ދިއްދޫ އިން ކޮވިޑް-19 އަަށް ޓެސްޓު ކުރުމުގެ ޙިދުމަތް ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ލިބެން ޖެހޭ ކަމުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ދިއްދޫގެ ކޮވިޑްގެ ހާލަތާއި، އެ އަތޮޅުގެ ކޮވިޑްގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ވައްޑޭ ވަނީ ދިއްދޫ އިން ކޮވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ހަމަޖެހިގެން ދިޔުމުގެ މުހިންމުކަމާއި، ހއ. އަތޮޅުގައި ކޮވިޑް ފެސިލިޓީއެއް ހުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ހއ. އިހަވަންދޫގައި ސަރުކާރުން ބޮޑު ޙަރަދެއް ކޮށްގެން ކޮވިޑް ފެސިލިޓީ އެއް ގާއިމު ކުރި ނަމަވެސް، އެތަނުގެ ޙިދުމަތް އަތޮޅުގެ ރައްޔިތުންނަށް އަދި ލިބިފައެއް ނުވެއެވެ. އަދި ދިއްދޫ އަށް ދާދި ފަހުން ކޮވިޑަށް ޓެސްޓު ކުރާ މެެޝިނެއް ގެންދިޔަ ނަމަވެސް އެ މެޝިނުން ޓެސްޓު ކުރެވެނީ ކޮންމެ ދުވަހަކު ވެސް ވަރަށް މަދު ސުންކުތަކެކެވެ.

ވައްޑޭ ވިދާޅުވީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަކީ 27،000 އެއްހާ މީހުން ބޭނުން ކުރަމުން ގެންދާާ ހޮސްޕިޓަލެއް ކަމަށާއި ދިއްދޫ އަދި ހއ. އަތޮޅުގައި ކޮވިޑް ހަލުވިކަމާއި އެކު ފެތުރެމުން ގެންދާ މި ދަނޑިވަޅުގައި ކުޅުދުއްފުއްޓާއި މާލެ އަށް ސުންކުތައް ފޮނުވުމުގައި މޫސުމީ ގޮތުން ހާއްސަކޮށް މިދުވަސްވަރު ދިމާވާ ދަތިތަކާއި އެކަމަށް ހޭދަވާ ބޮޑު ހަރަދުތައް އެބޭފުޅާ އަށް އިނގޭ ކަމަށް ވިދާޅުވެފައެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު

"ހއ. އަތޮޅު ހޮސްޕިޓަލުން ހަތާވީސް ހާހުގެ އާބާދީއަކަށް ޚިދުމަތް ދެމުންދާއިރުގައި އަތޮޅު ހޮސްޕިޓަލްގައި ޓެސްޓުކުރެވޭނެ ނިޒާމު އެބަ ގާއިމުވާންޖެހޭ. މިއަދާ ހަމައަށް އައިއިރުގައި ޓެސްޓުކުރުމަށް ޓަކައި ސާމްޕަލްތައް ނެގިގެން ފޮނުވޭފޮނުވުމާއި، ކުރާ ޚަރަދު، އަޅުގަނޑުމެން އަދި ދަތުރުގައި ހޭދަވާ ވަގުތާއި، އުޅެންޖެހޭ ބުރަކަމަށް ޓަކައި އަދި މިއަދުގެ މޫސުމުގެ ހާލަތަށް ބަލާއިރުގައި ކުރަންޖެހޭ މަސައްކަތްތައް އިންތިހާއަށް ގިނަ. އެކަންކަން ބަދަލުވެގެންދާނީ ވެސް މިދެންނެވި ގޮތަށް އަތޮޅުގައި ޓެސްޓުކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރެވިގެން." ވައްޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން ވައްޑޭ ވަނީ އަތޮޅުގައި ކޮވިޑް ފެސިލިޓީ އެއް ނެތުމުން ރައްޔިތުން ކަނޑުގަދަ މި ދުވަސްވަރު އެހެން އަތޮޅުތަކަށް ދަތުރުކުރަން ޖެހޭކަމަށް ވިދާޅުވެ އެކަމަށް ހައްލެއް ގެނައުމަށް ކޮވިޑް ފެސިލިޓީ އެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

"އޭގެ ސަބަބުން ށ. އަތޮޅަށް މީހުން ދަތުރު ކުރަން ޖެހެނީ. އެހެންވީމާ، އެކަމަށް ވެސް ހުއްޓުމެއް އަންނާނީ އަޅުގަނޑުމެންނަށް ކޯވިޑު ފެސިލިޓީ އެއް ވެސް ގާއިމުކުރެވިގެން“ ވައްޑޭ ވިދާޅުވިއެެވެ.

