ސަރުކާރުން ގުޅީފަޅުގައި ތަރައްގީކުރަން ރާވާފައިވާ ވިޔަފާރި ބަނދަރުގެ ޕްލޭން ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފިކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުު ވިދާޅުވެއްޖެއެވެ.

ގުޅީފަޅަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ގެދޮރުވެރިކުރުމުގެ މަޝްރޫއު ހިންގަން ނިންމާފައި އޮތް ބިމެކެވެ. އެހެންނަމަވެސް މި ސަރުކާރުވެރިކަމަށް އައުމާއި އެކު ވަނީ ގުޅީފަޅުގެ ބޮޑު ބަޔެއްގައި ވިޔަފާރީ ބަދަރެއް ގާއިމް ކުރުމަށް ނިންމާފައެވެ. މި ޕްލޭންއާއި މާލޭގެ އެތައް ރައްޔިތެއް ހިއްނުތަނަވަަސްވެފައި ވަނިކޮށް މާލެ ސިޓީ މޭޔަރުކަމަށް މުއިއްޒު ނިކުންނެވީ ގުޅީފަޅު ބޯހިޔާވަހިކަމަށް ޚާއްޞަ ތަނަކަށް ހެދުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ވައުދާއި އެކުއެވެ.

މޭޔަރު ކަމުގެ ހުވާ ކުރުމަށް ބޭއްވި އެންމެ ފުރަތަމަ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ އޭނާއަށް މާލެ ރައްޔިތުން މޭޔަރުކަން ދިނީ އެ ވައުދު ފުރިހަމަ ކުރުމަށް ކަމުގައި ވިދާޅުވެފައެވެ. އިއްޔެ މުއިއްޒު ވަނީ ރައީސްއާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި މުއިއްޒު ވަނީ މާލޭގެ ޕްލޭނާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ގުޅީފަޅުގައި ގާއިމް ކުރުމަށް ސަރުކާރުން ރާވާފައިވާ ވިޔަފާރީ ބަދަރު ތިލަފުއްޓަށް ބަދަލުކޮށް، ބޯހިޔާވަހިކަމަށް ޚާއްޞަ ތަނަކަށް ގުޅީފަޅު ހެދުމަށް އެދިވަޑައިގެންފައެވެ.

އެ މަޝްވަރާތަކުގައި ދެކެވުނު ވާހަކަތައް ހިއްސާ ކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ޞާލިޙުގެ ވިސްނުންފުޅުހުރީ ގުދަންކުރަން ގުޅިފަޅުން ޚާއްޞަކޮށްފައިވާ ސަރަހައްދު ހުސްކޮށް ގުދަންކުރުން މާލޭގެ ކޮންމެވެސް ސަރަހައްދަކަށް ބަދަލުކޮށް އެ ތަނުގައި 30،000 މީހުންގެ އާބާދީއަށް އުޅެވޭނެ ގޮތަކަށް ގުޅިފަޅު ތަރައްޤީކުރުން ކަމަށެވެ.

"ރައީސް ވިދާޅުވި ގުޅީފަޅުގެ ޕްލޭން ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލްގެ ދައުރު ވަރަށް ފުޅާ ކަމަށާއި އެ ޕްލޭން ބަދަލުކުރުމަށް ކަމާއި ބެހޭ އިދާރާތަކާއި އެކު އަޅުގަނޑަށް އެއްބާރުލުން ދޭނެ ކަމަށް." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސްއާ ބައްދަލުކުރައްވާ ކުރެވުނު މަޝްވަރާތަކުން އުއްމީދު އައުވެއްޖެ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މަންޒިލަކަށް ގުޅީފަޅު ހެދުމަށްޓަކައި މޭލެ ސިޓީކައުންސިލުންވެސް ސަރުކާރަށް އެއްބާރުލުންދީގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަމަށެވެ.

ގުޅީފަޅު ތަރައްގީ ކުރަން ސަރުކާރުގެ ވިސްނުން ހުރީ ޕްރައިމެރިލީ ޕޯޓް ސިޓީއެއްގެ ގޮތުގައި ކަމަށާއި، އެ ސިޓީއިން 700 ފޫޓުގެ ބިންކޮޅުތަކެއް 1،200 އާއިލާއަށް ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި ގުލީފަޅުން ގޯތި ދޫކުރާނީ މާލޭގެ ރަށްވެރިންނަށް ހާއްސަކޮށްގެން ކަން ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަބީބާ

    ނަޝީދު ވެރިކަމުގަ ގުޅީފަޅުން ގޯތިދިން މީހުން އަތުން އެތަންތަން އަތުލާ މަގުމަތިކުރީ ޔާމީނު، ހަބަރު ފަށަމުން އެއީ ޔާމީނުގެވެސް ޕްލޭނޭ ބުނީމަ ކާކު ޤަބޫލުކުރާނި

