ހުޅުމާލޭ ފެސިލިޓީގެ މުވައްޒަފުންނާއިމެދު ކަންތައް ކުރާގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރްސީއެމް އިން މިކަންބޮޑުވުން ހާމަކޮށްފައި ވަނީ ކޮވިޑް-19 އަށް ފަރުވާދޭ ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން ކޮމިޝަނުގެ ޓީމެއް 2021 މެއި 25 ވަނަ ދުވަހު އެ ފެސިލިޓީއަށް ޒިޔާރަތް ކުރުމަށްފަހު މިއަދު ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި ވިދާޅުވީ ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައްކަމެއް ތަޙައްމަލުކުރަންޖެހޭއިރު، އެ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްނުދެވޭކަން ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރާކަމަށެވެ. އެހެންކަމުން އެ އެހީތެރިކަން އެ މުވައްޒަފުންނަށް ފޯރުކޮށް ދިނުމަކީ ކޮމިޝަނުން ބާރުއަޅާ ކަމެއް ކަމަށް ކޮމިޝަންގެ ބަޔާނުގައި ވިދާޅުވިއެވެ.

ފެސިލިޓީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައިތިބޭ މުވައްޒަފުން އެއްވެސް ބަންދެއް ނުލިބި 12 ގަޑިއިރު މަސައްކަތްކުރުވާކަމާ އަދި މިހާގިނައިރު މަސައްކަތްކުރުވާއިރު މި މުވައްޒަފުންނަށް މުސާރަވެސް ނުދިނުމުގެ މައްސަލަތަކެއްވެސް ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށް ކޮމިޝަންގެ ބަޔާނުގައި ވިދާޅުވިއެވެ.

މި ޒިޔާރަތުގައި ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމުގެތެރެއިން ބައެއް ކަންކަން ވަކި މައްސަލަތަކުގެ ގޮތުގައި ލޮޖްކޮށް ބަލަމުންދާ ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ.

އެޗްއާރްސީއެމް އިން ވިދާޅުވީ ކޮމިޝަނުން ދަނީ ގައުމުގައި ދިމާވާ މިފަދަ ހައްސާސީ މައްސަލަތައް ވަރަށް ގާތުން ބަލަމުން ކަމަށާއި އަދި އާންމުންނާ ގުޅުންހުރި މިފަދަ މަޢުލޫމާތުތައް ހޯދާ ވީހާވެސް އަވަހަށް ރައްޔިތުންނަށް ލިބެން ޖެހޭ ހައްޤުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކޮމިޝަންގެ އަމާޒެއް ކަމަށެވެ.

ކޮވިޑް-19 ޖެހިގެން ހުޅުމާލޭ ފެސިލިޓީގައި އެޑްމިޓް ކޮށްފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ނިޔާވަމުން ދާތީ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެތަނުން ފަރުވާ ހޯދި އެތައް ބަޔަކު ވަނީ އެތަނުގައި ހުރި މައްސަލަތައް މީޑިއާގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙާމަ

    ޢަދި ކިރިޔާ އެތަން ބަލާލަން ދެވުނުނީ..ވާނެހާއެއްޗެއް ވެ ނިމުނީމަ..އަބަދާޢަބަދު މި އިވެނީ ތިވާހަކަތައް..ދެންވެސް ފިޔަވަޅެއް އެޅިއްޖިއްޔާ ރަގަޅު..

