ގަދަވަޔާ އެކު، ސަލްޓަން ޕާކުގެ ގަހެއް ވެއްޓި، ލިލީ މަގު އެއްކޮށް ބަންދުވެއްޖެއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަލްޓަން ޕާކުގެ ބޮޑު ގަހެއް ގޮފިތައް ބިނދިގެން ވެއްޓުމާ ގުޅިގެން މުޅި ލިލީ މަގުގައި ދަތުރު ނުކުރެވޭ ގޮތަށް އޮތީ ބަންދުވެފައި ކަމަށެވެ. ލިލީ މަގުން ސަލްޓަން ޕާކަށް ވަންނަ ދޮރާ ދިމާލުގައި ހުރި ބިޔަ ގަހެއްގެ ގޮފިތަކެއް މަގުމައްޗަށް ވެއްޓިފައި ވަނީ މިއަދު ހެނދުނު 9:30 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ އިރު، ގޮފިތައް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ލިލީ މަގަކީ ދެކޮޅަށް ދުއްވޭ މަގެކެވެ.

މުއިއްޒު ހިއްސާކުރެއްވި ފޮޓޯ އިން ފެންނަ ގޮތުގައި ސަލްޓަން ޕާކުގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ، ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ފުރާޅަށް ވެސް ކޮންމެވެސް ވަރަކަށް ގަހުގެ ގޮފިގަނޑު ވެއްޓިފައި އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝިމް

    ޢަހަޅުގަނޑު ގަސް ބޭނުން

    1
    1
  2. ސސ

    ސަލްޓަން ޕާކްގައި ހުރި ގަހެއް ވެއްޓުނީ އެއީ ލިލީމަގު އެޗްއެސީ ކުރިމައްޗަށްވާ ގޮތަށް ހުރިގަހެއް !