    5
    22
  2. ރައްޔިތުންގެ އަޑު

    ސަރު ކާރށް މިގޮވަލަނީ ރައްޔިތުންނަށް ތިހާ ހަރާން ކޯރުނުވެ ތިތަނުގެ ކުލި ކުޑަ ކޮއްދެއްވުމަށް ވަރަށްބޮޑް އަގެއް ތީ-/8500ރ އަ ކީ ތިތަނުގެ ފެންވަރށް ސްޕެސް އަށް ބަލާފަ ނި ކަމެތި ރައްޔިތު މިހައަށް މަހަކު ހަކު މި ލިބޭ އާމްދަނީ އަ ކީ 5 ނުވަތަ 7 ކަ ހާސް ރުފިޔާ އަނެއް ކާވެސް ސަލަންޖަހަން ތިޖައްސަނީ ތިހެންނަހަދާ ސޮލިހު ވެރި ކަމށް އައީ ރައްޔިތުންނަށް އޯގާތެރި ވެރި ކަމެއް ކޮށްދޭން ވައުދު ވެގެން މުއިޒް ތި ކަމުގާ ސަރު ކާރާ މަސްވަރާ ކޮސްގެން ކުލި ކުޑަވޭތޯ ބަލާދީ އަހަރެމެންމިތިބީ އަނގަޔާ އަތާ ދިމަނުވާ ހާލަތުހަ

    16
    1
  3. ހަސަދު

    ސަރުކާރުގެ ދޯހަޅި ކަމާއެވެ،

    13
    1
  4. ގލޅ

    މާލޭ ރައްޔިތުންގެ ހައްގުތައް ހޯއްދަވައި ދެއްވުމަށް ޑރ. މުޢިއްޒު ކުރައްވާ މަސައް ކަތްތަ ކުން ރައްޔިތުންގެ އުއްމީދު
    އާވެއްޖެއެވެ.

    19
    2
  5. ބެރު

    އިބޫ ޔާމީން މިނިވަންކުރޭ އެއީ ކުށެއްނެތް މީހެއް ޔާމީނަށް ހުކުމް ކުރިދުވަހުން ފެށިގެން އިބޫތިޔަދަނީ ދުވަހެ ދުވަހެ ޕްރެޝަރ ބޮޑުވަމުން އޮބިނޯވެގެން ދެންވާނީ މޮޔަ ބޯގޮވާނީ ޔާމީން މިނިވަން ކޮށްގެން ނޫނީ ކަލެޔަށް ހަމަ ނޭވާ ނުލެވޭނެ ޔާމީނަށް ނުހައްޤު ހުކުމް ކުރި ދުވަހު ހޮނުއެޅި އެތަނަށް އަލި ރަޝީދާއި އިބޫޔަށް ވާނެގޮތެއް ހިތަށް އަރާ ނުލަފާ ޝައިތާނުން

    14
    2
  6. މުޙައްމަދު ޢަފީފު

    ބަލަ! ވަގުތާ! ގުޅީފަޅަކީ މީހުން ދިރިއުޅޭ ރަށެއް ކަމަށް ކަނޑައަޅުއްވައި، އެކަމާ ގުޅޭ އެންމެހާ ކަމެއް ކުރެއްވީ ރައީސް މުހައްމަދު ނަޝީދު! ޔާމީނާއި، މުޢިއްޒު ކުރިކަމަކީ، ބަޣާވާތުން ވެރިކަން ވައްޓާލައި ގުޅިފަޅުގައި މީހުން ވަޒަންވެރި ކުރުމުގެ މަގު ބަންދުކުރީ ! އެއީ އިންސާނުން އުޅެން ހެޔޮނުވާތަނެކޭ ބުނެ، އެތަނުން ފުލެޓް ގަތް އެންމެންގެ ފުލެޓްތައް ފޭރިގަތީ ،! ގުޅިފަޅު ފްލެޓަށް ފައިސާ ދެއްކި އެންމެން ބިކަކޮށް ޙާލުގައި ޖެއްސީ ! ގުޅިފަޅު ބޮޑުކުލީގައި ކުންފުނިތަކަށް ދީފައި އެ ލާރިގަނޑަށް ވެސް ވީނުވީ ނޭނގުނީ !
    މިއަދު މޭޔަރުކަން ލިބުނީމާ، މޭފުއްޕާގައި، ގުޅިފަޅު މީހުން އުޅޭ ރަށަކަށް ހަދަންޖެހޭނީ ކިޔަން ތިޔަ މުއިއްޒުގެ ލަދުކޮބާ ؟
    ގުޅީފަޅަކީ މީހުން ދިރިއުޅޭ ރަށްރަށަކަށް ހަދަން ޖެހޭ ވާހަކަދައްކަން އެންމެ ޙައްޤު ބަޔަކީ ގުޅިފަޅު ގެ ފުލެޓްވެރިން ! އިބޫ ޞާލިޙް ވެސް ގުޅިފަޅު ކަންތަކާ ބައްދަލު ކުރާން ޖެހޭ އެންމެ މުހިއްމު ބަޔަކީ ގުޅިފަޅު ފުލެޓްވެރިން !
    ޔާމީން އާއި މުޢިއްޒު އަދި އިބޫ ޞާލިޙްއަކީ ގުޅިފަޅުގެ ޢަދުއްވުން !

    3
    9
  7. މެޑަމް ފާތު

    ހެހެހެ.. އިންޑިޔާއިން ބުރިޖު އަޅަން ފައިސާ ނުލިބުނީދޯ؟ ޕަސާކް

    8
    2
  8. އަނޫ

    ވިލިމާލެ ބުރިޖުގެ މަސައްކަތް ކޮބާ؟