    30
    1
  2. މަރީޔަލުނބޯ

    އެޗައާރސީއެމް އައް ކަމެއް ބެލެނީ އެތައްބަޔެއް މިދުނިޔެދޫކުރާފަހުންތޯ؟
    ތިޔަ ފެސިލިޓީ އަދި ހުޅުމާލޭ ހޮސްޕިޓަލްވެސް ހިންގަނީ އެއްގޮތަކައް އެކަކުގެ ބެލުމުގެ ދަށުގައި..
    ތިޔަ ދެތާގަވެސް މުއައްޒަފުންނާމެދު ކަންތައްކުރަނީ ހަމަ ގާތްގަނޑަކައް އެއްގޮތަކައް... ތަންހިންގުމާ ހަވާލުވެ ހުންނެވީ ރޯޔަލް ފެމިލީއައް ނިސްބަތްވާ އަންހެންކަނބަލެއް.. އެބޭފުޅާވެސް އޭގެދަށުގައި މަސައްކަތް ކުރުވަން އަމުރުވެރިންނައް ބައިތިއްބައިފައިތިބީ އެބޭފުޅަގެ ގާތްއެކުވެރިން.. އެތަނުގައި މަސައްކަތްކުރާ ނަރުހުންނައް އިތުރު ގޮތެއް ނެތުނީމަ ބަލަންޖެހޭ އާއިލާއައް ވިސްނާލާފަ ވަޒީފާއައް ނުކުންނަނީ އިތުރު ޗޮއިސްއެއް ސަކުވާއެއް ކުރާނެ އަޑުއަހައި ފިޔަވަޅެއް އެޅާދޭނެ ފަރާތެއް ނެތުނީމަ..
    މިޤއުމުގައި ބޮއްސުންނުލައި އޮތް ވަކި މުއައްސަސާއެއް ނެތް..
    ސިއްހީ އެހީތެރިން އެތިބެނީ ހުރިހާތަނެއްގަވެސް ހުރިހާގޮތަކުންވެސް މާޔޫސްވެ ކުރާނެކަމެއް ސަކުވާ އުފުލާނެ ފަރާތެއް ނެތިފަ.. އެކަމަކު ކޮން މުއައްސަސާއެއްގެ ވެރިޔަކައްތޯ ފިޔަވަޅެއް އެޅުނީ؟ ފިޔަވަޅެއް އެޅޭނީ އެތަނެއް ހިންގާގޮތެއް އެތަނެއްގެ އެންމެ ދައްކެވެލްގެ މުއައްޒަފުންނާ ސުވާލެއް ކޮއްލިނަމަތާ!!! ހައްތާވެސް ފޮނިވާހަކަ ވެރިންގެ އަރިހައް ގެންދާ ރޯޔަލްބޭފުޅުން...

    23
    1
  3. ަަަައަލީ

    ކޯލް ސެންޓާވެސް ތިހާހާލު ހަމަ .ބުރޭކް ޔެނުދޭ.

    17
    • ޟަރުދީ

      މުސާރަވެސް ނުދޭ

  4. އަބޫ

    ރަނގަޅު މުސާރަ އާ އެކު މީހުން ހޯދަން އިއުލާން ކުރީމަ ލިބޭނެ ދޯ. ސިއްހީ ހިދުމަތަށް ވޮލަންޓިއަރުން ހޯދަންޖެހެނީ. ސިޔާސީ މަގާމްތަކަށް ބޮޑުމުސާރ. އެވަރުގެ ބޮޑު މުސާރައާ އެކު މީހުންލިބޭތޯ އިއުލާން ކޮށްބަލަ. އެއިރުން މައްސަލަ ހައްލުވީ

    23
  5. ބުއްޅަބޭ

    ވަރަށް ގާތުން ބެލިފަ ތިތިބީ....2 އަހ ހަރު ތެރޭ އަދި ކިރިޔާ ...

    22
  6. އިބިލީސް

    ތީ ތިވެގެން އުޅޭ ގޮތަކީ. ލިބޭ އެތިކޮޅު މަދީ. މުޅިއަކުން އެކުދިންގެ މައްސަލައެއްވެސް ނޫން. އިބްރާޙިމް މުޙައްމަދު ސޯލިޙް ޓީވީ އަށް އަރާއިރު އަނގަފުޅާކޮށްފަ ވާހަކަ ދެއްކިދާނެ. އެކަމަކު އިނގޭ އެއްޗަކީ އެތާހަމަ މަރުވާ ގިނަ މީހުންނަކީ ހަމަ އަޅާނުލެވި މަރުވާ މީހުންކަން. ކޮވިޑް މެނޭޖްކުރުމަކީ ހަމަ އެކަނި ޑރ. ނަޒްލާ އަރުވާފަ އަތްދޮވެ މާސްކް އަޅާށޭ ބުނުން އެކަންޏެއް ނޫން.

    25
    1
  7. ކިޔުންތެރިއެއް

    ގާތުންބޭލޭ ބައެއްކަން ރައްޔިތުންނަށް ނުލާހިކު ރަނގަޅަށް ފެނޭ. ނާގާބިލް ބޭކާރު ބައެއްތިޔައީ ރައްޔިތުންގެ ރުފިޔާ ހަރާމުންނަގަނަގާ.

    12
    1
  8. ޚިޔާލު 3

    ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން ކޮމިޝަނުގެ ޓީމެއް 2021 މެއި 25 ވަނަ ދުވަ ހު އެ ފެސިލިޓީއަށް ޒިޔާރަތްކުރިވާ ހަކަ " ،ހިއުމަން ރައިޓްސް" މާނައީ އިންސާނީ ހައްގުތަކާއިބެ ހޭ ހުރި ހާކަމެއްގެ ވާ ހަކަ އަމިއްލަ އިސްނެގުމަށްވެސް ބަލާ މޮނިޓަރ ކުރަންޖެ ހޭނެ ނޫންތޯ. ކަންކަމާއި ރައްޔިތުން ގޭގެ ތިބެންޖެ ހޭނެތޯ؟ކަންކަން މި ހެން ހުރީމަ.

