22:31

މިއަދު ކޮވިޑަށް ފައްސިވީ 901 މީހުން.

20:50

އައްޑޫ ސިޓިން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

18:27

ކޮވިޑް-19ގެ ސަބަބުން ޖަޕާނުގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފި

16:52

ހއ. އިހަވަންދޫގައި ކަރަންޓީނު އުސޫލާއި ހިލާފުވި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

16:01

ކޮވިޑް-19 ޖެހުނު ހަތް އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި

12:15

ކޮވިޑް-19 ޖެހިގެން މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެ

11:49

ހުޅުމާލޭ ފެސިލިޓީގެ މުވައްޒަފުންނާއިމެދު ކަންތައް ކުރާގޮތުން އެޗްއާރްސީއެމް ކަންބޮޑުވެއްޖެ.

11:39

ހުޅުމާލޭ ފެސިލީޓީގައި އެކަށީގެންވާ ފަރުވާދޭން ގޮންޖެހުންތައް އެބަހުރި - އެޗްއާރްސީއެމް

09:51

"އިންޑިއާ ވޭރިއަންޓްގެ" ސަބަބުން އިނގިރޭސިވިލާތުގެ ހާލަތު ގޯސްވާން ފަށައިފި.

09:06

ކޮވިޑް ޖެހިގެން 47 އަހަރުގެ މީހަކު ނިޔާވެއްޖެ.

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވާން ފަށައިފިއެވެ. މިއީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލޭގެ ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކޮށް، ކާފިއުގެ ވަގުތު އިތުރުކޮށް އަދި އޭގެ އިތުރުން އެޅި ބައެއް ފިޔަވަޅުތަކުގެ ނަތީޖާއަށް ވުން އެކަށީގެންވެއެވެ. ނަމަވެސް މާލެ އިން ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު ވަކިން އިއުލާން ނުކުރާތީ ފައްސިވަމުން ދަނީ ކިހައި ކުރާ ޓެސްޓްތަކުގެ ކިހައި އިންސައްތައެއް ކަމެއް ނޭނގެއެވެ.

މާލެ އިން 25 ވަނަ ދުވަހު ފައްސިވީ 835 މީހުންނެވެ. 26 ވަނަ ދުވަހު 890 މީހުން ފައްސިވިއިރު 27 ވަނަ ދުވަހު ފައްސިވީ 799 މީހުންނެވެ.

މިއަދު ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ވަނީ 5167 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ %25.14 މީހުންނެވެ.

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވި ނަމަވެސް އަތޮޅުތެރެއިން ފައްސިވާ މީހުންގެ އަދަދު އަދިވެސް ހުރީ ކަންބޮޑުވާފަދަ މިންވަރެއްގައެވެ. އަތޮޅުތެރޭގެ ގިނަ ރަށްތަކުގައި ސިއްހީ ނިޒާމް އޮތް ގޮތުންނާއި، ފަރުވާ ދޭނެ ވަސީލަތްތައް ހުރި ގޮތައް ބަލާއިރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމަކީ ނުރައްކާ އިތުރުވާ ކަމެކެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޭހޮއްކޮ

    ލޮކްޑައުންކުރިޔަސް ނުކުރިޔަސް ރަމަޟާންމަހަށްފަހު 3 ވަނަ ހަފުތާއަށް ލައިގަތީމާ ކޮވިޑް ޖެހޭ މީހުން މަދުވާނެ. އެޑްމިޓްކުރާ މީހުންވެސް މަދުވާނެ. ރަމަޟާންމަހަށްފަހު މީހުން ބަލިވުމާއި ކައިރިކައިރީގައި ދުނިޔެދޫކުރާ މީހުން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ތިބޭނެ.

  2. ކަމަނަ

    ބަލި މީހުން ގިނަ މަގުމައްޗަށް ނުކުމެފަ ދެން ޓެސްޓު ހަދާލާއިރު ފައްސި ރޭގަ އެކްސިޑެންޓުގައި މަރުވި ޒުވާނާވެސް ފައްސި އޭނާޔާ ގާތުން ކިތައް މީހުން ބައްދަލުވި އެމީހުންހެ ހާލު ބެލި މީހެއް އުޅޭތަ

    • ފެއްސި

      ފައްސިވިޔަސް އެމީހާއަކަށް އެމީހާއަށް ބައްޔެއް ޖެހިފައި ހުރި ކަމެއް އެ މީހާއަށް އެނގެނީއެއް ނޫން. އެކަން ނުބަލައި އެނގޭނެ ގޮތެއް އޮންނަނީއެއް ނޫން. އެންމެން ޓެސްޓްކުރަނީއެއް ނޫން. ނޭގޭނަމަ ބޭރަށް ނުކުންނަ މީހާގެ ކުށަކީ ކޮބައިބާ؟ ނުބީހެންޏާ ކަނޑާހަމަ ނޫންތަ!

  3. ބޮއްކުރާ

    މިހާރު ގިނަމީހުންނައް އެގޭ ނިބަލީގަދޭފަރުވާ އެހެންވީމަ ސުންކު ނަގާކަންނުދޭގިނަމީހުން ސުންކުނަގާމީހުން ގިނައިން ހުންނަނީމަނޑުކަށިގަނޑު ފޫދުއްވާލާފަ އެއީވެސް ވޭނެއް އެހެންވެ ގިނަމީހުން އަލާމާތްފެންނައިރަށް އަމިއްލައަށް ބޭސްގަނެގެން ފަރުވާހޯދަނީގޭގަ