ކޮވިޑް-19 ޖެހިގެން އުމުރުން 47 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ.

އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ.

މިއީ މިއަދު ކޮވިޑް ޖެހިގެން ނިޔާވި ދެވަނަ މީހާއެވެ. މިއަދު ވަނީ 54 އަހަރުގެ ފިރިހެނަކު ވެސް ކޮވިޑް ޖެހިގެން ނިޔާވެފައެވެ.

47 އަހަރުގެ މީހާ ނިޔާވެފައި ވަނީ ފަތިހު 05:55 ގައެވެ. 54 އަހަރުގެ މީހާ ނިޔާވެފައި ވަނީ ފަތިހު 02:15 ގައެވެ.

ކޮވިޑްގައި ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 153 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް މެދުއުމުރުގެ މީހުން ނިޔާވާ މިންވަރު މިހާރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާދަމުގެދަރި

    ފަތިހު ދެގަޑި ފަނަރަ އާދޭތަ!؟

  2. އމ

    މިއަދުގެ 3ވަނަ މަރު.....
    إنا لله وإنا إليه راجعون

  3. އަހުސަން

    47 އެއީ ހަމަ ޒުވާން އުމުރު! މީހުން 97 އހަރު ވަންދެން ވެސް އުޅޭ! އެހެންވީމާ ވ ޒުވާން އުމުރުގަ އެމީހަކު އެމަރުވީ! ދެރަކަމެއް!