ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ އަގު ކުޑަކުރުމަށް މާލެ ސިޓީ މޭޔަރު ހުށަހެޅުމުން، ރައީސް އޮފީހާއި، އެޗްޑީސީއާއި އެކު މާލެ ސިޓީ ކައުންސިލުން ބައްދަލުވުމަކަށް ދާން ނިންމައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރެއްވުމަށްފަހު ކުރެވުނު މަޝްވަރާތައް ހިއްސާކުރައްވަމުން މުއިއްޒު ވަނީ ހިޔާ ފްލެޓުގެ ކުއްޔާ ގުޅޭ މަގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވެފައެވެ.

އެޗްޑީސީން މިހާރު ނިންމާފައިވަނީ ހިޔާ ފްލެޓްތަކަށް މަހަކު 7,500ރ ގެ ކުއްޔެއް ނަގާށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނެގުމަށެވެ. ނަަމަވެސް ރައީސް އާއިއެކު ބޭއްވެވި ބައްދަލުވުމުގައި މުއިއްޒު ވަނީ މި އަގު ކުޑަކުރުމަށް ރައީސްގެ އަރިހުން އެދިފައެވެ.

މުއިއްޒު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ދައްކަން ކަނޑައަޅާފައި ވާނީ 5،500ރ. ދައްކާ ގޮތަށް ކަމަށް ފާހަގަކުރައްވާފައެވެ. އަދި ހިޔާ ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ކުރަންޖެހެނީ ފްލެޓު ލިބުނު ފަރާތްތަކުން ކަމަށްވާއިރު، ކުއްޔަށް 8500 ދެއްކުމަކީ ރައްޔިތުންނަށް ބުރައަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ.

މުއިއްޒު އަންދާޒާކުރައްވާ ގޮތުން، ފިނިޝިން އަށް ދެ ލައްކައެއްހާ ރުފިޔާ ހަރަދުވާނެއެވެ.

މި މަޝްވަރާތަކަށްފަހު ސިޓީ ކައުންސިލާއި، އެޗްޑީސީ އަދި ރައީސް އޮފީހުން، ހިޔާ ފްލެޓުތަކުގެ ކުއްޔާ ގުުޅޭގޮތުން އެކުގައި މަޝްވަރާއަށް އިށީނދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވީ ފްލެޓަށް ޑައުންޕޭމަންޓް ނުދައްކާ، 25 އަހަރަށް ކުލި ބަހާލާނެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ. އަދި އެ ފުރުސަރުގެ ދަށުން މަހަކަށް ޖެހޭނީ 7500 ރުފިޔާ ކަމަށް ވިދާޅުވެފައި ވެއެވެ.

އަސްލަމް އޭރު ވިދާޅުވީ 7500 ރުފިޔާއަކީ ހިޔާ ފްލެޓަށް ދައްކަން ޖެހޭ އެންމެ ބޮޑު ކުލި ކަމަށެވެ. އަދި ހިޔާ ފްލެޓުގެ އަސްލު އަގާ އަޅާ ބަލާއިރު، އެއީ ކުޑަ އަގެއް ކަން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަސްއޫދު

    މޭޔަރުކަމަށް މުއީޒު ފަދަ ގައުމީ ވިސްނުމުގެ މީހަކު އިންތިޚާބުކުރުން މިއީ ރަގަޅު ނިއްމުމެއްކަން މިހިރަ ސާބިތުވަނީ މުއީޒުއަށް ސާބަސް ތިޔަގޮތުގައި ދެމިހުންނަވާތީ މާލޭގެ ރައްޔިތުން މަނިކުފާނު ދުލެއްނުކުރާނެ!

  2. ރަސް

    ގާކޮއްޓާ އަރަބިއްޔާގާ އެވާ ފުލެޓްގެ އަގުގެވާހަކަވެސްދައްކަބަލަ

    6
    1
  3. ....

    ގާކޮއްޓާ އަރަބިއްޔާގެ ފުލެޓުގެ އަގުގެވާހަކަވެސް ދައްކަވާ ކުލި 20000 މީހަމަކުލިތަ

    2
    1
  4. ޢިންސާފު

    މީގެ ކުރިން ޔާމީނުގެ ސްރުކާރުގައި ދެއްވާފައި ތިބި 3 ރޫމު އެޕާޓްމެންޓް ތައްވެސް ދީފަހުރީ 6000 އައް މެއިންޓަން ފީާއެކު 7000 ރުފިޔާ ... މީ އަދި 2 ރޫމުތަންތަން ެހެނ ވީމަ މިތަންތަން މެއިންޓަން ފީއާއެކު 5000 އަށް ނުދެވޭނެ. ޢެއްވެސް ސްބަބެއްނެތެންނުން... ތަންކޮޅެއް ބޮޑުވަރު ތީ ލާރި ކާންވެސް ހައްދެއް އޮންނަންވާނެ ދޯ.

  5. އަބްދޫ

    ހިޔާފްލެޓް މިހާރު ނިމިފާ ހުރިވަރަށް ނިމުމުމް ހަރަދުވާއަގަށް ބަލާއިރު ފްލެޓްލިބޭފަރާތްތަކަށް މހަކަށް ޖެހޭނީ 3855 ރުފިޔާ.ފްލެޓްތައް އަގުބޮޑުވެގެން އުޅެނީ މަސައްކަތް ހުއްޓުވާފަ ބޭއްވުމުގެ ސަބބުން މަސައްކަތް ނުނިމި 2 އަހަރުދުވަސް އިތުރުވެގެން ދިއުމުން. މަސައްކަތް ހުއްޓުވުމާއި މުއްދަތުގަ ނުނިމިގެން ހަރަދު ބޮޑުވުމުގެ ޒިންމާ ނަގަންޖެހޭނީ އެކަން ރާވާ ހިންގި ބަޔަކު އެ ޒިންމާ ދިވެހި ރައްޔިތުންއުފުލާކަށެއްނުޖެހޭނެ. ކުރީސަރުކާރުން ނިންމާފަ އޮތީ ފިނީސިން އެކުގަ ނިންމާ 6400 ރު އަށް ދިނުމަށް. ފިނީސިން އެކުގަ ނިންމުމުން ފްލެޓްއަގަށް މަހަކަށް އިތުރުވަނީ 445 ރުފިޔާ. އެއީ މަހަކަށް ޖުމްލަ 4300 ރުފިޔާ ވީމާ 5400/ ނުދެވޭންވީ ސަބަބެއްނެތް. ގާނޫނު ބުނާގޮތުން މުވައްޒަފަކު އަމަލުކުރި ގޮތުގެ ސަބަބުން ލިބުނުގެއްލުމުގެ ޒިންމާ އެ މުވައްޒަފަކު ނަގަންވާނެ. އެމީހެއްގެ މައްޗަށް ދައްވާކުރުމަކީ ދަވްލަތުގެ ޒިންމައެއް.ރައްޔިތުންއެޒިންމާވެ ދަރަނިވެރިވާކަށް ނުޖެހޭނެ.