ދިޔަކަމަށް އެހެންވީމަ އެނގޭނެތާ އެއީ ކާކު ކަންވެސް
ޙާދަބޮޑުވަރެކޭ އެހުރީ ވެފަ . ޙެޔޮނުވާނެ އެހެން ހަދަން. އެވެސް އިންސާނެއް ވިއްޔަ. ޥަރަށް ދެރަ.
އެއީ ތެދެއް 6 މެއި 2021އަށް ފަހު އާދަޔާ ޚިލާފަށް ހުޅުމާލެ ފެސިލިޓީ އާއި އަތޮޅުތަކުގައި މީހުން މަރުވީ ކީއްވެތޯ ކޮންމެހެންވެސް ބަލަން ޖެހޭނެ. އޭގެ ފަހުގައި 50އަށް ވުރެގިނަ މަރު ހިނގާފައިވާ ކަމަށް ނޫސްތަކުން ފެނޭ!!!
.ސިއްޕެ ކަ ރައެއް ފަޅާލީދޯ .އެއްވެސް ގުޅުމެއްވާކަމެއް ހެންހިއެއްނުވޭ..ނަސީދައްދިން ހަމަލާވަ ވަ ރައް ތަފާތު.އަދި މާނު ރައްކާ
ކޮވިޑާ ގުޅުވާލާ އޭރައް ހުރިހާ މައްސަލައެއް ހައްލުވީ.
ހެވެއްނުން ކޮންމެ އެއްޗެކޭ ބުންުޔަސް ރައީސްއޮފީހުގެ މިނިސްޓަރޯ ދުވަހަކުވެސް ތާކުން ތާކު ޖެހޭ ވާހަކައެއް ނުދައްކާނެ އޭނަވެސް އެއްޗެކޭބުލަން ޖެހޭނެ ނުން މިކަހަލަ ތާކުންތާކު ނުޖެހޭ މީހުން ގިނަވާނީ ދެން ކޮންގައުމެއް ހިން ގޭނީ ވެރިކަން ވަށްޓަން މަގުމައްޗައް ނިކުމެ ހަޅޭ އްލެވީމަ ދޭ ހަދިޔާ
ވަކިކޮށް ފޮނުވަަލަން އުޅޭތީ މަސައްކަތްކުރާކަން އަންގާލި
އެސޮރު ނުބޯނެ ސިމގިރޭޓެއް
ޥެބްކެމް އިން ބަލައިލީމަ ބޮޑަށް އެނގޭނީ
ބަލަ ސިއްޕޭ މިގައުމުގައި ބަލަންވީ އެއްމެ މީހެއްގެ މައްސަލަތައް އެކަނިތަ؟ ވަކިމީހެއްގެ ހިޔަނީގައި ހުރެ މީހާއަށް ތިހިސާބަށް ދެވުނީމަ، އެމީހާ ބުނީމަ ދުވާލު ރޭނގަޑަށް ވެސް ހަދަން ޖޭހޭނެ ދޯ؟ ސިއްޕެއް އަކީ ކީކުކަން އަހަރެމެން ވަރަށް ރަނގަޅަށް ދަންނަމޭ، ހިގާބަލަ ތާރިހުގެ ތެރެއިން 1999 ހިސާބުގަ އީޕީއެސް އަށް
މުގާބޭތަ އެފެންނަނީ؟
މި ސަރުކާރު އައިފަހުން ގޮތްނޭގޭ މަރު މުޅި ދިވެހިތާރީޚްގަ ނުހިގާ ވަރަށް ވަނީ ހިނާފަ ..އަޅެ މީ ދޮގެއްތޯ
ސިއްޕެތިޔަހެންބުނީމަ މަގޭހިތަށްމިއަރަނީ ހުޅުމާލޭ ކޯވިޑްފެސިލިޓީގައި މަރުވާބައެއްމީހުންނަކީވެސްތިޔަކަމާގުޅުންހުރިބައެއްނޫންބާވައޭ އެއީބައެއްޢާއިލާތަކުން އެދައްކާވާހަކަތަކާ ސިއްޕެތިޔަދެއްކިވާހަކަވެސް އަޑުއިވުމިން ހަމަހިތައްއެރިއެއްޗެއް އެއީއަޑުތައްއިވޭގޮތުން ފެސިލިޓީތެރޭގަވެސް ސިޔާސީމީހުންއުޅޭކަމަށްވަނީ
މިހާރު ތިޔަ އުޅެނީ މިކަންތައް ބޮޑު ކޮންސްޕިރަސީ އަކަށް ހަދަން... މީހަކު އަޅެ މޮޔަވެދާނެ!!
ވެބުކެމް ބޭނުންކޮށްގެން އިމްރާނާއެކު ކޮރޯނާބަލީގައި މަރުވާމީހުން އެމަރުމަނީ ކީއްވެތޯ ބަލާލަދިނުން އެދެން ފަހަރެއްގައި ތިކަމާގުޅުން ހުރިމީހަކު އޭގެތެރޭގަި ހިމެނިދާނެ،
ހަމައިގެ ނުތިބޭމީހުންނަށް ކިޔޭ ނުކިޔޭއެއް ނޭނގޭނެ. އަންނި ރުއްސަން މިމީހުން ކޮންފަދަ ބޮޑު ދޮގެއްވެސް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.
ސިއްޕެ ހާދަވަރަކައްތިޔަ ބިރުން ތެޅި ފޮޅެނީ މީހަކު ކަލެޔެކޭ އަދި ނުކިޔާ އަދި ސައްކެއްވެސް ނުކުރޭ ކަލެއްއައް ހީވަނީ އުތަ ކަލޭގެ އަތުގަހިފާފާނެހެން ތިވަރުން ހީވަނީ ކޮންމެވެސްކަމެއް އެގިގެން އުޅޭހެން