ކޮވިޑް-19 ޖެހިގެން މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ 56 އަހަރުގެ ދިވެހި އަންހެނެކެވެ. އެ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގަައި ފަރުވާދެމުން ދިޔަ މީހެކެވެ.

މިއަދު ވަނީ 54 އަހަރުގެ ފިރިހެނަކާއި 47 އަހަރުގެ ފިރިހެނަކު ކޮވިޑް ޖެހިގެން ނިޔާވެފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 154 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން މެއި މަހު ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެ ބައްޔަށް ފައްސިވާ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެގޮތުން މި މެއި މަހުގެ މިހާތަނަށް 81 މީހަކު ވަނީ ކޮވިޑް ބަލީގައި މި ދުނިޔެ ދޫކޮށްފައެވެ.

މި ބަލީގައި މިހާތަނަށް ނިޔާވި މީހުންނަކީ 138 ދިވެހިންނާއި، 16 ބިދޭސީންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާސްނުވާ

    ކެރަފާ ބުނީ އަދި އެވަރަކަށް މީހުން މަރެއް ނުވެއޭ ސޯ ނޫހުގައި އަދި އެވަރަށް ޖެހިއަސް އަދި އެބައި މީހުން ހާސްނުވާނެ އެވަރަކީ ކޮބައިތޯ ބަލަން އުގެއިލް ކައިރިން ދެން އަހަން ޖެހޭނީ މިކަހަލަ ކަޑުކޮހުން ލައިގެން ކިހިނެއް މިކަން ކުރަނީ ދެން އިބޫ ސޯލިހް އޭނަގެ މައްޗަށް ބޭރުމީހަކު ލާންވީނު މިފަހަރު ނޫސް ކޮންފަރެންސްގައި އެވަރަށް މީހުން މަރުވިއިރުވެސް ކީރިތި ނުކުރެއްވީމާ އެގިއްޖެ އަދި އޯކޭ ކަން

    10
    1