  9. ހޯހޯ

    އަނގަﷲ ދެއްވާފަ އޮތީމަ ފޭލް ނުޗާކަމަށް މި ސަރުކާރުގެ މީ ހުންނަށް ބުނެވިދާނެ އެކަމަކު ހަޤީގަތަކީ ހަމަ ފެއިލް ވެފަވުން
    މިހާރުވެސް ބޮޑުން އުޅެނީ މަކަރުން.

    11
    1
  10. Anonymous

    ސަރުކާރު ގޮތް ހުސް ވީމާ ޗރސމ ކުއްލިއަކަށް ދިރިއްޖެ!! މިއޮތް ހުރިހާ ދުވަހު ނިދީ!!

  11. މިތުރާ

    ބޮޑު މުސާރަ ލިބެނީ ރަޢީސުން،،މިނިސްޓަރުން، މަޖިލިސް މެންބަރުން ނަށް،،،މީ ހަކު 3،4 ތަނުގަ ދުވާލު މަސައްކަތް ކުރިއަސް ލިބޭ އެތިކޮޅުން އަނގަޔާ އަތާދިމަނުވޭ،،،ތީގައުމެއްތަ؟ ނޫނީ ވެރިޔަކު ނެތްބަކަރި ކޮށްޓެއްތަ؟🤔

  12. ޙާލަތު

    ހުޅުމާލެ މެޑިކަލް ފެސިލިޓީ އާއި ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ބަލިމީހުންގެ އޭރިއާ ފޮޅާ ސާފްކުރުމަށާއި، ފާޚާނާތައް ސާފްކުރުމަށް ޙަރަކާތްތެރިވާ ބަންގާޅިންނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބައެކެވެ. އެމީހުން މަގުމަތިން ހޮވައިގެން އެތަނުގެ މަސައްކަތްތަކަށް ފޯރުކޮށްދީފައި ވަނީ އަމިއްލަ ކުންފުންޏަކުންނެވެ. ބަދަލުގައި އެއިން ކޮންމެ މީހެއްގެ ބޮަލަކަށް ސަރުކާރުން އެކުންފުންޏަށް 15000 ރުފިޔާ ދެއެވެ. ނަމަވެސް އެ ކުންފުނިން އެމީހުންނަށް ދެނީ އެންމެ 4500 ރުފިޔާ! އެވެ. ކޮންމެ މަހެއް ނިމުމުން ދޭންޖެހޭ ފައިސާކޮޅުވެސް ނުދޭތާ މިހާރުވެސް 2 މަހަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. ފައިސާ ނުދިނުމުން އެމީހުން އަނބުރާ ވަޒީފާ ދޫކޮށް މަގުމަތި ވަނީއެވެ. އެ ކުންފުންޏަށް މަގުމަތިވި މީހާގެ 15000 ރުފިޔާވެސް ލިބުނީއެވެ. މަގުމަތިވި ބަންގާޅީގެ ބަދަލުގައި އަނެއްކާވެސް މަގުމަތިން އެހެން ބަންގާޅިއެއް ހޯދުމަށްފަހު ކުންފުނީގެ ވަގުތީ ވަޒީފާ ދެނީއެވެ. އެމީހުންނަކީ ޞައްޙަ ލިޔެކިޔުންތައް ނެތް ބަޔަކަށްވާތީ، އެމީހުންގެ ޙައްޤު ހޯދަން ދާނެ ތަނެއް ނެތެވެ. މަގުމަތިވި މީހާގެ މަސައްކަތުގެ އުޖޫރައަށް ސަރުކާރުން ދިން 15000 ރުފިޔާވެސް ކާލަނީ އެ ކުންފުނިންނެވެ. އެމީހާއަށް 4500 ރުފިޔާވެސް ނުލިބުނެވެ. މިއީ ކިހާބޮޑު އަނިޔާއެއް ތޯއެވެ؟ ކޮރަޕްޝަނެއްތޯއެވެ؟ "މަރިޔަމް ޝާނީ" މިކަމުގެ އިންވެސްޓިގޭޝަނެއް ހަދައިދީ މިކަމަށް އިންސާފު ހޯދަވާ ދެވިދާނެ ތޯއެވެ؟ އެމީހުންނަކީވެސް އަނބިދަރިން ތިބި އިންސާނުންނެވެ.