ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިމަހުގެ 06 ވަނަ ދުވަހުގެ ރޭ ދިން ހަމަލާ އާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ އިއްޔެ ހަވީރު ހުޅުމާލެ އިންނެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުން ވަނީ އޭނާ އާއިއެކު ހުޅުމާލޭ ފަޅުގައި އޮތް އުޅަނދަކަށް އަރައި އޭނާގެ ހާޒިރުގައި އެއުޅަނދު ފާސްވެސް ކޮށްފައެވެ. ނަމަވެސް މިއޮޕަރޭޝަނާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރު ކޮށްދިނީ ހަތަރު މީހެކެވެ. އެމީހުންގެ ބަންދުގެ މުއްދަތު މިހާރު ވަނީ ދެވަނަ ފަހަރަށް އިތުރު ކޮށްފައެވެ.

ނަޝީދަށް ހަމަލާ ދިނުމުގައި އެކިގޮތްގޮތުން ބައިވެރިވި އިތުރު ބަޔަކު ވެސް ހައްޔަރުކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ބުރާސްފަތިވިލޭރޭ ވިދާޅުވެފައެވެ.

"މިހާރު މިކަމުގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު ފަރާތެއް މިވަނީ ބަންދުކުރެވިފައި. އަދި އޭގެއިތުރުން މިކަމުގައި އެކިވަރުވަރަށް ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭވެސް އިތުރު ފަރާތްތަކެއް ވަނީ ބަންދުކުރެވިފައި. " ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުން މިހާރު ބަލަމުން ގެންދަނީ މިކަމުގެ ފަހަތުގައި ތިބި ބައެއް ކަމަށާއި އެކަމާއި ގުޅިގެން ވެސް ދާންވީ ދިމާ ދެނެގަތުމަށް މިހާރު ވަނީ ގިނަ މައުލޫމާތުތަކެއް ލިބިފައި ކަމަށެވެ. "އަދި މިކަމުގައި ފައިސާ އެކުލެވިފައި ވޭތޯ ބެލުމަށް އެމެރިކާގެ ތަޖުރިބާކާރާއިއެކު ވަރަށް އަވަހަށް ކުރިއަށްދާނެ." ރައީސް ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހްގީގު ކުރިއަށްދާ ސްޕީޑާއި މެދު އެމްޑީޕީގެ ބައެއް މެންބަރުންނާއި ބައެއް އާއްމުން ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް އެމްޑީޕީގެ ލީޑާޝިޕުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ތަހްގީގުގެ ކަންކަން ކުރިއަށް ދަނީ ރަނގަޅަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  ތިމައްސަލަ އިންޓަނޭނަޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅާ، މިގައުމުގަ ތިނޫންމަސައްކަތެއް ކުރާހައި ނުވާނެ.

 2. މައިކް

  ހުޅުމާލެ ފެސިލިޓީގަ ފަަރުވަކުޑަކަމުން އެތަނުނގެ މަނޭޖްމަންޓްބަދަލްވީއޭ އޮތްނަމަ ހާދަވަރަގަޅޭދޯ
  ނުކުޅެދުންތެރި ހެލްތްމިނަިސްޓަރ ބަދަލްކުރީއޭ އޮތްނަމް ހާދަރަގަޅޭދޯ.
  ފެސީލިޓީގެ ކޭޓަރިން ބަދްލްކުރީއޭބުނިނަމަދޯ
  މީކަންނޭގެ މިއަދު މިގައުމައް ބޭނުވާކަމަކީ މިގައުމުގެ ރައިތުން އަހަން ބޭނުވާ ވާހަކަޔަކީ

 3. ޝިރޯ

  ދުވާލަކު މީހަކު ހިފާ ހައްޔަރުކޮށް ތިގޮތަށް ގޮސް އެންމެން ޖަލަށްލާ ހުސްކުރޭ ތިއޮތީވާ ސަބަބެއް ބަލަ މީހުން މަރުވާ ސަބަބު ހޯދާ އިޙްމާލުވާ ބަޔަކު ހައްޔަރުކޮށް ތަޙްގީގު ހިންގަބަލަ ނަޝީދަކީ އެންމެ ފުރާނެއެއް ކިތަށް ފުރާނަ ކިތަށް ކުޑަކުން ނިކަމެތި މިވަނީ ކިތައް އާއިލާ ނިކަމެތި މިވަނީ ތަޙްޤީގު ނުހިންގިގެން ލަސްވަނީ ކީއްވެ އޮބަ ކޮބާތަ އޮބަޔަށް މިކަން ނުފެނޭތަ ބަލަ އިބޫ ނަޝީދު ނަމަ މިހާރު ރައްޔިތުން ހައްޤައްޓަކައިވެސް ފުރާނަތަކުގެ ހައްގައްޓަކައ ވެސް ބަލި ގަބޫލުކޮށް ދިޔައީސް ނަޝީދު މީނާ ބަލާފާ އަރާބަލަ ވެރިކަމަށް މިޔައްވުރެން މާ ހިންގޭނެ މީހުން ގަސްތުގައި މަރާ ހުސްކުރަނީ