ހއ. އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅުތަކުގެ ތެރެއިން އަތޮޅަކަށް ވާއިރު، އެހައި ބޮޑު އާބާދީއަކާއި އަޅާކިޔާއިރު އެކަށީގެންވާ ވަރުގެ ޙިދުމަތްތައް އަތޮޅުން ނުލިބޭ ކަމުގެ ޝަކުވާ އަތޮޅުގެ މެމްބަރުން އަބަދުވެސް ކުރެއެވެ. ހއ. އަތޮޅާއި ހދ. އަތޮޅު ހިމެނޭ ސަރަހައްދުގެ އާބާދީގައި 45،000 އެއްހާ މީހުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިއްދޫ

    ބޮޑުން ތިބެނީ މާލޭގަ ކަނޑާ އޮޔާ ވަޔާ ވިއްސާރައިގެ ކަންތައް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެބޭފުޅުން ނަށް ވަޒަނެއް ނުކުރެވޭނެ ރައްޔިތު މީހާ އަށް ވާ އުދަގުލެއް ތަކުލީފެއް ނޭގޭނެ މެމްބަރުގެ ތިވަހަކަ އިވޭނެ ކަންފަތެއް ނެތް

  2. ޢާލީ

    ތިބޭފުޅާގެ 5އަހަރުގެދައުރުނިމޭއިރު ކަމެއްކޮށްދިންކަމަށްވާނީ ހުޅަނގުފަރާތުބިންހިއްކާފައި ޖާގަތަނަވަސް ބޮޑުބިމެއްނަގާފައި ރަނގަޅުފެންވަރުގެ ބޮޑުހޮސްޕިޓަލެއްޢަޅާދެވުނީމަ ހޮސްޕިޓަލަކީ މިހާރުގެރައީސް ވެރިކަމަށްވަޑައިގެނަވަންވެގެން ދިއްދޫ އަށް ވީވައުދުގެތެރެއިން ފުރަތަމަވައުދު ވައުދު ހަނދާންނެތިފައިއޮއްވާ 5 އަހަރުގެ ދައުރުވެސް ނިމިގެންމިދަނީ ތިބޭފުޅާ މިކަމާއުޅޭނެކަމަށް އުންމީކުރަން

  3. ތިލަދުންމަތިން

    ބަލަ މެނަބަރު ކަމަން ތަސަރަފު ނުފެދޭ މީހުން ހޮވީމާވާނެގޮތްތިވަނީ ބަލަ އިހަވަންދޫ ސިފާޒަން އިގޭ ރައީސަކީ އިބްރާހިމް މުހައްމަދު ސޯލިހުކަނަ ދިއްދޫ ބެންބަރު ބައިއަތު ހިފީ މުހައްމަދުނަސީދު ރައީސްކަމަން އިހަވަންދޫ މެންބަރު ސިފާޒުއައް ކަންތައް ވިއަސް ވަހީދު ކިތަމެ ކަރުން ނާރުނަގާ މަޖުލީހުގާ ވަހަކަދެއްކިއަސް ހުސްއަގަ ބަޓު ދެން؟؟ދެން މިހާރު އެގިކަށަވަވެއަޖެ ވަހީދު ދެން ދިއްދޫ ރައްޔަތުން ބަލައިނުގަންނާނެކަން މިހާރު ހިހޫ ވިތަނުން ހަބޭސްކޮއްލަނީ މެންބަރު ދިއްދޫގެ ޒުވާނުނަން ތަންދޮރުނުދަނޭކިޔާފަ ފުރައްސާރަކުރި މިވަރުގެ ތަންދޮރުނުފިލާ މެންބަރެއްތި ؟؟މިހާ ރު އެއްމެ އިސްކަމެންދޭންޖެހޭތަނަކީ ގިރާސަރަހައްދު ބަލަ ކޮންކަމެއްވީ މިފަހުން ރައްޔަތުންނައް ވީގެއްލުން އެގޭތަ ވަހީދު ހަމަ ހަބޭސްުކުރަމުންދަނީ؟؟

    3
    1
  4. ތިލަދުންމަތި

    ބަލަ މެނަބަރު ކަމަން ތަސަރަފު ނުފެދޭ މީހުން ހޮވީމާވާނެގޮތްތިވަނީ ބަލަ އިހަވަންދޫ ސިފާޒަން އިގޭ ރައީސަކީ އިބްރާހިމް މުހައްމަދު ސޯލިހުކަނަ ދިއްދޫ ބެންބަރު ބައިއަތު ހިފީ މުހައްމަދުނަސީދު ރައީސްކަމަން އިހަވަންދޫ މެންބަރު ސިފާޒުއައް ކަންތައް ވިއަސް ވަހީދު ކިތަމެ ކަރުން ނާރުނަގާ މަޖުލީހުގާ ވަހަކަދެއްކިއަސް ހުސްއަގަ ބަޓު ދެން؟؟ދެން މިހާރު އެގިކަށަވަވެއަޖެ ވަހީދު ދެން ދިއްދޫ ރައްޔަތުން ބަލައިނުގަންނާނެކަން މިހާރު ހިހޫ ވިތަނުން ހަބޭސްކޮއްލަނީ މެންބަރު ދިއްދޫގެ ޒުވާނުނަން ތަންދޮރުނުދަނޭކިޔާފަ ފުރައްސާރަކުރި މިވަރުގެ ތަންދޮރުނުފިލާ މެންބަރެއްތި ؟؟މިހާ ރު އެއްމެ އިސްކަމެންދޭންޖެހޭތަނަކީ ގިރާސަރަހައްދު ބަލަ ކޮންކަމެއްވީ މިފަހުން ރައްޔަތުންނައް ވީގެއްލުން އެގޭތަ ވަހީދު ހަމަ ހަބޭސްުކުރަމުންދަނީ؟؟